ކުޅިވަރު

ބިރުބޮޑު، ދިވެހި ފުޓްބޯޅަ އަށް ނުރައްކަލުގެ ރަނގަބީލު!

ބުދަ ދުވަހު ދެވަނަ ޑިވިޝަނުގައި ހިނގި ހަމަނުޖެހުން: ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުން.-- ފޮޓޯ: މިހާރު

ގައުމީ ފުޓްބޯޅަ ދަނޑުގައި މިދިޔަ ބުދަ ދުވަހު، ހިންގި ހަމަނުޖެހުންތަކުގެ ވީޑިއޯ ބެލި ގިނަ ބަޔަކަށް ސިފަ ކުރެވުނީ ބޮޑު ބިރުވެރި ކަމެއްގެ ގޮތުގަ އެވެ. އެކަމަކު ރާއްޖޭގެ ރަސްމީ މުބާރާތެއްގެ ގައުމީ ފުޓްބޯޅަ ދަނޑުގެ ތެރެއިން، ރޯމާ ދުވާލު ފެނުނު މި ބިރުވެރިކަމާ ކުޅުންތެރިންނާއި ކޯޗުން އަދި ރެފްރީންނާއި މެޗު އޮފިޝަލުން ވެސް ކުރިމަތިލާން ޖެހޭ މަންޒަރުތައް ހަމަ ކޮންމެ އަހަރަކުހެން ފެންނަމުންދާތާ ހައެއްކަ އަހަރުވެއްޖެ އެވެ.

ގަލޮޅު ދަނޑަކީ މީގެ އަހަރުތަކެއް ކުރިން އާއިލާއާ އެކު މެޗުތައް ބަލާލަން ދަނޑަށް ވަދެ ވަގުތު ހޭދަކޮށްލަން އެކަށޭނެ މާހައުލެއް އޮތް ތަނަކެވެ. ބަފައިން އެމީހުންގެ ކުޑަދަރިފުޅު އަތުގައި ހިފައިގެން ދަނޑަށް ވަންނަނީ އެކަމުން ހިތްހަމަޖެހުމާއި އުފާވެރިކަން އިހްސާސް ކުރެވޭތީ އެވެ. އެކަމަކު މިހާރު ގަލޮޅު ދަނޑުގައި އެ މާހައުލެއް ނެތެވެ. ދަރިފުޅު ގޮވައިގެން ދަނޑަށް ވަންނަން އެއްވެސް ބަފަޔަކު މިހާރު ބޭނުމެއް ނުވެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި މެޗެއް ބަލަން ރާއްޖޭގެ މައި ފުޓްބޯޅަ ދަނޑަށް ވަނުން މިހާރު ވަނީ ނުރައްކާ ކަމަކަށެވެ.

ނުރައްކަލަށް ދަނޑު ހުށަހެޅިގެންދާ މަންޒަރުތައް މިހާރު ދަނީ ތަކުރާރު ވަމުންނެވެ. މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ވެސް ބުރު ސްޕޯޓްސް އާއި ޓީނޭޖް ބައްދަލު ކުރި މެޗުގައި ވެސް ހަމަނުޖެހުންތަކެއް ހިންގި އެވެ. އެ މެޗުގައި ޓީނޭޖްގެ އޮފިޝަލަކު ރެފްރީ އާ ދިމާކޮށް ރެފްރީ ފަހާ ދުވުނެވެ.

މިދިޔަ ސީޒަންގެ ދެވަނަ ޑިވިޝަނުގައި ޓީނޭޖާއި ބުރު ބައްދަލު ކުރި މެޗުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން --- ފައިލް ފޮޓޯ: މިހާރު

އޭރު އެ ހަމަނުޖެހުމަށް ފުރުސަތު ފަހި ކުރި ކްލަބްތަކާއި އެ ކްލަބްތަކުގެ އޮފިޝަލުންތައް އަނެއްކާ ވެސް އަނެއް އަހަރު މުބާރާތުގައި ބައިވެރިވެ އެވެ. އެ ކްލަބްތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގި މީހުންނާ ދެކޮޅަށް އެޅޭނެ ފިޔަވަޅެއް ނެތެވެ.

ސީނިއާ ފުޓްބޯޅަ މުބާރާތްތަކުން ފެންނަ ފެށި މި މަންޒަރުތައް އެންމެ ފަހުން ނަކަލު ކުރީ އުމުރުން ހަގު ކުޅުންތެރިންނެވެ. މިދިޔަ އަހަރު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ކ. ގުރައިދޫ ސްކޫލް ކުޅުނު މެޗެއްގައި ވެސް ބޮޑު ހަމަނުޖެހުމެއް ގަލޮޅު ދަނޑުގައި ހިންގި އެވެ. ސްކޫލް މުބާރާތުގެ 17 އަހަރުން ދަށުގެ ސެމީ ފައިނަލު މެޗުގައި ރެފްރީ އާ މެދު ހިތްހަމަނުޖެހި، މެޗު ނިމުނު ފަހުން ގުރައިދޫ ސްކޫލުގެ ކުޅުންތެރިންނާއި ޓީމު އޮފިޝަލުން އަދި ބެލެނިވެރިން ރެފްރީ އަށް ހަމަލާދީ މާރާމާރީ ހިންގި އެވެ.

