އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން.
18 ފެބުރުއަރީ 2024 - 17:42
އައްޑޫގެ މިސްކިތްތައް މަރާމާތުކުރުމަށް 1.5 މިލިއަން ރުފިޔާ އައްޑޫ ސިޓީ ކައުންސިލަށް ސަރުކާރުން ޖަމާކޮށްދީފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑު އަށް ފެއްޓެވި ދަތުރުފުޅުގައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގަންނަވާއިރު އެ ބޭފުޅުން ވަނީ މިއަދު މެންދުރު އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު އިސްލާމިކް މިނިސްޓަރު ވިދާޅުވީ އައްޑޫގައި ހުރި 68 މިސްކިތް މަރާމާތުކުރުމަށް މިސްކިތު ފަންޑުން 1.5 މިލިއަން ރުފިޔާ ކައުންސިލް މެދުވެރިކޮށް ހަރަދުކުރާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ކައުންސިލް އިދާރާގެ ބޭފުޅުންނާ ބައްދަލުކުރެއްވުން.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ މިހާތަނަށް އައްޑޫގެ މިސްކިތްތައް މަރާމާތަށް ސަރުކާރަކުން އެއްފަހަރާ މިހާ ބޮޑު ހޭދައެއް ކުރާ ފުރަތަމަ ފަހަރެވެ.
ރައީސް މުއިއްޒާއި އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ އިސްވެރިއަކު ވިދާޅުވީ، އެ ފައިސާ ކައުންސިލްގެ އެކައުންޓަށް ލިބިފައިވާ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ރައީސަށް ދެންނެވި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުން pic.twitter.com/37xS2vlcUp
— The President's Office (@presidencymv) February 18, 2024
މިނިސްޓަރު ޝަހީމް ވިދާޅުވީ، އައްޑޫ ހިތަދޫގައި ތަރައްގީކުރަމުން އަންނަ އިސްލާމިކް ސެންޓަރުގެ މަސައްކަތް އަވަސްކޮށް، އަންނަ އަހަރުގެ މެއި މަހަށް އެތަން އެއްކޮށް ނިންމުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އައްޑޫގެ ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ދެން ވަޑައިގަންނަވާނީ ފުވައްމުލަކާއި ގއ. އަދި ގދ. އަތޮޅަށެވެ. އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަސީމްް
19 February 2024
އެންމެ ބޮޑު އެއް އުފަލަކީ މިސަރުކާރުން ދީނީ ކަންކަމަށްދޭ އަހައްމިއްޔަތުކަން. ގަބުލުކުރަންޖެހެ ހަގީގަތަކީ އިސްލާމްދީން ދިފާއުކޮށް ހިމާޔަތް ކުރީސަރުކާރުތަކުގައި ނުވާކަން. މި އިހްމާލުވެފައިވާ އިހުމާޅުވުން ރައީސް އަދި މި ސަރުކާރުން ތަކުރާރު ނުކުރާނެ.
ދޯޕައްޓާ
18 February 2024
މިއަހަރު ބަޖެޓު 49،549 މިލިއަން ރުފިޔާ. އޭގެތެރެއިން ރާއްޖޭ އެންމެ އާބާދީބޮޑު އަތޮޅުގެ މިސްކިތްތަކަށް 1.5 މިލިއަންދޭވާހަކަ އެކިއަނީ. އެއީ ގާތްގަނޑަކަށް 32 ހާހަކުން އެކަތި. ރައްޔިތުން ބުރާންތިވެފަތިބެންޏާ ވާނެހައެތިތާ ވާނީ.
ޔާމު
19 February 2024
ނޮޓް 49.549 މިލިއަން، ބަޓް 49.549 ބިލިއަން...ވިތްއަ 'ބީ'
ފެންނަގޮތް
18 February 2024
އެމްޑީޕީ ވެރިކަމުން ފޭބި އިރު.. 120 ބިލިޔަން ދަރާފަ އެސްޑީއެފް ހުރި ޑޮލަރުތަށް ހުސްވެފަ ކުންފުނިތަށް ބިލިޔަނުން ދަރާފާ ކަނޑުން ބައެއް ގެއްލިފަ ގައުމުގެ ޗާޓް ބަޔަކަށް ދީފަ ކުންފުނިތަލަށް އެކަށީގެން ނުވާވަރަށް ހާހުން މީހުންވައްދާ ބަޖެޓުން މުސާރަ ދޭން ޖެހިފަ ބަދަލުގެ ގޮތުގައި ބިލިޔަނުން ލާރި ބަހާފަ 8 ބިލިޔަން ރުފިޔާ ޗާޕްކޮށްފަ ބްރިޖް ނޭޅުނު،ފުލެޓް ނޭޅުނު، އެއާޕޯޓް ނުހެދުނު،ބިން ހިއްކާ ގޯތި ނުދެވުނު ގައުމު މިއޮތީ ބޮޑު އަދަނވަޅަކަށް ވައްޓާލާފަ.ވިސްނާ
ކިހިނެއް
18 February 2024
ވަރައް ރަނގަޅު ފެށުމެއް ސަރުކާރައް ރަގަޅައް 2 މަސްނުވެ އޮއްވާ
ޢޯލުވާލުން
18 February 2024
މިސްކިތަކަށް 22000
އަލެހަންދްރޯ
18 February 2024
މަހީކުރީ ނިޒާރު ޑރ މުއިއްޒުއާ ބައްދަލެއް ނުކުރާނެ ކަމަށް. މީގެކުރިން ސޯއްބެމެން ތިބިހެން ޕާޓީ ފިކުރުގަ ތުންފިއްތައިގެން ކަމަށް ތިބޭނީ .
