ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން: އިންޑިއާ ސިފައިން މަސްބޯޓުތަކަށް އެރި މައްސަލައިގައި އޭނާއާ ސުވާލުކުރަން ވަނީ މަޖިލީހަށް ހުށަހަޅާފައި --
04 ފެބުރުއަރީ 2024 - 20:17
ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އެރި މައްސަލާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅައިފި އެވެ.
މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ސުވާލު ކުރުމުގެ ނޯޓިސްގައި ވަނީ އެކަން ހިނގާފައިވަނީ ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދު ތެރޭގައިތޯ ޑިފެންސް މިނިސްޓްރީއަށް ކަށަވަރުވެފައިވޭތޯ އާއި އެކަމުގެ ތަފްސީލް ހޯދުމަށެވެ.
އަދި، އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ވެސް ސުވާލުކުރަން ހުށަހަޅާފައިވެ އެވެ.
މި މައްސަލާގައި ޑިމޮކްރެޓްސް އިން ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ އެ މައްސަލައިގެ މައުލޫމާތު ސަރުކާރުގެ މުއައްސަސާތަކުން ހިއްސާ ނުކުރާތީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. އޭނާ ވަނީ އެ މައްސަލައަށް ސަރުކާރުން އެކަށީގެންވާ ސަމާލުކަން ނުދީ، ތިބޭ ކަމުގެ ތުހުމަތުކޮށް، އެއީ ސަރުކާރުން ޒިންމާއިން ރެކުން ގޮތުގައި ސިފަ ކުރައްވައި، ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.
މިދިޔަ ބުދަ ދުވަހު ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ، އދ. މަހިބަދޫ 'އަސުރުމާ 03' ނަމަކަށް ކިޔާ ބޯޓަކަށް އިންޑިއާ ކަނޑުގެ ސިފައިން ހަތިޔާރާ އެކު އެރި ކަމުގެ ރިޕޯޓުން އެ ދޯނިން ކުރި އެވެ. އޭގެ ފަހުން 'މޮހޮރާ 3' އަދި 'ނިރު 7' ނަމަކަށް ކިޔާ ދެ ދޯންޏަކަށް ވެސް އިންޑިއާ ސިފައިން އެރި މައްސަލަ ފެންމަތިވި އެވެ.
މަސްބޯޓުތަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޑިފެންސް މިނިސްޓްރީން ބުނީ ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމްތަކުންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި އިންޑިއާ ކަނގެ ސިފައިން އަރާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ޑިފެންސްގެ ބަޔާނުގައި ބުންޏެވެ.
އެހެންވެ އިންޑިއާ ސިފައިން ހިންގި އެ އޮޕަރޭޝަންގެ ތަފްސީލް ހޯދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ދަންނަވާފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް، މައްސަލައިގެ ތަފުސީލު ލިޔުމަކުން ދިނުމަށް ދިވެހި ސަރުކާރުން ރަސްމީކޮށް އެދުނުތާ 48 ގަޑިއިރަށް ވުރެ ގިނައިރު ވީ އިރު ވެސް އިންޑިއާ ސަރުކާރުން ޖަވާބުދާރީ ވެފައިނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު..
05 February 2024
ޣައްސާނެއްނޫން ހާޒިރުކުރަންވީކީ. އިންޑިޔާ ސަފީރު ދެއިރު ދެދަޅަޔަށް ދަމާބަލަ ސަރުކާރު މުއައްސަސާތަކަށް. މިދެން ބޮޑުވަރެންނު
ފަސްމަގު
05 February 2024
ގައްސާމު ބުނެގެންތަ ހިންދޫން ދިވެހި މަސްއޮޑިތަކަށް އެރީ. އެކަންކުރީ ދިވެހިން ގެ ޚާއިނުންތަކެއް ވާގިވެރިވެގެން. ޝައްކެއްވެސް ނެތް.
