ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކެންސަރު ސެންޓަރު: މި ސެންޓަރުން މިހާރު ވެސް އެތައް ބަޔަކު ފަރުވާ ހޯދާ.-- ފައިލް ފޮޓޯ: މިހާރު
04 ފެބުރުއަރީ 2024 - 14:19
ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ހަވާލާދީ އެޗްޕީއޭއިން މިއަދު ބުނެފި އެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އެ ބައްޔަކީ ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބު ކަމަށެވެ. އަހަރަކު 10 މިލިއަން މީހުން އެ ބަލީގައި މަރުވާއިރު، 40 ޕަސެންޓް މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ކެންސަރު ބަލި ޖެހޭ މީހުން ކަމަށް ބަޔާނުގައިވެ އެވެ.
ހަމަ އެގޮތަށް، ރާއްޖޭގައި ވެސް އެންމެ ގިނަ މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނެ އެވެ. ޑަބްލިއުއެޗްއޯއިން އަންދާޒާކުރާ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރުގައި މަރުވާ މީހުންނެވެ.
އެޗްޕީއޭއިން ބުނީ ކެންސަރު ބަލިން ރައްކާތެރިވުމަށާއި އެ ބަލި ކޮންޓްރޯލްކުރަން ކުރާ މަސައްކަތުގައި ކެންސަރު ބަލީގެ ރަޖިސްޓްރީ ގާއިމްކޮށް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްކުރާ ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލުތަކުގެ ރަޖިސްޓްރީގައި ތިބި ކެންސަރު ބަލި މީހުން އެ ރަޖިސްޓްރީއަށް އަޅާ އަދާ ހަމަކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން
- ކެއިންބުއިމުގެ ނުރަނގަޅު އާދަތައް
- ދުފުން
- އެކަށީގެންވާ ވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން
- ބަރުދަން ހުންނަންވާ ވަރަށް ވުރެ އިތުރުވުން
- ބަނގުރާ ބުއިން
- އެޗްޕީވީ ވެކްސިން ޖެހުން
- އަވިން ރައްކާތެރިވުން
- ދަރިފުޅަށް ގާތުން ކިރުދިނުން
- ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން
- ކެއުމުގައި ވީހާ ވެސް ގިނައިން ތަރުކާރިއާ މޭވާ ބޭނުންކުރުން
- ގަވައިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން
ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ލޭގެ ކެންސަރާއި ތައިރޮއިޑް އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެ އެވެ.
ކެންސަރުގެ މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްމައިލް ޕްލީޒް
04 February 2024
އެންމެންވެސް އެކަކު އަނެކަކަށް ހެޔޮ ވާން ވީ. ގޮސިޕް ކޮށް ދިމާ ކުރުން ފަދަ ކަންތައްތައް ހުއްޓާ، ސްޓްރެސް އާ ދުރު ވާން ވީ.
ާޝިމްލާ
04 February 2024
އެޗް.ޕީ.ވީ ވެކްސިން ޖަހަން ވީ. ރައްޓެހިވެގެން ނުވަތަ ކައިވެނި ކޮށްގެން އުޅޭ މީހާ ދެކެ ކިތަންމެ ލޯބިވިޔަސް ހަމަ ޗީޓް ކޮށްފާނެ. ވިސްނަން ވާނެ. މިކަހަލަ ކަންތައްތަކަށް ހޭލުން ތެރިކަން ގެނެސް ސްކްރީންގ ހަދާ، އެސް.ޓީ.ޑީ އަށް ޗެކް ކޮށް ހެދޭނެ ގޮތްތަށް ފަސޭހަކުރަންވީ. ބައެއް ޑޮކަޓަރުން ވަރަށް ޖަޖްމެންޓަލް މި ޒަމާނުގަވެސް، ކައިވެނި ނުކޮށް ހުރިއޭ ކިޔާފަ ޓެސްޓު ނުކޮށްދޭން އުޅޭ.
