ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވުމަށް ފަހު އޮފީސްތެރޭގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
12 ފެބުރުއަރީ 2024 - 10:23
ސަރުކާރު ބަދަލުވިޔަސް، މަގާމުން އިސްތިއުފާ ދޭން އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި މަސްއޫލިއްޔަތު އަދާކުރުމަށް ފުރިހަމަ މިނިވަންކަން އެބަ އޮތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
މަގުމަތިން ދެ މީހަކު ފަރާލަމުން ގޮސް ޝަމީމަށް މަރުތޭލަކުން ހަމަލާ ދިނުމާ އޭނާގެ އިސްތިއުފާއަށް މަޖުބޫރުކުރުމާ ގުޅުވައިގެން ދެކެވޭ ވާހަކަތަކެއް އުޅޭކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ.
ހަމަލާއާ ގުޅިގެން ދެ މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ވާއިރު ހަމަލާ ދިން ސަބަބަކާ ބެހޭ ގޮތުން ފުލުހުންނަށް އަދި އެއްވެސް ކަމެއް ހޯދިފައިވާ ކަމެއް ނޭނގެ އެވެ.
"މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފުރިހަމަ މިނިވަންކަން އެބައޮތް. އިސްތިއުފާ ދޭން އެއްވެސް ޕްރެޝަރެއް ނާދޭ."
— Mihaaru (@Mihaarunews) February 12, 2024
ތަފްސީލް: https://t.co/VBH6PQtVey pic.twitter.com/1OG4QDV12m
ޝަމީމް "މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވީ އަބަދުވެސް އިންޒާރުތައް ލިބޭ ކަމަށާއި ހަމަލާ އަމާޒުވީ ވަކި ހާއްސަ ކަމަކާ ގުޅޭ އިންޒާރަކަށް ފަހުގައި ވެސް ނޫން ކަމަަށެވެ. އޭނާގެ އިސްތިއުފާ އަށް ޕްރެޝަރުކުރުން ފަދަ ކަމެއް ވެސް ހިނގާފައިނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ސަރުކާރުގެ ފަރާތުން ވެސް މަޖިލީހުގެ ފަރާތަކުން ވެސް ސިޔާސީ ޕާޓީއަކުން ވެސް އަދި ޖުޑިޝަރީއަކުން ވެސް އަޅުގަނޑަކަށް އިސްތިއުފާ ދޭކަށް އަންގާފައެއް ވެސް ނެތް. އެކަހަލަ ވާހަކައެއް ވެސް ދައްކާފައެއް ނެތް. އެކަހަލަ މަޝްވަރާއެއް ސީދާކޮށް ވެސް ނުސީދާކޮށް ވެސް އަޅުގަނޑާ ކުރެވިފައެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މަގާމު މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޭނާ އަށް ފުރިހަމަ މިނިވަންކަން އެބަ އޮތް ކަމަށެވެ. މި ދާއިރާގައި ހުރިހާ ސަރުކާރާ އެކު ވެސް މަސައްކަތް ކުރެވިއްޖެ ކަމަށާއި އެއްވެސް ސަރުކާރަކުން ޕީޖީގެ މިނިވަންކަމަށް އަސަރުކުރާ ފަދަ ކަމެއް ކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: މަގާމުން އިސްތިއުފާ ދޭން އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