ފުޓްބޯޅައިގެ މަގުބޫލުކަމާއި ސަޕޯޓަރުން ނަގާ ފޯރީގައި، ރާއްޖެ އަކީ މުޅި ދެކުނު އޭޝިއާގައި ވެސް ކުރިން ނަމޫނާ ގައުމެކެވެ. އެކަމަކު ދަނޑުތަކުން ފެންނަން ފެށި ބިރުވެރި މަންޒަރުތަކާ އެކު ރާއްޖޭ ފުޓްބޯޅައާ މެދު އެހެން ގޮތަކަށް ދެކޭ މީހުން އެބައުޅެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޮސްޓާ ބުނީ ރާއްޖެއާ މެދު އޭނާ ދެކެނީ އޭނާގެ ދެވަނަ ގައުމުގެ ގޮތުގައި ކަމަށެވެ. ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުން ބުދަ ދުވަހު ފެނުނު މަންޒާރާ އެކު ރާއްޖޭގެ ފުޓްބޯޅައާ މެދު ހިތާމަކުރާ ކަމަށް ސިމާއޯ ބުންޏެވެ.

"އަހަރެންގެ ދެވަނަ ގައުމުގެ ފުޓްބޯޅަ މިހާރު ވެއްޓިފައިވާ ހުރިހާ ހާލަތަކާ މެދު އަހަރެން ވަރަށް ދެރަވޭ،" ޕޯޗުގަލް އަށް ނިސްބަތްވާ ސިމާއޯ ބުންޏެވެ.

މިދިޔަ ބުދަ ދުވަހު ޓީނޭޖާއި މެޗެއްގެ ތެރެއިން ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރަނީ: ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުން.-- ފޮޓޯ: މިހާރު

ދަނޑުން ފެނުނު މި މަންޒަރުގެ ސަބަބުން ފުޓްބޯޅައިގެ ހިދުމަތްތެރި އެތައް ބަޔަކަށް ވެސް އަސަރުތަކެއް ކުރި އެވެ. ކްލަބް ވެލެންސިއާގެ އެއް ފައުންޑަރު އަދި ގިނަ ކުޅިވަރުތަކެއްގައި ގައުމީ ޓީމު ތަމްސީލު ކުރެއްވި ލެޖެންޑް އަދި ކުރީގެ ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމް ވިދާޅުވީ މެޗުގެ 90 މިނެޓް ފުރިހަމަ ނުވަނީސް ދަނޑުން ނުކުންނަން މަޖުބޫރު ހާލަތަކަށް ދިއުމުން ދެރަވި ކަމަށެވެ.

"މެޗު ބަލާލުމުގެ ފުރުސަތު ލިބުނު. ހިތާމައަކީ 90 މިނެޓް ހަމަނުކޮށް ދަނޑުން ނުކުންނަން ޖެހުން،" ބުދަ ދުވަހުގެ މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން "މިހާރު" ގެ ސްޕޯޓްސް ޕޭޖަށް ކުރެއްވި ކޮމެންޓެއްގައި ކުރީގެ ކޯޗު ވިދާޅުވި އެވެ.

"ގައުމީ ލޯބި. ގައުމީ ދިދަ ފެންނާން ނެތުމުން ހިތާމަކުރަން."

އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ކުރިން، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފުޓްބޯޅައިން ފެންނަ މަންޒަރުތަކުގެ ސަބަބުން، ދަރިން ފުޓްބޯޅައިގެ ޝާމިލުކުރުވަން ވެސް ބެލެނިވެރިން މިހާރު ބޭނުން ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ޓީމަށް ކިޔާ ނަމުގެ ގޮތުން ވެސް އެ ނަންތަކާ ގުޅިފައިވާ އެކަޑަމީތަކަށް ދަރިން ގެންދަން ބޭނުން ނުވާ ބެލެނިވެރިން ވެސް އުޅޭ ކަމަށެވެ.

"ފުޓްބޯޅަ ފެންނަނީ ގޭންގް ކުޅިވަރެއްގެ ގޮތުގައި. މިހާރު ޕާސެޕްޝަނަކީ، ހަމަގައިމު ވެސް ދިވެހިން ދެކެނީ މީ މިހާރު ގޭންގް ހިންގާ ކުޅިވަރެއްގެ ގޮތުގައި. ބޭނުންނުވާނެ އެތަނަކަށް މަގޭ ދަރި ގެންގޮސް ފުޓްބޯޅަ ތެރެއަށް ވައްދާކަށް. އެކަޑަމީތައް ވެސް އެބައުޅޭ ކިޔާ ނަމުގެ ގޮތުން ވެސް ގެންދަން ބޭނުން ނޫން،" އާޒިމު ވިދާޅުވި އެވެ.

