މިދިޔަ ސިޒަނުގެ ދެވަނަ ޑިވިޝަނުގައި ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން: މި ފަހަރު މުބާރާތުގެ ސެމީ ފައިނަލުގައި މި ދެ ޓީމު މާދަމާ ނުކުންނާނެ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު ¬¬¬
11 ފެބުރުއަރީ 2024 - 13:03
ސަޕޯޓަރުން ނުވަންނާތީ ފަޅުވި ގަލޮޅު ދަނޑުގެ ފަޅުކަން، މިދިޔަ ސީޒަނުގައި ފިލުވާލަ ދިނީ އެންމެ މެޗަކުންނެވެ. އެންމެ ފަހުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ ކުޅުނު މެޗަކީ، މި ފަހުން ގަލޮޅު ދަނޑަށް، ކްލަބް ފުޓްބޯޅަ މެޗެއް ބަލަން އެންމެ ގިނަ ބަޔަކު ވަން މެޗެވެ.
އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ފަހު ގައުމީ ޓީމު ކުޅުނު މެޗެކަށް ވެސް އެ އަދަދަށް މީހުން ދަނޑަށް ނުވަދެ އެވެ.
އެ މެޗަށް ފަހު ނިއު ރޭޑިއަންޓްގެ ޗެއާމަން އަހްމަދު ވާސިފް ވިދާޅުވީ ފުޓްބޯޅައިގެ ފޯރި ގަލޮޅު ދަނޑަކަށް އަލުން ގެނެވޭނެކަން ސާބިތުކޮށްދެވިއްޖެ ކަމަށެވެ.
މިފަހަރު ދެވަނަ ޑިވިޝަންގައި މި ދެ ޓީމު ކުރިމަތިލާން ޖެހިފައި ވަނީ މުބާރާތުގެ އެންމެ މުހިންމު ހިސާބުންނެވެ. އެފްއޭއެމުން 2019 ގައި މި ދެ ޓީމު ސަސްޕެންޑް ކުރުމުން، ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވި ދެ ޓީމު މިދިޔަ މުބާރާތުގައި ވެސް އެއްވަނަ ޑިވިޝަނަށް އަރަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
އުމަރުޖަނޯވް (މ) ގޯލެއް ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެކަމަކު މާދަމާ ކުޅޭ މެޗުން، އެ ދެ ޓީމުގެ ތެރެއިން ކޮންމެ ވެސް އެއް ޓީމަކަށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަންގެ ޖާގަ ކަށަވަރު ވާނެ އެވެ.
މެޗުގެ ވާދަވެރިކަން ވެސް ބޮޑު ވަނީ ވެސް އެހެންވެ އެވެ. އެ މެޗުން ކޮންމެ ވެސް އެއް ޓީމަކަށް އެއްވަނަ ޑިވިޝަނުގެ ޖާގަ ލިބޭތީ އެވެ.
ދެ ޓީމުން ވެސް ދަނީ މެޗު ޕްރަމޯޓް ކުރުމަށް ސޯޝަލް މީޑީއާގައި ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ. "ރަސްވާދަ" ގެ ނަމުގައި ޕްރަމޯޓް ކުރަމުން އަންނަ މެޗަށް، ދެ ޓީމަށް ކުރިން ކުޅުނު ލެޖެންޑްރީ ކުޅުންތެރިންނަށް މެޗު ބަލަން ދަނޑަށް ހާޒިރު ވުމަށް ދައުވަތު ދަނީ ފޮނުވަމުންނެވެ.
ވިކްޓަރީ އުމެއިރު، ދެވަނަ ޑިވިޝަން މެޗެއްގައި ގޯލު ޖެހުމަށްފަހު އުފާފާލު ކުރަނީ.-- ފޮޓޯ: މިހާރު
މިދިޔަ އަހަރު ނިއު އަށް އިރުޝާދު ދިން ކޯޗު ސޮބާހް މުހައްމަދު ހުރީ ވިކްޓަރީގެ ބެންޗުގަ އެވެ. އޭނާ ބުނީ މާދަމާގެ މެޗަކީ ފައިނަލު މެޗުގެ ކުރިން ކުޅޭނެ ބޮޑު ފައިނަލެއް ކަމަށެވެ.
ނިއު އަށް މި ފަހަރު އިރުޝާދު ދެނީ މިދިޔަ ސީޒަނުގެ ތިންވަނަ ޑިވިޝަން މުބާރާތް ލެގޫންސް އަށް ކާމިޔާބުކޮށް ދިން ކޯޗު އަހްމަދު ނިމާދު އެވެ. ވިދިވިދިގެން ދެ ސީޒަނުގައި ދެ ޓީމެއް ޕްރޮމޯޓްކޮށް ދިނުމުގެ ޝަރަފު މާދަމާގެ މެޗުން ނިއު މޮޅުކޮށް ދީފިނަމަ އޭނާ އަށް ލިބޭނެ އެވެ.
ސެމީ ފައިނަލު ދެ މެޗާއި ފައިނަލު މެޗު ފަށާނީ ހަވީރު 3:30 ގަ އެވެ. ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މަސްއޮޑި އާއި ޓެންޓް ވާދަ ކުރާނެ އެވެ. މެޗުން މޮޅުވާ ޓީމެއް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަކޭ
11 February 2024
އެދެނީ 2 ޓީމަށް ވެސް ކާމިޔާބު. އެކަމަކު އަހަންނަކީ ފެށުނީއްސުރެން ނިއުގެ ސަޕޯޓަރެއް. ހަޤީގަތަށް ބުނަންޏާ މި ދެޓީމުވެސް ފުރަތަމަ ޑިވިޟަން ގަ އޮންނަން ޖެހޭ. އަސްލު މަށަކަށް އެއްގޮތަކަށް ވެސް ކަމުދާ އުސޫލެއް ނޫން މީ ނޮކޮއައުޓް ކޮށް މި މުބާރާތް ކުޅުން. ދެވަނަ ޑިވިޟަނަކަސް، ކުޅެން ޖެހޭނީ، ދުނިޔޭގެ މަޝްހޫރޫ ލީގުތަކުގަވެސް ކުޅޭހެން، ލީގު އުސޫލުން. އޭރުން އަސްލު ޓީމު ތަކުގެ ފެންވަރު އިނގޭނީ..މި ވާގޮތުން މާދަމާ އަކީ ކޮންމެވެސް އެއްބަޔަކަށް ކަޅުދުވަހެއް.
އަދަަދު
11 February 2024
ކުޅިބަލަން ވަން މީހުންގެ އަދަަދުޖަހާފަ ނޫނީ ސްޓޯރީ ނުޖައްސާށޭ މަބުޏިމެއްނު!
އަޅި އަލީ
11 February 2024
އިންސާ ﷲ ވިކްޓަރީ މޮޅުވާނެ.
އާރީ
11 February 2024
އިންސާ ﷲ ނިއުމޮޅުވާނެ.