ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، އެ މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އޭރު އައްޔަނުކުރެއްވި އަހުމަދު އަލީއާއެކު -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
04 ފެބުރުއަރީ 2024 - 12:44
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އަހުމަދު އަލީ އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ބަލަމުންދާ މައްސަލައާ ގުޅިގެން ސަސްޕެންޝަނުގައި ހުންނެވުމަށް ފަހު އޭނާ ވަކިވެވަޑައިގަތުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ކޮމިޝަނާއި އެޑިއުކޭޝަނަށް ސިޓީ ފޮނުއްވައިފަ އެވެ.
ސީއެސްސީއަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން އަހުމަދު ސަސްޕެންޑުކުރީ މިދިޔަ މަހުގެ 3 ވަނަ ދުވަހެވެ. އިސްތިއުފާ ދެއްވީ އެއް މަސް ދުވަހުގެ ސަސްޕެންޝަން ހަމަވުމުގެ ކުރިންނެވެ.
އެ ސިޓީގައި އަހުމަދު ވިދާޅުވީ މިހާތަނަށް ޕީއެސްގެ ޒިންމާ އަދާކުރެއްވީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ. އެކަމަކު، މި ވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ ޕީއެސްގެ މަގާމުން އިސްތިއުފާ ދެއްވުމުން ކަމަށް ވާތީ ވަކިވެވަޑައިގެންނެވީ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ގާނޫނާއި ގަވައިދުގެ ބޭރުން އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވާނެ ކަމަށް ވެސް، އެ ސިޓީގައިވެ އެވެ.
އެކަމަކު، ޓީޗަރުންނާއި ޕްރިންސިޕަލުންގެ ވަޒީފާއަށް ގެނައި ބަދަލުތަކަކާ ގުޅިގެން އަހުމަދުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ސީއެސްސީން ބެލި އެވެ. އެކަމުގައި އޭނާއަށް އެ ކޮމިޝަނުން އެންމެ ފަހުގެ އިންޒާރު ވެސް ދިނެވެ.
އަހުމަދު އަލީ، އެޑިއުކޭޝަންގެ ޕީއެސްއަކަށް ހަމަޖެއްސީ ޖޫން 13، 2019 ގަ އެވެ. އޭނާގެ ފަސް އަހަރުގެ ދައުރު އަންނަ ޖޫން މަހު ހަމަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖުފާ
04 February 2024
އާމިރާ ދައްތަ އާއި ލޯބިވާ އައިޝާ ނެތުމުން އަހުމަދުގެ ހިމާޔަތުގައި އަޑު އުފުލާނެ ފަރާތެއް ނެތަތީ އިސްތިއުފާ ދޭން މަޖުބޫރުވީ ކަމަށް ބެލެވެނީ
ވާގުނަ ގުރޫޕު
04 February 2024
އިލެކްޝަނުގާ އުޅުންއިރުވެސް ތީ ފުދޭވަރަކަށް ފުއްޕާފާއުޅުނު މީހެއް.
ސަސި.
04 February 2024
ދެން އިވޭނީ ޑެޕިއުޓީ ނޫނީ ސްޓޭޓް މިނިސްޓަރކަން ދިން ހަބަރު.