ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި ވެހިކަލްތައް ޕާކްކޮށްފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
12 ފެބުރުއަރީ 2024 - 18:53
ޕާކު ކުރާނެ އެކަށީގެންވާ ޖާގަތައް ސަރުކާރުން އަދި ދައްކާފައި ނެތުމުން، ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖެހުމަކީ ބޭނުން ކޮންމެ ތާކު ޕާކު ކުރަން އޮތް ލައިސަންސެއް ނޫން ކަމަށް ހޯމް އެންޑް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގައި ވެހިކަލް ޕާކު ކުރާނެ ޕާކިން ބިލްޑިންގްތައް ގާއިމްކޮށް، އެކަށީގެންވާ ޕާކިން ޖާގަތައް ހެދުމަށް ފަހު، ނޫނީ ސްޓިކާ ނުޖަހަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ. އެ މަނިކުފާނު ވަނީ ކުރީގެ ރައީ ސަރުކާރުން ކޮށްފައިވާ ޕާކިން ޖޫރިމަނާތައް ވެސް މާފު ކުރައްވައިފަ އެވެ.
އެ ނިންމުމާ އެކު، މާލޭގެ މަގުތަކުގައި ޕާކު ކުރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ބޮންސުންލައިފަ އެވެ. ބޮޑުތަކުރުފާނު މަގަކީ ޕާކް ކުރުން މަނާ މަގެއް ނަމަވެސް، އެ މަގުގެ ދެ ފަރާތުގައި ވެސް ބޮޑެތި ވެހިކަލްތައް ޕާކް ކޮށްފައިވާއިރު، މަގުގައި ދުއްވާ މީހުންނަށް ވެސް އޭގެ ސަބަބުން ވަނީ ދަތިވެފަ އެވެ.
އެކަމަކު، މިއަދާ ހަމައަށް ވެސް އެ ވެހިކަލްތަކާ މެދު ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
"ސްޓިކާ މި ވަގުތު ނުޖެހުމަކީ ލައިންސަންސެއް ކަމަށް ބަލައިގެން ނުވާނެ ބޭނުންހާ ތާކު ޕާކު ކުރުން. މި ވަގުތަށް ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރަން ޖެހޭނެ އާންމު މަގުތަކަކީ ހުރިހާ މީހުން ވެސް ބޭނުން ކުރަން އޮތް ތަން،" މާލޭގެ ޓްރެފިކް މައްސަލަ ބޮއްސުންލައި، އިތުރަށް ގޯސްވެފައިވާތީ އެ ކަމާ ގުޅޭ ގޮތުން "މިހާރު" އިން މިއަދުގެ މީޑިއާ ބްރީފިންގައި ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
"އެހެންވީމާ ތިޔަ ބޭފުޅުންގެ ސައިކަލް ޕާކު ކޮށްފައި ހުންނަ ގޮތުން ފަޔާ ވެހިކަލެއް އަންނަން ތާށިވެގެން ތިޔައިން ބޭފުޅެއްގެ ގޭގައި ނުވަތަ އިންޓްރެސްޓް ހުންނަ ތަނެއްގައި ރޯވެފައި ހުންނަ އަލިފާންގަނޑު ނިއްވަން ލަސްވެދާނެ. އެމްބިއުލާންސް އެ ހިސާބަށް ދިޔުން ލަސްވެދާނެ."
މިނިސްޓަރު ވިދާޅުވީ ޕާކު ކުރުމަށް އެކަށީގެންވާ ޖާގަތަކެއް ގާއިމް ކުރެވެންދެން ވެސް އެހެން ވެހިކަލްތަކަށް އުނދަގޫ ނުވާނެ ގޮތަށް ޕާކް ކުރުމަށް ވަރަށް ބޮޑަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވިގޮތުގައި، މަގުތަކުގެ ދެ ފަރާތުގައި ޕާކު ކޮށްފައިވާ އުޅަނދުތަކުގެ މައްސަލަ ހައްލު ކުރުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކަމުގައި އަމަލު ކުރާނެ ގޮތެއް އާންމުންނަށް ވަރަށް އަވަހަށް އަންގަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އުޅަނދުތައް ނަގާ ނަމަ އެ އުޅަނދުތައް ނަގަން ވެރި ފަރާތްތަކަށް އެކަށީގެންވާ ވަގުތެއް ދޭނެ ކަމަށާއި އެ ވަގުތުގައި އެކަން ނުކޮށްފި ނަމަ ފުލުހުން އެ ވެހިކަލްތައް ނަގާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުއަލޯ
13 February 2024
ދެން ލަލަލާ. ހަަމަ މަގު މެދުގަ ޕާކު ކުރާނީ...
