މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވާހަކަ ދައްކަވަނީ.
22 ސެޕްޓެމްބަރ 2025 - 19:53
ދައުލަތުގެ މަގާމުތައް ފުރަމުން އަންނަ މީހުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ މީހުންގެ ނަމުގައި ހުންނަ މުދަލާއި ވިޔަފާރި އާއި މާލީ މަސްލަހަތުތަކުގެ ބަޔާން ހާމަކުރުމަށް މިހާރު ގެންގުޅޭ އުސޫލު ހަރުދަނާ ކުރުމަށް އިސްލާހުތަކެއް ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މިހާރު އޮންނަ ގޮތުން މަޖިލީހަށް ހޮވޭ މެމްބަރުން އެންމެ ފުރަތަމަ ބަޔާން ހުށަހަޅަން ޖެހެނީ މެމްބަރުން އިންތިހާބުވެ، ހުވާކުރުމަށް ފަހު އެއް އަހަރު ވުމުންނެވެ. އެކަމަކު އެއީ ރަނގަޅު ގޮތެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ މެމްބަރު ކުޑޫ ވިދާޅުވީ މެމްބަރުން ދައުރު ފަށާއިރު އެ ބޭފުޅުންގެ އަތުގައި ހުރީ ކޮން އެއްޗެއްކަން އަދި މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.
އެހެންވެ، ދައުރު ފަށާއިރު އެ މެމްބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާ އާއި ވިޔަފާރީގެ މަސްލަހަތާއި އަރަންޏާއި ދަރަނި ހާމަކުރުމުގެ ގޮތުން މަގާމުގެ ހުވާކުރި ދުވަހުގެ ހާލަތު އަންގައިދޭ ބަޔާނެއް ހުށަހަޅަން ޖެހޭ ގޮތަށް އިސްލާހު ގެންނަން ކުޑޫހެ ހުށަހެޅުއްވުމުގައި ވެ އެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ ބަޔާން ހުށަހަަޅަން ޖެހޭ ގޮތަށް ކުޑޫގެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.
މަޖިލިހުގެ މެމްބަރުންގެ މާލީ ބަޔާނަކީ ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓްސް އިންސްޓިޓިއުޓުން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންޖެހޭ ކުޑޫ ހުށަހެޅުއްވި އެވެ.
އެ އިސްލާހުގައި ވަނީ މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތްތަކެއް ވެސް ހިމަނައިފަ އެވެ.
- މިނިސްޓަރުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަންޖެހޭ ވަކި މުއްދަތެއް ތާރީހެއް އަދި ނެތް. އެ މީހުންގެ މަގާމުގެ ދައުރު ފަށާއިރު މިލްކިއްޔާތުގައި ހުރީ ކޮން އެއްޗެއް ކަމާއި މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ހާމަކުރުން.
- މިނިސްޓަރުން ކޮންމެ އަހަރަކު އެއް ފަހަރު، އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް، ތައްޔާރުކުރާ މުދަލާއި ފައިސާގެ ބަޔާނެއް މަޖިލީހާއި އޮޑިޓަ ޖެނެރަލަށް ހުށަހެޅުން.
- ކަނޑައަޅާފައިވާ މުއްދަތުގައި ބަޔާން ހުށަނާޅާ ނަމަ އެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މިނިސްޓަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑުން.
- މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ ބޭފުޅުން ވެސް އޭގެ ތެރޭގައި ހިމަނައި އެ ބޭފުޅުން ވެސް މަގާމާ ހަވާލުވި ތާރީހުން ފެށިގެން އެއް އަހަރުގެ ތެރޭގައި މާލީ ބަޔާން ހުށަހެޅުމަށް.