ޕީޖީ ކަމުގައި ޝަމީމްގެ ދައުރު މި އަހަރުގެ ޑިސެމްބަރު މަހަށް ހަމަވެ އެވެ. އިތުރު ދައުރަކަށް ކުރިމަތިލައްވާނަންތޯ ސުވާލުކުރުމުން ޝަމީމް ވިދާޅުވީ މިހާތަނަށް އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ އަޅުގަނޑު ނެތަސް ވެސް މި އޮފީހުގެ ތެރެއިން މި މަގާމަށް އެެހެން ބޭފުޅަކު ވަޑައިގެން މި ނިޒާމްތައް ހިނގާ ގޮތަށް ރަނގަޅަށް ތަރުތީބުވެގެން ހިނގާނެ ކަމަށް. އަޅުގަނޑު ތާއިދު ކުރާނީ ވެސް ޕްރޮމޯޓް ކުރާނީ ވެސް މި އޮފީހުގެ ރޭންކްސްގެ ތެރެއިން ޕީޖީގެ މަގާމަށް ބޭފުޅަކު ގެންނަން،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ހަމަލާއަށް ފަހު ވަރަށް ހިތްހަމަޖެހޭ ކަމެއްގެ ޔަގީންކަން ލިބިވަޑައިގަތް ކަމަށާއި އެއީ އޭނާ ނެތް ހާލަތެއްގައި ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ފުރިހަމަ ނިޒާމެއް ގާއިމް ކުރެވިފައިވުން ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ އެ އޮފީހުގެ ވަކީލުންނާ އެކު: މަގާމުން އިސްތިއުފާ ދޭން އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
"އަޅުގަނޑު ހޮސްޕިޓަލަށް ދާން ޖެހުނަސް މި އޮފީސް ހަމަ ރަނގަޅަށް ހިނގި. އެއްވެސް ކަމެއް ނުހުއްޓޭ. ހެނދުނު ބްރީފިން ވެސް އޮތް، ކޯޓަށް ވަޑައިގަންނަވާ ބޭފުޅުން ވަޑައިގެންނެވި. ކޯޓަށް ހުށަހަޅަން ޖެހޭ މައްސަލަތައް ހުށަހެޅި. މި އޮފީހުގެ އެއްވެސް މަސައްކަތަކަށް އަޅުގަނޑު ނެތިގެން އެއްވެސް ބަދަލެއް ނާދޭ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި ވަނީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތަކާއި ސިސްޓަމްތައް ގާއިމް ކުރެވިފައި ކަމަށާއި އެއީ ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމެއް. މިއީ ނިޒާމެއް، މިއީ މެޝިނެއް. މި މެޝިން ހިނގާނޭ ކޮންމެ މީހަކު ހިނގަން ހުއްޓަސް،" ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ އޮފީސްތައް ހިނގަން ވާނީ އެހެން، މީހާއަށް ބަރޯސާވެގެނެއް ނޫން، ނިޒާމަށް ބަރޯސާވެގެން އޮފީސްތައް ހިނގަން ވާނީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްތ
13 February 2024
ކޮމެންޓްކުރާ ޕްރޮފެސަރުންނަށް ނޯވޭދޯ ހަމަ ރަނގަޅު އެއްގޮތްވެސް. ޕީޖީ އޮފީހުގެ ފައިލްތައްވެސް ތަރުތީބު ކުރާނެގޮތްވެސް އެގެނީ ކަލޭމެންނަށް. އާބާދީގެ ނިސްބަތުން ކިހާ ކުށްގިނަ ގައުމެއްކަމާއި އަދި ދައުވާކުރާ ކޮންމެ ކޭސްއެއްގައި ކިހާ ލިޔެކިޔުމެއް ހުންނާނެކަން ވިސްނާލާނީ އެހެންފަހަރަކުން.
އޮޅުންސުވާލި
12 February 2024
ކިހާސިސްޓަމެޓިކް. މިނިވަންކަންމަތީ ފައިލުތަކުގެ މެދުގަ ބެދިފަ އިންވައްތަރުޖަހަނީ.
އެލޮކޮސް
12 February 2024
ކަލޯގަޔާ ތިފައިލުތައް ފުރަތަމަ ހަމަޔަކަށް އަޅުވަންވީނުން ގައުމު ހަމަޔަކށް އެޅުމުގެކުރިން
އަލީމު
12 February 2024
އާ މަޖިލިސް ހޮވޭ އިރައް މިބޭފުޅާ ގެއައް ދާންޖެހޭނެ ކަމީ ޝައްކެތްނެތް ކަމެއް...
ހާދަ
12 February 2024
އަދިކިރިޔާ މިއެނގުނީ މައްސަލަތައް ސްލޯވާކަމެއް. އަންއޮގަނައިޒް އޮފީހެއްގެ ހުރިހާ ކުލަވަރެއް ތީންފެންނަނީ. މީހަކު ބޯހަލާކުނުވާން ވީކަމެއް ނެތް.
