ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިހާބުކުރި ހައްވާ އަބްދުލް އަޒީޒް.
10 ފެބުރުއަރީ 2024 - 20:08
ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު މިއަދު އިންތިހާބުކޮށްފި އެވެ.
ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް މިއަދު އިންތިހާބުކުރީ ފ. ނިލަންދޫ، ފޮނިލުނބޯގެ، ހައްވާ އަބްދުލް އަޒީޒެވެ. އޭނާ ވާދަކުރެއްވީ ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޓިކެޓްގަ އެވެ.
މިއީ އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިހާބުވި ފުރަތަމަ ފަހަރުކަން، ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ކަށަވަރު ކޮށްދެއްވި އެވެ.
ހައްވަ އަކީ ފ. އަތޮޅު ކައުންސިލްގެ އިދާރީ އެކި މަސައްކަތްތަކުގެ ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ބޭފުޅެކެވެ. ފ. އަތޮޅު ކައުންސިލް އުފެއްދުމުގެ ވެސް ކުރިން އެ އަތޮޅު އޮފީހުގައި 2000 ވަނަ އަހަރުން ފެށިގެން އޭނާ އައީ މަސައްކަތް ކުރައްވަމުންނެވެ.
ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިހާބުކުރި ހައްވާ އަބްދުލް އަޒީޒް.
ފ. އަތޮޅު ކައުންސިލްގެ ރައީސްގެ ހުސްވެފައިވާ ގޮނޑިއަށް ބޭފުޅަކު އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި ހައްވައާ ވާދަކުރެއްވީ، އެމްޑީޕީގެ ޓިކެޓުގައި ނިލަންދޫ، އަޒުމް، އިބްރާހިމް ހަލީލެވެ.
މިއަދުގެ ބައި އިލެކްޝަންގައި ހައްވަ އަށް ލިބުނީ 941 ވޯޓެވެ. އިބްރާހިމް ހަލީލަށް ހޯއްދެވުނީ 888 ވޯޓެވެ.
ފ. އަތޮޅު ކައުންސިލްގެ އިތުރުން މިއަދު ވަނީ ވ. ފެލިދޫ ކައުންސިލްގެ ރައީސާއި ރ. ރަސްގަތީމުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން ވެސް ބާއްވައިފަ އެވެ.
ފެލިދޫ ކައުންސިލް ރައީސްގެ ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓެވެ. ރަސްގެތީމުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްޕޭ ރައްޒާގް
12 February 2024
ހެޔޮނުވާނެ ނިލަންދޫ މީހުން އަތްމައްޗަށް ލަގަން ނުދީ. ރަށުން ބޭރު 500 ކިޔަވާ ކުދިން ބިކަކުި ރަށެއްތީ
އެޑްމުންޑޯ
11 February 2024
ތިޔަ ހޯއްދެވި ކާމިޔާބީ އަށް މަުޙަބާ !،
އޮނަރަބްލް އަފީފު ދީދީ
11 February 2024
މަރުޙަބާ.! ޥިސްނާ ފިކުރު ކުރާ ބަޔަކަށް މިކަންކަމުން އިބުރަތް ޙާސިލް ވާންޖެހޭ. އަންހެނުންގެ ގޮނޑިތަކުގެ ނަމުގައި އިންތިޙާބީ ގޮނޑި ތަކެއްގައި ޓެގް އަޅުވާން އެންމެބޮޑަށް މަސައްކަތްކުރި އެމްޑީޕީގެ މިފަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރީ ކިތައް އަންހެނުންތޯ!؟ އަދި އިންތިޙާބު ކާމިޔާބު ކުރެވުނީ ކިތައް ކަނބަލުންނަށްތޯ!؟ ޤާނޫނު ހެދުމަށް ކުރި މަސައްކަތުގެ އިތުރުން މިކަމުގެ މަޤުސަދު ޙާސިލް ކުރާން އެމްޑީޕީ މަސައްކަތް ކޮށްފައިވީނަމަ އެހެންވާނެތޯ!؟
ޢިޝްޤް
11 February 2024
މަރުޙަބާ ޙައްވާ ތިހޯއްދެވި މަތިވެރި ވެރިކާމިޔާބަށް ހަމަ ހިޔަހާސްފަށުން މަރުޙަބާ.
އެޗް އެމް
11 February 2024
"އަތޮޅު ކައުންސިލެއްގެ ރައީސަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިންތިހާބުކޮށްފި" މުޅިން ރަނގަޅު ވާހަކައެ ނޫން... ކައުންސިލްތައް އުފެދުނު ފަހުން 2 ވަނަ ދައުރުގައި އދ. އަތޮޅު އަތޮޅުކައުންސިލް ކަން ކުރެއްވީ ވެސް އަންހެން ބޭފުޅެއް...
އެމް.އެޗް
12 February 2024
އޭރު ކުރިމަތިލަނީ ރައީސް ކަމަކަށް ނޫން. ކައުންސިލް މެމްބަރު ކަމަށް. ރައީސަކު އައްޔަން ކުރަނީ ކައުންސިލްގެ މެމްބަރުންގެ ތެރޭން ނެގޭ ވޯޓަކުން. މިހާރު ރައީސް ކަމަށް ކުރިމަތިލައިގެން ރައީސަކު އިންތިޚާބު ކުރަނީ ސީދާ ރައްޔިތުންގެ ވޯޓުން. ރައީސް މީހާ އިސްތިޢުފާ ދީފި ނަމަ، ކައުންސިލް މެމްބަރުންގެ ތެރޭން ރައީސަކު މިހާރަކު ނުހޮވޭނެ.
ރީތި ރުގިއްޔާ
11 February 2024
ނިލަންދޫ މީހުން ހޮވަނީ ކީއްވެ. ނިލަންދޫ މީހުންނަކީ ސްކޫލަށް ދެބުރި އިމާރާތުގެ ބޭނުމުގައި ރަށްރަށުން ކުދިން ކިޔަވަން ގެންގޮސް ބަނޑަށް ޖައްސައި އަނިޔާކޮށް ހެދި މީހުން
ސަންތު
10 February 2024
މަރްހަބާ އެކުވެރި ޙައްވަ.
އަލި
10 February 2024
މަރުހަބާ އެހެންވީމަ