މާމޮލޫ
15 February 2024
މާސަޅި ކޮމެންޓެއްތީ. ހަޔާތް ކުޑަ މިންވަރު ތި ފެންނަނީ ބައެއް ދިވެހިން
ޓީކީ
13 February 2024
ތީ ކޮންމެހެން ޕާކް ކުރާނެ ތަަނެއް ދައްކަންދެނެށް ނޫން. މަޖިިލިސް އިންތިހާބު ނިމެންދެން. އޭގެ ފަހުން މިހާރުގެ ވެރިމިހާ އާންމުކޮށް ބުނާހެން ކުރިން ބުނި އެތި ކެންސަލް
ލަން
13 February 2024
ދިވެހިން ދަސްކުރުން ރަނގަޅު ފުރަތަމަ. ނުބީހެންޏާ ކަނޑާ ހަމަ
ރޫނާ މުހައްމަދު
13 February 2024
ސާފަވާ އެއްކަމެއް އެބައިން. މުއިޒް ނުޖަހާނެ ސްޓިކާއެއް ޕާކް ކުރާނެ ތަނެއް ނުދައްކާ. އަދި ޕާކިން ބިލްޑިން އަޅާ ހައްލުވެސް ކުރާނެ.
މިހާދު މުހައްމަދު
13 February 2024
ކުރިންވެސް މުއިއްޒް އަށް އިބޫ ޕާކިން ބިލްޑިން ހަދަން ފުރުސަތު ދިން ނަމަ މިހާރު މިކަމަށް ހައްލު ލިބިފަ އޮންނާނީ.
އައުޝަމް
13 February 2024
ޕާކް ކުރަން ޖެހޭނެ. ނަމަވެސް މިހާރު މީހުން ހަމަ ހައްދުން ނައްޓާފަ އޮތީ. މުޅި ބޭރު މަގު އޮތީ މިހެން.
ސާނިމް މުހައްމަދު
13 February 2024
މުއިއްޒްގެ ރަނގަޅު ކަމަކީ ސްޓިކާ ނުޖަހާނަމޭ ކިޔާފަ ނުޖަހާތީ. މިކަމަށް ޝުކުރުވެރިވަން.
މޫސާ ޔައިޒް
13 February 2024
ވަރަށް ރަނގަޅު ވާހަކައެއް. ހައްދުން ނައްޓާފަ މިހާރު އޮތީ.
ރަންނަ
13 February 2024
ރައްޔިތުންގެ ހައްގު ބެލެހެއްޓުން އެއީ ސަރުކާރުގެ ޒިންމާއެއް. އިންތިހާބު އަންނާތީ ބޭނުން ގޮތަކަށް ދޫކޮށްލުމުން ގެއްލުން ވަނީ ގަވާއިދަށް އުޅޭ މީހުންނަށް. ވަލު ޖަނަވާރުން އުޅޭހެން އުޅޭމީހުންނަށް ހަމަ ސުވަރުގެ
ރޯޒަސް
13 February 2024
ތިއޮތީ އަނެއްކާވެސް މުއިއްޒުވެފަ. އެންމް ގަމާރު މީހާއަށްވެސް އިނގޭނެ މުއިއްޒުގެ އެ ނިންމުމާއެކީ ޕާކިންގ މައްސަލަ ބޮއްސުން ލާނެކަން. އެކަން ކޮންޓްރޯކް ކުރެވިފައިއޮތީ ފުލުހުން ކުރި މަސައްކަތުން. އެކަމަކު ސިޔާސީ ޕޮއިންޓު ހޯދަން ސިޔާސީ މީޙުން ޖަހާ ސަކަރާތުން މިކަން ކޮންޓްރޯލް ނުވަނީ. މިހާރު މަގެއްގައި ބަހެއް ދުއްވެނީކީނޫން، މިސްކިތަކަށް އެރެނީކީނޫން، ސުކޫލަކަށް ވަދެވެނީކީނޫން. އަދި މިވީ 3 މަސް. އެކަމަކު ގައުމުގައި ބޮއްސުން ނުލާކަމެއްނެތް.