07 ފެބުރުއަރީ 2024 - 06:40
މެންޗެސްޓާ (ފެބްރުއަރީ 7) - ޖިރޯނާގައި ވިދަމުން އަންނަ، ޒުވާން މިޑްފީލްޑަރު ސަވިއޯ މޮރޭރާ، އެ ޓީމުގެ ބެލެނިވެރި ކްލަބް މެންޗެސްޓާ ސިޓީ އަށް ބަދަލުވާން ހަމަޖެހިއްޖެ އެވެ.
ލަލީގާގެ ތަށީގެ ރޭހުގައި އެ ލީގުގެ މަޝްހޫރު ތިން ކަލްބް؛ ރެއާލް މެޑްރިޑް، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑާ އެއްވަރެއްގައި މި ސީޒަނުގައި ވާދަކުރަމުން އަންނަ ޖިރޯނާއިން ނެރެމުންދާ ނަތީޖާތަކުގައި ފާހަގަ ކުރެވޭ އެއް ކުޅުންތެރިޔަކީ އުމުރުން 19 އަހަރުގެ ސަވިއޯ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޮއްކޮ ޕެރެ ގާޑިއޯލާ ޗެއާމަންކަން ކުރަމުންދާ ޖިރޯނާ އަކީ، ސިޓީގެ މިލްކުވެރިކަން އޮންނަ ސިޓީ ފުޓްބޯލް ގުރޫޕުން ހިންގަމުން އަންނަ ކްލަބެކެވެ. އެ ކުންފުނިން ދަނީ ބައެއް އެހެން ގައުމުތަކުގެ ކްލަބްތައް ވެސް ހިންގަމުންނެވެ.
ޕްރިމިއާ ލީގުގެ އިތުރުން ބުންޑެސް ލީގާގެ ކްލަބްތަކުން ވެސް ސަވިއޯ އަށް ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. ސިޓީން އޭނާގެ ސޮއި ހޯދީ 32 މިލިއަން ޑޮލަރުގެ އަގަކަށެވެ. އެ ފައިސާ ލިބޭނީ ސިޓީގެ ފުޓްބޯލް ގުރޫޕްގެ މިލްކިއްޔާތުގައި އޮންނަ އެހެން ކްލަބެއް ކަމަށްވާ ފްރާންސްގެ ޓްރޮޔޭސްއަށެވެ.
ފްރާންސްގެ ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބަށް، ސަވިއޯ 2022 ގައި ސޮއި ކުރި ނަމަވެސް އެއް ވެސް މެޗެއް އޭނާ އެ ކްލަބަށް ނުކުޅެ އެވެ. އެ ކްލަބަށް ސޮއި ކުރުމަށް ފަހު ލޯނު އުސޫލުން ބަދަލުވީ ނެދަލެންޑްސްގެ ޕީއެސްވީ އަށެވެ. ޖިރޯނާ އަށް އޭނާ ބަދަލުވީ މިދިޔަ އަހަރު އެވެ.
ލަލީގާގައި އޭނާ ކުޅުނު 23 މެޗުގެ ތެރެއިން ސަވިއޯ ވަނީ ފަސް ގޯލު ޖަހައި އިތުރު ހަތް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ހޫނު މޫސުމާ ހަމައަށް އޭނާ ޖިރޯނާގައި މަޑުކުރާނެ އެވެ. ސިޓީ އަށް ބަދަލުވާނީ ސީޒަން ނިމުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
07 February 2024
މަބޭނާނެ ވާހަކާށް ނެތް. މިއެގެ ދުވަސް މިއެބެގެއި.
ލެއްގިކޮމިޝަނަރ
07 February 2024
އޭމިހެރަ ރަދީފާ! އެއްޗެކޭ ބުނާނެ ފުރުސަތެއް މިހާރަކުނެތޭ. ސިޓީއަކީ މިވަގުތު އިނގިރޭސި ވިލާތުގެ އެންމެބޮޑު ކުލަބޭ. މިވަރުގެ ކުލަބަކާ ބެހޭގޮތުން ރަދީފުމެންކަހަލަ ކުދި ކުލަބުތަކަށް ސަޕޯޓުކުރާ މީހުން ވާހަކަދެއްކުމުގެ ބޭނުމެއްނެތް.