ރަން
04 February 2024
ސްކޫލް ތަކާ އޮފީސް ތަކުގެ މާހަލު އެބަ ޖެހޭ ރަންގަޅު ކުރަން. މާ ބޮޑަށް ތުއްތު ކުދިން ނާއި ބޮޑެތި މީހުން ސްޓެެރެސް އަށް އެކްސްޕޯޒް ވަނީ. އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތްތައް ހޯދަންވީ ހުރިހާ ކުދިންވެސް.
ހަނީ ފަނީ
04 February 2024
އަސްލު ދިވެހިންގެ ތެރޭ ފަޤީރު، ނިކަމެތި މީހުން އެހާ ގިނަ. މަސައްކަތެއް ކޮށްގެން ލިބޭ ކުޑަ މުސާރަ ކޮޅުގެ ބޮޑު ބައި ދާނީ ކުލި އަދި ބިލް ތަށް ދެއްކުމަށް. ބާކީ ހުންނަ ލާރި ކޮޅުން ކިހިނެތް ސިއްޙަތަށް ރަންގަޅު މޭވާ އާއި ތަރުކާރި ގަނެގެން ކަނީ؟ އެހާ އަގުބޮޑު. އޮފީހަކަށް ދިޔައަސް އެހާ ސްޓްރެސް ދޭ ބޮޑެއްޗަށް ތިބޭ މީހުން. އަހަރެން ހިތަށް އަރާ ހަމަ ކީއްވެ ބާއޭ އޮފީސްތަކުގެ އެންވަޔަރަމަންޓް އެހާ ގޯހީ. ސްޓެރެސް އަކީ ވަރަށް ނުރައްކާތެރި އެއްޗެށް.
އުޑު
04 February 2024
ކެންސަރަށް ފައްސިވެފައި ތިބި ހުރިހާ ވޯރިއަރސް އަށް އަވަސް ޝިފާއަށް އެދި ލޮއެތްބާއި ކެއްތެރިކަން ފޮނުވަމެވެ. ގެޓް ވެލް ސޫން.
އަހަރެން
04 February 2024
ސިގިރޭޓު ބުއިބް ޅަދުވަހު. ފެޝަން ދެއްތޯ! 40އަހަރުވީދުވަހު ހުއްޓާލީ މަޑުމަޑަކުންނޫން. ޓަސް ނިމުނީ. މިހާރު ނުބޮން.
ކަޅޭ
04 February 2024
ކަޅުކޮފީއާ ސިގިރޭޓާ. އެވަތެއްނެތް. ފެގެއްޖަލާފަ ލަވާޒާ ބުލެކެއް ޖަހާލީމަ ހެދުނުގެ ބޮރޭކްފާސްޓް. ވާ. ކިޔާ ގަޓްހޭ
ވާނުވާ
04 February 2024
ކަޅުކޮފީ ވަރިހަމަ 25ވެސް ދުވާލަކަށް. ދެފޮށި ސިގިރޭޓު ހެޔޮވަރު. ކެއިން ބުއިމުގަވެސް އަޚްލާގު އޮވޭ. ދުނިޔޭގަ ބަޔަކު ވިޔާނުދާ ކަމެއްކުރަންޏާ ދިވެހިން ދަސްކުރާނެ.
ލޮއްލަ
04 February 2024
ވަރަށް އާއްމު ވައްތަރެއް އުރަމަތީގެ ކެންސަރަކީ. ރޭޑިއޭޝަން ތެރަޕީއަށްފަހު ހޯމޯން ތެރަޕީއަށް ބޭނުންވާ ގުޅަބޭސް ޓެމޮކްސިފެން 20ގ އެއީ ރާއްޖޭން ފަސޭހައިން ލިބެން ހުންނަ ބޭހެއްނޫން. މަދު ތަނަކުން ކޮންޓްރޯލް ކޮށްގެން ވިއްކާ ބޭހެއް. މުޅިންވެސް ރާއްޖެއިން ބޭރުން މިގެންނަނީ. 5 އަހަރުގެ ތެރަޕީއަކަށް.. ނިޒާމުގެ ތެރޭ ފޫގޮސްސަ އިންނަ ހިސާބަކީ މީ.
ޅިން
04 February 2024
83% މީހުން މަރުވަނީ ކޮންކަމަކާ ހެދިޔޯ.