އެފަދަ ނަންނަމަށް ނިސްބަތްކޮށް ނަން ކިޔައިފައިވާ ކްލަބްތައް މުބާރާތްތަކުގައި ބައިވެރި ނުކުރުމަކީ ވެސް އެފްއޭއެމަށް އޮތް އިހްތިޔާރެއް ކަމަށް އާޒިމު ވިދާޅުވި އެވެ.

ވިކްޓަރީގެ އަނަޓޮލީ އަށް ހަމަލާ ދޭޏް ދަނޑަށް އެރި މީހަކު މަސައްކަތް ކުރަނީ --- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ މުޖުތަމައުގެ އޮންނަ އާންމު މިންގަނޑު ހިލާފު ވިޔަ ނުދިނުމަށް ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު މަރްހޫމް އުމަރު ޒާހިރު މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު މިހާރު އެންމެ މަތިން ފެށިގެން ތިރިއާ ހަމައަށް ފެންނަނީ އެ އެ މިންގަނޑުތައް މުގުރިގެންދާ ގޮތަށް ކަންތައްތައް ވަމުންދާތަން ކަމަށް އާޒިމު ވިދާޅުވި އެވެ.

"މިސަލަކަށް؛ 'ކަތިވަޅި' ނަކަމަށް ކިޔާ ޓީމެއް އެ ނަން ކިޔައިގެން ދިޔައީމަ ވެސް ކުޅިވަރުގައި ބައިވެރިވާން ފުރުސަތު ދޭންވީތޯ،"

އޭނާ ވިދާޅުވީ މުޖުތަމައު ބަލައިގަންނަ ރީތި އެއްޗަކަށް ރާއްޖޭގެ ފުޓްބޯޅަ ހެދުމަކީ އެފްއޭއެމްގެ އެންމެ މުހިންމު ޒިންމާ ކަމަށެވެ.

"ރީތިކޮށް ފުޓްބޯޅަ ގެންދިއުމަށް، މުޖުތަމައު ގަބޫލުކުރާ ބަލައިގަންނަ އެއްޗަކަށް ފުޓްބޯޅަ ހެދުމަކީ ފުޓްބޯޅަ އެސޯސިއޭޝަންގެ އެންމެ މުހިންމު ކަންތައް. އެއީ ފީފާ އިން އެންމެ ބާރުއަޅާ އެއް ކަންތައް. އެކަމަކު ރާއްޖޭގައި މި ފެންނަނީ އެކަން އެހާ ރީތިކޮށް ގެންދާން ނުޅޭތަން،" ދިވެހި ފުޓްބޯޅައިގެ ހިދުމަތްތެރިޔާ ކުއީން އަހްމަދު ވަހީދުގެ ދަރިފުޅު އާޒިމް ވިދާޅުވި އެވެ.

48 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 15%
icon angry icon angry 75%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރެކިފުތާ

11 February 2024

ރާއްޖޭގެ ފުޓުބޯޅަ މިހާރު މިވަނީ ވެއްޓެމުން ވެއްޓެމުންގޮސް ދެންދުވަހަކުވެސް ކުރިނާރާވަރަށް އަޑިއަށް ގެނބިފައި. މިހާރު ފުޓުބޯޅަ ޓީމުތަކަކީ ގޭންގުތަކުގެ ނަންދީފައިވާ ގޭންގުތަކުން ހިންގާ ޓީމުތަކެއް. އަދި ކުޅެނީވެސް ބަލަން ވަންނަނީވެސް ގޭންގު މެންބަރުން. އޭގެ ނަތީޖާ ތިއޮތީ ފެނިފައި. އެހެންޓީމެއްގެ ކުޅުންތެރިއަކަށް އޭގެ ކުޅުންތެރިއަކަށް ގަންނާކުރެއްވި ބިރުން ޓެކުލެއް ނުވަތަ ފައުލެއް ކުރަން ނުކެރުނީމާ ދެން ކޮން ބޯޅައެއްތޯ މިރާއްޖޭގައި ކުޅެވޭނީ.

The name is already taken The name is available. Register?

ބާދަލް

10 February 2024

ރަންކޮޅާ ފުޓްބޯޅަ އެކަނި އެއް ނޫނޭ މުޅި ގައުމުގެ ހުރިހާ ކަމެއްގަވެސް ނުރައްކަލުގެ ރަނގަބީލު އަޅާ އޮތީ ނިމިފަ. ދެން އޮތީ ބޮމެއް ގޮވާހެން ގޮވުން

The name is already taken The name is available. Register?