އަލިފް ޝީނު
05 February 2024
ހަސަނާ ނިކަން ކެރެންޔާ އެކުވެރި މާރިއައްތަ އާއި ރައީސް ސޯލިހު ހާޒިރުކޮށްފަ ސުވާލުކޮށްބަލަ. އެއީއޭ މިގައުމުގެ ބޮޑުފޮށީގަ އޮތް އަމާގެ ފައްޓަރުބަޔަށް ދަންދެން މޯދީޖީ އަށް ވެދުން ކުރި މީހުންނަކީ. އެމީހުންގެ ބިތުފަންގި ނެގޭތޯ އުޅެބަލަ. ވޯޓަށް ކައިރިވީމަ ކޮންމެހެން ތިމާ ކަމެއްކުރިކަން ދައްކަން އުޅޭނިކަމެއްނެތް. އިރާދަކުރެއްވިޔާ ދެންއޮއްނަ މަޖީލީހަކަށް ނުހޮވޭނެ.
ަަބުދުއްރައްޒާގު
05 February 2024
މިއޮތީ އޮޅިގެން ބަޔަކަށް ނުބައިމީހަކު ހާޒިރުކުރަން އެންގިފަ. ރަގަޅަށް ބަލާފަ އިންޑިޔާއި އެކު މިކަހަލަ އެއްބަސްވުންތައް ހެދިމީހުން ކުރެން ގައި ގައިބާރު ހުރިމީހަކު ހާޒިރު ކުރަންވީ. ކޮބައިބާ އިބުރާހީމާއި ސާހިދު މެން.
ޙުސްނީ
05 February 2024
ތިމާމެން ހޭވި ހަޑިއަކާއި ބެހޭ ގޮތުން ސުވާލު ކުރަނީ އެހެން މީހުންނާތަ؟ ކޮސް ވެއްޖެ
ޢެމެރިކާ
05 February 2024
ކީކުރަންތަ ގަސަސާން ހާޒިރު ކުރަނީ.؟ އިންޑިޔާ އެމްބަސީން ނިކުންނަ އެމްޑީޕީ މަޖުލީހަ ނޮހޮވާނެ ދެނެ.
ވެންގަބޯ
05 February 2024
މީ ނިމިދިޔަ ސަރުކާރާ އިންޑިޔާ އަޑީގަތިބެގެން ހިންގާ ޖަރީމާއެއް ކަމަށް މަށަށް ލަފާކުރެވޭ ގާނޫނީ ސަރުކާރު ވައްޓާލުމަށް ކުރާކަމެއް މަޖިލީހަށް ހާޒިރުކުރަންވީ ކުރީގެ ސަރުކާރުގެ ބޮޑުން މިމީހުން ހައްޔަރުކުރަން ގޮވާލަން މިސަރުކާރައް މިމީހުން ހައްޔަރު ކޮއްގެން ކުރިޔަށް ދެވޭނީ ރައްޖެގެ ވެރިކަމަށް ފެންބޮވައި ގެންފައިވަނީ އިންޑިޔާ އަދި ކުރީސަރުކާރުން ހައްޔަރުކުރޭ ހައްޔަރުކުރޭ މިހާރުން މިހާރަށް
ކޮބައި އައްނި
05 February 2024
ކޮބާ އައްނި ގައުމު 2010 ގަ ރާއްޖެ އިންޑިއާއަށް 5ރ އަށް ވިއްކާލާފަ މިހާތު ކޮންތާކައް ފިލަން ވަދެ އޮތީ. އިނގިރޭސިން އަތުން މިނިވަންވާން 100 އަހަރު ދިވެހިން ގުރުބާން ވެެގެން ނާސިރުވެރިކަމުގަ ސަލާމަތްވީ އިރައް މަރުމޯލު އައްނި 5ރ އަނެއްކާ ރާއްޖެ އިންޑިއާއަށް ވިއްކާލީ 2010ގަ. އޭރުވެސް މައުމޫނު ބުނި މިހެންވާނެއޭ ދެން ތިމީހުން މިގައުމުން ނުފައިބާނެއޭ.
ގެދާނޯމޮސް
05 February 2024
އިންޑިޔާ ސިފައިން ތިބޭކަށްވެސް ބޭނުމެއްނުވޭ ؛ އުޅޭކަން އެނގުނަސް ބިރުން ހޭވެރިކަމެއް ނެތެވެ. ނެތަސް ގެންނަން ޖެހެއެވެ. އާއިލީ ބައްޔަކަށް ވަނީ ހެއްޔެވެ!؟
މުހޢްމަދު
05 February 2024
ނުފޯރާފޮތިން ފޫގަޅަން އުޅުނީމާވާނީ އޮރިޔާން.