02 ފެބުރުއަރީ 2024 - 07:04
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމާ މެދު ދެ ގައުމުގެ މެދުގައި ފަށާފައިވާ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުމަށް އިންޑިއާގެ ނިއުދިއްލީގައި މިއަދު ކުރިއަށް ގެންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ ފުރަތަމަ ބައްދަލުވުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ރާއްޖޭގައި ވަނީ ބާއްވައިފަ އެވެ.
އެ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގައި ކަމަށް ދިވެހި ސަރުކާރުން ކުރިން ބުނެފައި ވެ އެވެ.
އެ ކޮމިޓީގެ ދެ ވަނަ ބައްދަލުވުމަށް ދިވެހި ސަރުކާރުގެ ވަފުދެއް މިހާރު އިންޑިއާ އަށް ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެ ކަމަކު، އެ ވަފުދުގެ ބޭފުޅުންގެ މައުލޫމާތެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އެކަމަކު ރާއްޖޭގައި ބޭއްވި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ސެކްރެޓަރީ ހާލާ ހަމީދު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ޑރ. މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް އަންނަ މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް އެ ބައްދަލުވުމުގައި އިންޑިއާއަށް ވަނީ ހުށަހަޅައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު، ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވާ ކަމަށެވެ.
އެކަމަކު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އިންސާނީ އެހީތެރިކަމަށާއި މެޑިކަލް ބޭނުންތަކަށް އޮޕަރޭޓްކުރާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމަށް ދެ ގައުމުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އޭގެ ފަހުން، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ވައިގެ އުޅަނދުތައް ދުއްވުމުގައި އިންޑިއާގެ މިލިޓަރީ މީހުން ތިބި ނަމަ، ރާއްޖެ ދޫކޮށް ދާންޖެހޭނެ ކަމަށާއި އެކަމަކު ސިވިލް މީހުން އެކަމުގައި ތިބުން އެންމެ ރަނގަޅު ކަމަށް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަން ހާމަކުރައްވައިފަ އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މަހު ފަށަން ނިންމަވައި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަކަން ހާމަކުރައްވައިފަ އެވެ. އެކަން ކުރަނީ މޯލްޑިވިއަން އެއާލައިންގެ ޑޭޝް 8 ގެ ދެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލު ކޮށްގެންނެވެ.
އެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، މާޗު މަހުން ފެށިގެން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެންބިއުލޭންސްގެ ހިދުމަތް ފެށުމަށް ވަނީ ނިންމައިފަ އެވެ.
އޭގެ އިތުރުން ކުއްލި އަވަސް ފަރުވާ އާއި އެހެނިހެން ކަންކަމަށް ހެލިކޮޕްޓަރުގެ ހިދުމަތް ތައާރަފް ކުރަން ވެސް ސަރުކާރުން ވަނީ ނިންމައި އިއުލާނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ.ޝަހީމް 2028
03 February 2024
މުއިއްޒު ފޯ ވައިސް ޕްރެޒިޑެންޓް. ޑރ.ޝަހީމް ފޯ ޕްރެޒިޑެންޓް 2028. އަދުރޭ ފޯ ޕްރަދާން މަންތިރި 2029.
ފޮނިޓައްޕު ހަސަނު
02 February 2024
މިފަހަރު ތިމީހުން ބާލައިފައި ނޫނީ ހުއްޓާލައިގެން ނުވާނެ. ސަރުކާރަށްް ނުވެއްޖެނަމަ ރައްޔިތުން ނިކުމެ އެމީހުން ބާލާގޮތަށް މިތިބީ. ބިދޭސީން މިރާއްޖޭގައި މިރާއްޖޭގައި ބޭތިއްބުން މަނާކުރާ ގާނޫނެއް ހަދަން އެބަޖެހޭ، އެހެން ގާނޫނެއް ނުހެދުނަސް.
ބެންޑްސް
03 February 2024
ރައްޔިތުންނޭ؟؟؟؟ ރައްޔިތުން ނިކުމެ ކުރަންޖެހޭ ކައްތައް ކޮށް ނިމިއްޖެ މިދިޔަ ސެޕްޓެމްބަރު މަހު. ޓައްޕު ހަސަނު ނިކުންނަންޏާ ނިކުމޭ! ސަރުކާރު ނާގާާބިލުވުމަކީ ރައްޔިތުން ހަނާވާންޖެހޭކަމެއް ނޫން. ނުވަންޏާ ނުުވާނޭކިޔާ ދިޔާމަ ނިމުނީ. ދޮގާ މަކަރުން ހޯދިއަސް ވެރިކަމަކީ ކުޅޭ ކުޅިކުޅިވަރެއް ނޫން. އަދި ބުނެފިއޭ ރައްޔިތުންނޯ...!