ދިވެސް

10 February 2024

ކޮބާތަ ފޮނިކެނޑި ޕޮލިސް ކޮމިޝަރަރު އަދި ހޯމްމިނިސްޓަރު އަދި މިގައުމުގެ ޕީޖީ.

The name is already taken The name is available. Register?

ޑަމީ

10 February 2024

އަދިވެސް ތަނެށްގަ ހުސް ބިމެށް އޮތިށްޔާ ގޭންގު ތަށް ކުށްޔަށް ދޭށާ ، އެމީހުން ފުޓުބޯޅަ ކުޅެލަން ދީފަ ބާށްވާ! މިގައުމުގެ ހުރިހާ ހުސް ބިމަކާ، ފަޅު ތަކާ، ގިރި ތަށް އެމީހުން ކުށްޔަށް ދޫކޮށްގެން މަންފާ ހޯދަން ދީ!

The name is already taken The name is available. Register?

ޖާގޯ22

09 February 2024

ކޮބާތޯ މިކަހަލަ ކަންކަމަށް ޖާގަނުދޭ ކޮމިޝަނަރު. ޖާގަތައް ފޮރުވައިގެން އުޅޭތީތޯ އަބަދު ޓީވީއަށް ނޫހަށް އަރާ ތިމަންނަ ޖާގައެއް ނުދޭނަމޭ އެވިދާޅުވަނީ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

09 February 2024

ކޮބާ ފެނޭތަ މިތާ މުއީޒު ތަފާތުވާނޭ ކިއައިގެން ކޮމެއްޓު ކުރާމީހުނައް މުއީޒަކީ ކިހާވަރެއްގެ މީހެއްކަން! ތަޅާ ރޯނާގެންނެވީ ފުލުހުން ކުރިމަތީގަ އެމަކު މީހަކު ހައްޔަރެއްނުރޭ! މިގައުމަކު މީހާރު ދައުލަތެއް އޮތް ސިފައެއް ނުޖަހާ! މުއީޒު ރައްޔިތުން ވާވައްދާފަ ވެކަމައް އާދެވުނީމަ ހީކުރަނީތޯޗެ ރައްޔިތުންނަކީ ގަމާރުންނޭ ބާލާބަލަ އިންޑިޔާސިފައިން ބާލަން ނުކެރިގެން ހެދި ބޮޑު ޑީލު

The name is already taken The name is available. Register?

ޕޫރުބެ

09 February 2024

މިއީ މިޤައުގެ ވެރިންގެ އިހުމާލު! މިހާރު އެމީހުން އެތިބީ ވެރިކަމުގެ ބާރުގެ ތެރޭގަ! ޖުޑިސަރީގަ! ސިފައިންނާ ފުލުހުންގެ ތެރޭގަ! ޤާނޫނެއް ނުހިންގޭ!

The name is already taken The name is available. Register?

ފަލްސަފާ

09 February 2024

މިކަމުން އެނގެނީ ދިވެހިންނަކީ މިހާރު އެއްވެސް އަޚުލާޤެއްނެތް ބަޔެއްކަން. މުޅި ބޭރުދުނިޔޭގަ ކުރިމަތީ ދިވެހިންގެ އެއްވެސް ގަދަރެއްނެތް މިހާރަކު. ރަމްޒީ ކައިވެންޏެއްކުރަން އުޅުނު ޓޫރިސްޓުންގެ ކައިވެނިހަފްލާއެއްގަވެސް ހުސްހަޑިހުތުރު ބަސްކީ. ނުވަދިހައިގެ އަހަރުތަކުގަ މޯލްޑިވްސް މިބަސް އެއްވެސް ގައުމެއްގެ މީހެއްގެ ކުރިމަތީ ކިޔާލިޔަސް އެމީހުން ހިނިތުންވާނީ. އެކަމަކު މިއަދު ގިނަމީހުން ރުޅިއަންނާނީ.

The name is already taken The name is available. Register?

މިވަރެއްނެތް

09 February 2024

އެންމެންގެ ކުރިމަތީގައި މާރީމާރީ ހިންގާ ގާނޫނީގޮތުން ކުށްކުރިއިރުވެސް ތިއިން އެއްވެސް މީހެއްގެ މައްޗަށް މިސަރުކާރުން ދައުވާކޮށްފިނަމަ މަމެން ހިނގާނީ އެކޮޅުކޮޅުން!

The name is already taken The name is available. Register?

‫ޖާސިމް

09 February 2024

‫ދިވެހި ރާއްޖޭގަ ފުޓްބޯޅަކުޅުން ހުއްޓާލާފަ ގަލޮޅު ދަނޑުގަ ޕާކިން އިމާރާތެއް އަލައިދީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454