- ސަރުކާރު ކުންފުނިތަކުގެ ވެރިންގެ ތެރެއިން ޗެއާމަނުންނާއި ޗީފް އޮޕަރޭޓިން އޮފިސަރުންނާއި މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވާ ބޭފުޅުން އެ ފަރާތަކުން މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމަށް އެންގުމާއި އެ ބަޔާން ބަލައިގަތުން. އެ ބޭފުޅުން ވެސް އަހަރު އެއް ފަހަރު މާލީ ބަޔާން ހުށަހަޅަންޖެހޭ.
ކުޑޫ ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ އެންގުމަ ހިލާފުވާ ބޭފުޅުން 5،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުރައްވާފާނެ
23 September 2025
ހުށަނާޅާވާނެގޮތެއްއެއްވެސްގޮތެއްނެތިއްޔާރިޕޯޓުހުށަހަޅާފާނެ.އެކަމަކު،ހުށަހަޅާފަރާތުގެނަޒަހަތްތެރިކަންނެތިއްޔާއަދިރިޕޯޓޭކިޔާފަކަރުދާސްގަނޑެއްހުށަހެޅުމަކުންކުރާނެފައިދާއެއްއޮންނާނެތޯ؟ރިޕޯޓުއޮޑިޓްކުރައްވަންތިއްބެވި އޮޑިޓަރުންގެ ޕްރޮފެޝަނަލިޒަމާދޭތެރޭހެޔޮވާނީބަހެއްނުބުނިއްޔާ.މާލީބަޔާންހުށަހަޅަންޤާނޫނުއަސާސީގައިއަދިއެހެންއެކިޤާނޫނުތަކުގައި ކަނޑައަޅާފައިވާފަރާތްތަކުންއެކަންކުރަންއޮންނަމުއްދަތުގެތެރޭގައިކުރަމުންގެންދޭތޯނޫސްވެރިންބައްލަވާބާ؟
ގޮނުއަނގަ
23 September 2025
މީ ރަނގަޅު ކަމެއް. ޢެކަމަކު ހިތާމައަކީ 5 އަހަރުގެ ދައުރެއް ނިމޭއިރު ހުރި ދައުރު ނިންމާލި މާލީ ބަޔާން ނުވެސް ދައްކާލާކަން. ޢަދި މެމްބަރެއްގެ އެކައުމްޓުގައި ހުންނާނީ 200ރ ވާކަން. މިއަދަދަކީ ބޭންކް އެކައުމްޓުން ނުނެގޭނޭ ކަމަށް ކަނޑައަޅާފައި އިންނަ ވަރެއް. ،،، ވައްކަން ފޮރުވަން ފައިސާއަކީ "އެތަންމިތާ" ވަޅުލާއެއްޗެއް.
މުއިބް
22 September 2025
ކުޑޫ ކަހަލަ 40 މެމްބަރުން ލިބުނީމަ ވަރަށް ގިނަ ކަންތަޢް ރަނގަޅުވާނެ. ހިތުގެ އެންމެ ފުންމިނުް ކުޑޫއަށް ޝުކުރު.
ވަރަށް ްމުހިންމު
22 September 2025
ސިވިލްސާވިސް ސީނިއަރ އަދި ކުންފުނިތަކުގެ ސީނިއަރ މީހުންވެސް ބަޔާން ދޭންޖެހޭ
އިންތި25
22 September 2025
ބަރާބަރު ކަމެއް. އެކަމަކު ތި ހުށަހެޅީ މާލަހުން.
އަލީ ބުނީ
22 September 2025
އެމްޑީޕީ އަކުން ރައްޔިތަކަށް ފައިދާއެއް ވާނެ އެއްކަމެއްވެސް އަޅެ ނުކުރެއޭދޯ .
މުހައްމަދު ހާސަރު
22 September 2025
ވަރަށް ރަނގަޅު ހުށަހެޅުންތަކެއް. ސުވާލަކީ ތިޔަތާ ދެން ތިތިއްބެވި ސަރުކާރުގެ މެންބަރުން ތިކަމަށް ތާއީދު ކުރައްވާނެތޯއޭ؟ ކުޑޫ ތިޔަކުރައްވާ މަަސައްކަތަށް ފަށްފަށުން ޝުކުރިއްޔާ