04 ފެބުރުއަރީ 2024 - 11:09
ވަލެއްގައި އޮޅިފައި އޮތް މިޔަރެއް ސަލާމަތްކުރަން އުޅުނު ބަޔަކަށް، އެ މިޔަރު ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
މިދިޔަ ހުކުރުދުވަހު މި ނުރައްކާތެރި ހާދިސާ ހިނގީ ހުޅުމާލެ ނެރު ކައިރީގައި އޮންނަ ޝާކް ޓޭންކް ޑައިވް ސައިޓުގައި އެވެ. އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ވަގުތު އެ ސަރަހައްދަށް 10 މީހަކު ޑައިވިނަށް ފައިބާ ތިއްބެވެ.
މި ވީޑިއޯ އެކްސްގައި ހިއްސާކުރި މީހަކު ބުނީ މިޔަރުގެ ގައިގައި އޮޅިފައި އޮތް ވަލަކީ އެއަށް ކާންދިނުމަށް ގެންދާ އެއްޗެހި އަޅާ "ޗަމްސް ބަކެޓް"ގެ ވާގަނޑު ކަމަށެވެ.
އެ ސަރަހައްދަށް ޑައިވް ކުރާ މީހުން މިޔަރުތަކަށް ކާންދިނުމަކީ އާންމު ކަމެކެވެ.
ވަލެއްގައި އޮޅިފައި އޮތް މިޔަރެއް ސަލާމަތްކުރަން އުޅުނު ބަޔަކަށް، އެ މިޔަރު ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯ. މި ނުރައްކާތެރި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހު ހުޅުމާލެ ނެރު ކައިރީގައި އޮންނަ ޝާކް ޓޭންކް ޑައިވް ސައިޓުގައި.
— Mihaaru (@Mihaarunews) February 4, 2024
ތަފްސީލް: https://t.co/XH6xoAoRge pic.twitter.com/iorbpoTgHc
އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ޑައިވްކުރަން ތިބި މީހުން މިޔަރުގެ ގައިގައި އޮޅިފައި އޮތް ވާގަނޑު ނައްޓަން ވެގެން ވަލަށް ދަމަން ފެށުމުން އެ މިޔަރު ވަނީ ވަރަށް ބާރަށް ތެޅިގަނެ، އެ މީހުންނަށް ހަމަލާ ދީފަ އެވެ. ޑައިވްކުރަން ތިބި ހަތަރު މީހަކަށް އެ މިޔަރު ހަމަލާ ދެ އެވެ.
އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލް ލިބޭ ގޮތެއް އަދި ނުވެ އެވެ.
މިޔަރަށް ކާންދިނުމަކީ ރިކްރިއޭޝަނަލް ޑައިވިންއާ ގުޅޭ ގަވާއިދުގެ ދަށުން މަނާކޮށްފައި އޮންނަ ކަމެކެވެ. ނަމަވެސް، އެ ގަވާއިދާ ހިލާފަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޝާކް ޕޮއިންޓްތަކަށް ޑައިވިނަށް ފައިބާ މީހުން މިޔަރަށް ކާންދިނުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.
މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި މީގެ ކުރިން ވެސް ވަރަށް ނުރައްކާތެރި ހާދިސާތައް ހިނގާފައިވެ އެވެ.
މިޔަރަކީ ކަނޑުގައި އުޅޭ އެންމެ ނުރައްކާތެރި އެއް މަހެވެ. މިޔަރު ހަމަލާތަކުގެ ސަބަބުން ފުރާނަ ގެއްލި ނުވަތަ ގުނަވަންތައް ގެއްލުމުގެ އެތަށް ހާދިސާއެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއްލޯ
05 February 2024
ހީހީ ހަލާކު. އަދިވެސް ސޭވްށާކު ކިޔާ ދޮންމީހުން ގެ ހިތްހަމަޖެހުން ލިބޭތޯ. ބަލަ އެމީހުން ދިވެހިން މަރަން ވެގެން ކިޔާއެއްޗެއްކަން މި "ހީރޯ" އިންނަކައް އަދިވެސް ފަހުމެއްނުވޭ ލޮލް
ޝެލަރީ
04 February 2024
ތީ އަމިއްލަ އަށް ބޮއިބޮނޑިއަކާ ވައްތަރީ
ނުރަބޯ
04 February 2024
ކޮބާ ފަތުރުވެރިކަމާ ބެހޭ ވަޒީރު އަވަހަށް މަޖްލިހަށް ހާޒިރު ކުރަންވީ ނޫންތޯ؟ އެ މިޔަރު އެމީހުންނަށް ހަމަލަ ދިނީ ކީއްވެތޯ ސުވާލު ކުރަން ކޮންމެހެންވެސް ވާނެ. ވަޒީރަށްތާ އެކަން އެންމެ ރަގަޅަށް އެނގޭނީ.