އައްލާ ބެއްޔާ
02 February 2024
(ކުރީ ބަޔާ ގުޅޭ) އެފަހަރު ތިޔަހުރިހާ ރޭވުން ރާވާފަ އެފަހަރު އެމީހުން ދިޔައީ. އިންޑިޔާ އަށް މި ސަރަހައްދުގަ ހަންފެތުރުމަށް ވެސް އެމެރިކާގެ އޯކޭ ދީފު. އެހެން ވެ އނނ އާއި އބސލހ އާއި ގުޅައިގެން މިހަޑި ހާވާތާ ކިތަންމެ ދުވަހެއް. މިހާރު ވެރިން ޖެހެނީ ވަރަށް ވިސްނުން ތޫނުކޮށް މިކަންތައް ގަޑު ހަމައަށް އަޅުވަން
އައްލާ ބެއްޔާ
02 February 2024
މިކަމުގެ އަޑިގައި ތިބީ އެމެރިކާ. މައިކް ޕޮމްޕޭއޯ އެމެރިކާގެ ސެކަރަޓަރީ އޮފް ސްޓޭޓަ ކަށް ހުރި އިރު މިހިސާބު ގަޑަށް އައެއްނުން އެދުވަހާ ދިމާކޮށް އިގިރޭސި ޚާރިޖީ ވަޒީރުވެސް އެމީޓިންގ އަށް އައެށްނުން (ބާކީ އަންނަނީ)
ހވުކނޮޖޮ
02 February 2024
ކޮން މަޝްވަރާއެއް ފައިބާށޭ ބުނީމަ ޖެހޭނީ ފައިބަން. އަރައިފި ތަނަކުން ފައިބަން އެނގޭ ބައެއްނޫން މި އިންޑިއާ މީހުންނަކީ
އިންޑީ
02 February 2024
އިންޑިޔާ އައުޓޭ. މުއީޒު ރައީސް ވައުދު ފުއްދާދެއްވާ. ޔާމީނު މިނިވަން ކޮށްދެއްވާ.
ނު
02 February 2024
ނޯނޯނޯ. ނުގެންދާނެ! ހަމަ ތެޅިތެޅި ތިބެން ޖެހޭނީ.
އައްލާ ބެއްޔާ
02 February 2024
ޢެއްވެސްހާލެއްގަ އިންޑިޔާ ހެލިކޮޕްޓަރާ ޑޯނިއަރ އަދި ކުރޫ އޭ ކިޔާފަ އޮޅުވާއިގެން ބައިތިއްބާފަތިބި. ސިފައިން ރާއްޖޭގަ ގާއިމުވެ ތިބެވިގެން ނުވާނެ. އަދި ގައުމު ބޭރު ބަޔަކަށް ވިއްކާލި ޚާއިނުން ނަށް ހައްގު އުގޫބާތް ދެވެން ޖެހޭނެ. ބަލަ އބސލހ ހެދި ބޮޑު ދޮގު
ހޮޅިބެ
02 February 2024
ބައްދަލުވުން ބާއްވައި ނިމޭނެ ގޮތަކީ އިންޑިއާ މީހުން ރާއްޖޭގައި ތިބޭނެ... އެކަމަކު ސިއްހީ އެހީތެރިންގެ ގޮތުގައި. އެތިބޭ އިރު އެމީހުން ތަބާ ވާން ޖެހޭނީ އިންޑިއާގެ ސިފައިން އަންގާ ގޮތަކަށް. ވައްސަލާމް
ޢެމެރިކާ
02 February 2024
އެމްޑީޕީ އަޑީގަ އޮވެ ރާއްޖެ ހަލާކު ކޮއްފި. މި ހަޑި ސާފުކުރަން އުދަގޫ ވާނެ.
އެފްރިކާ
03 February 2024
ހަމަ ޔަގީނުންވެސް ރައީސް ޔާމިނަކަށް ތިހަޑިއެއް ސާފެއް ނުކުރެވުނު. ދެންހުރީ މިހާރުގެ ރައީސް ޑރ.މުއިއްޒު. އަދި ކަންތައްދާ ގޮތުން ބުނެވޭނީ ހޮޅީގެ މިސްރާބު ހުރީ ގުޔާ ދިމާލަށޭ!