ޞޮލު
12 February 2024
ހާދަ ފައިލް ގިނަ އޭ. ޑްރާމާ
ލ.އަތޮޅު
12 February 2024
އެމް.ޑީ.ޕީގެ ޕުރަޕެގެންޑާ ފަތުރަން އަދިވެސް މިގޮލާ ހުރެވޭތޯ ބަލާތި..
ބުރުގާ
12 February 2024
ޕީީ ޝަމީމު ކިތަންމެވަރަކައް "ތިހެން ޕަބްލިސިޓީ ސްޓަންޓު" ޖެއްސިއަސް ކާކު ގަބޫލުކުރާނީ.. މިހާރު މަގުމަތީ އާންމުންނައް ބިރު ނުގަނެ ހިނގާބިނގާ ނޫޅެވޭ. މަގުމަތީ ފޭރޭ، ލޫޓުވާ ގޭންގުތައް ޑުރަގުބޯ މީހުންތައް މިނިވަންކަންމަތީ ރޯމާ ދުވާލު. އެހެންމެނަކީވެސް އެއްވެސް ކުށެއް ނުކުރާ ފުރިހަމަ މިނިވަނުންތޯ؟ އެމީހުންގެ އެއްވެސް މައްސަލައެއް ޕީޖީގަ ނެތީތޯ؟؟ ވާސަރީ، އިނގޭތޯ! ތިކުރެވެނީ ޕީޖީކަން ނާނާ..
888888
12 February 2024
ފައިލްތައް މުޅިތަނަށް އުކާލާފާ އެހުރީ ފޮޓޯއަށްތަ؟ ވަރަށް ފޮޓޯމީހަކަށް ވާތީ މިއަހާލެވުނީ.
ފަގުޑި
12 February 2024
ހައްހައްހައް... ދޮގެއްވާ ނޫން. މަށައްވެސް އަދިކިރިޔާ ރަގަޅައް ފޮޓޯ ބަލާލެވުނީމި. ޕީޖީ ޝަމީމަކީ ފޮޓޯއައް ވަރައް ދުރާލާ ތައްޔާރުވާ މީހެއް.
ޝަމީމް ޕޖ
12 February 2024
ނޫން. ޢޮފީހުގެ ޖާގައިގެ ދަތިކަމުން ފައިލްތައް ހުންނަ ގޮތް އެއީ. އެ ފެންނަނީ ޕްރޮސިކިއުޓަރުންގެ ކެބިން މަތީގައި ފައިލްތައް ހުންނަ ގޮތް. ބޭނުންފުޅުނަމަ ވަޑައިގެން ބެއްލެވޭނެ.
ހުވޭ
12 February 2024
ކޔޑަދޮރުތައް ފެންނަނީ ވަށައިގެން ފޮތިދަމާ ބައްދާދަހުރިތަން. އޭފެބަދަލުގައި ވަށައިގެން ރެކުޖަހާ ތަރުތީބު ކޮށްލިއަސް ޕްރޮސެކިއުޓަރުން ބޮލަށް ތުރާވާލެއް ކުޑަވާނެހެން ހީވަނީ.
ބިއުޓިފުލް
12 February 2024
ބިއުޓިފުލް ސަރުކާރެއް އޮތްކަން ޔަގީންވެއްޖެ. މިނިވަން މުވައްސަސާތަކަށް މިނިވަންކަން އޮތްކަން ސާފުވެއްޖެ. ޕީޖީ އަމިއްލައަށް އެކަމަށް އިއުތިރާފު ވެއްޖެ. އޭސީސީ ތައްމިނަށް ހުޅުވި ދަތްހުރި ސިންގާއަކަށްވެއްޖެ. ހިއުމަންރައިޓްސް ކޮމިޝަން ހިފެހެއްޓުމެއް ނެތި ބަސްބުނަން ފަށައިފި. އެކަމަކު ހަކުރާގެއިން ސްޕްރީމް ކޯޓަށް ގޮންޖަހަނީ. އަމުރުތަކާއި ޙުކުމްތައް ބަލައިނުގަންނަނީ. އެހެންވީމާ ރައްޔިތުން ހަކުރާގެ ސާފުކޮށްގެން ނޫނީ އިންސާފެއް ނެތް.