ޢަލީކަލޯ
04 February 2024
މަޑުން ތިބޭކަން ނުކެރޭނެ
ސަދޫމު ސިޓީ
04 February 2024
ޙަމަ ހަގީގަތުގަވެސް މިޔަރު އާބާދީ އިތުރުވެ މިހާރު ނުރަށްކާވާ ހިސާބައްގޮށްސި ދެރަކަމަކީ އަބަދުވެސް ފޮލޯކިރަންޖެހެނީ ދުނިޔޭގެ ގާނޫނު މި ހައުމުގވެސް ހާލަތާގުޅޭގިތުން ބަދަލުތަށް ގެނެވެންވާނެ މިސާލަކަށް މާލެ ސަރަހައްދުގަ ދަތުރުކުރާ އުޅަންދުފަހަރުގަ ތަފާތު ލައިޓެއް ހަރު ކުރީމަ އެކްސިޓެންޓު ވުން ވަރަށްމަދުވާނެ އެކަމް އެކަންވެސް ނުކުރޭ ގާނޫނުވެސް ހާލަތާ ގުޅިގެން ބަދަލް ކުރެވެން ވާނެ
ޢެލެންކް
04 February 2024
ކަންމަތީ ކުދިންނަށް ފަހިވާ ގޮތަށް ގާނޫނުތައް ހެދީމާ ގައުމުގެ ހާލަތު ގޮވީ އަތަށް ނަތީޖާ އަކީ ކޮންމެ ގޭބިސީއެއްގައި ޒުވާން ބަލި ކުއްޖަކު ހުރުން. ދެން މިރާއްޖޭގައި ގާނޫނަކުން އިންސާނަކު ހިމާޔަތް ނުކުރާހާ ވަރަށް ހިމާޔަތް ކުރީ މިޔަރު ނަތީޖާ އަކީ މަސްވެރިކަމާއި އެންވެރިކަމަށް އޭގެ އަސަރު ކުރުން. ނުވިތާކަށް މިހާރު މިއޮތީ އަތަށް ގޮވާފަ
ހާހޫރޢ
04 February 2024
މާތްކަލާކޯ ވަކިވަރަކަށްވުރެ ބޮޑެތި މިޔަރުގެއާބާދީ މަދުކޮށް ކޮންޓުރޯލުކުރަން ވެއްޖެތާ ކިތަންމެދުވަހެއް. ފަރުމަހެއް ކަނޑުމަހެއް އެންވެރިކަމެއް ބޯވާނެގުން ފަތުރުވެރިން މިހެންގޮސް ހުރިހާކަމަކަށް ދުއްޕާނަކަށް ވެއްޖެ. އިންސާނުންގެ ރައްކާތެރިކަމަށްވުރެ މިޔަރުހިމާޔަތްކުރުން މުހިއްމީބާ؟؟ ދެންބުނޭ ފަރުމަހައްވެސް ކަނޑުމަހައްވެސް ނުގޮސްތިބޭށޭ. އާއިލާއާއި ދަރިންކޮޅަށް މޫދައްނޭރުނަސް ކުރާނެކަންކަން ހުންނާނޭ..
ފޮނިޓއްޕު ހަސަނު
04 February 2024
މިރާއްޖޭގެ ކަނޑުތަަކުގައި މޮހާރު މިޔަރު މާގިނަވެއްޖެ. ކޯޓާގެ އުސޫލެއް ގާއިމްކޮށް މިޔަަރުގެ މަދްވެރިކަން ކުރަން ހުއްދަ ދޭން ގޮވާލަން.
ސޭވްދަޝާކް
04 February 2024
ސޭވް ދަ ޝާކް ޓީޝާޓު ލައިގެން ތިބިނަމަ ހަމަލާ ނުދިނީސް!
އަލިދީ
04 February 2024
ތިހެން އުޅެނިކޮށް ނުރައްކާތެރިކަމެއް ވީމަ މުއިއްޒު އިސްތިއުފާ އޭ ސަރުކާރުގެ ނާގާބިލް ކަމުން ވީ ކަމެކޭ ކިއަމުން ނާންނާތި. ގާނޫނާއި ގަވާއިދު ހަދާފައި ހުންނަނީ އެންމެންގެ ރައްކަލަކަށް.