އޮނަރަބްލް އަފީފު ދީދީ
18 February 2024
މާލޭގައި ރަސްކަންކުރާކޮންމެމީހަކު އެބަބުނޭ "ރާއްޖޭގެ ތަރައްޤީގެއިންޖީނަކީ އައްޑޫސިޓީ" ކަމަށާއި، "އައްޑުއާއިނުލާ ރާއްޖެ ތަރައްޤީބނުވާނެ" ވާހަކައާއި އަދި އަމުދުން "ކ.މާލޭގައިހުރި އިޖްތިމާއީ މައްސަލަތަކަށާއި ބޯހިޔާވަހިކަމަށް ހައްލުލިބޭނީ އައްޑޫތަރައްޤީކޮށް އިޤްތިސޯދީހަބަކަށް އައްޑޫ ހަދައިގެން" ކަމަށް. # މިދެންނެވިކަންކަން ކުރާންބޭނުންވަނީ އައްޑޫ ފަޅުތެރެއަށް ވެލިފުނި ޖެހުމާއި، މިސްކިތުފާރުގައި ކުލަލުން ކަމަށްތޯ މާލޭ ސަރުކާރު ވެރިންނަށް ވިސްނެނީ!؟
މިސް
18 February 2024
އައްޑޫ ރައްޔިތުންގެ އެދުމަކީ ކުރިޔަށްއޮތް ރޯދަމަހަށް ވޭތުވެދިޔަ 5 އަހަރު މަރާމާތުނުކޮށްހުރި މިސްކިތްތައް މަރާމާތު ކުރުމަށް. އައްޑޫއަކީ މުސްލިމު ރައްޔިތެއް ދިރިއުޅޭ އަތޮޅެއް.
އަފީފުދީދީގެ މުނިކާފަ
18 February 2024
ތިއީ މިޒަމާނާ ނުގުޅޭ ހޮޅިވާހަކަ. އައްޑޫ ތަރައްގީނުވެ ރާއްޖެ ތަރައްގީ ނުވާނެކަމަށް ބުނަނީ އަފީފުދީދީ މެން ކަހަލަ އައްޑޫ ގުނބޯލުން ގުނބޯ ހައްދައިގެން ވޯޓު ހޯދަން ފަސޭހަވާނެތީ. އައްޑޫ ތަރައްގީނުކޮށް އައްޑޫމީހުން މާލެ ތަރައްގީކުރަނީ ގައިމު ސަބަބުތަކެއް ހުރެގެން ދޯ.. އަފީފުދީދީމެން އައްޑޫ ތަރައްގީއޭ އައްޑޫ ތަރައްގީއޭ ކިޔާކިޔާ މަރުފަލި ޖަހަޖަހާ މުޅި އުމުރު ހޭދަކުރިޔަސް އައްޑޫ ތަރައްގީއެއް ނާންނާނެ..
މުޖުތާޒު
18 February 2024
ޢޮނަރަބަލް އަފީފު ދީދީއަށް ކަމުދާގޮތަށް އެއްވެސް ކަމެއްނުކުރެވޭނެ އެއީ ފެށުނީއްސުރެ އޮނަރަބަލް އަފީފު ދީދީގެ ފާޑުކިއުން ހުންނަގޮތް
ހުއްޓޭ
18 February 2024
އައްޑޫ ރައްޔިތުން ބޭނުންވާކަމެއްދޯ ކޮއްދޭނީ ސަރުކާރުން ބޭނުންވާ ކަމެއްނޫން. ވެލިފުނި ޖެހުމާ ކުލަލުން ހުއްޓާލާށޭ ބުނީމަ އެކަންވެސް ހުއްޓާލާނެ.
މޮޔަފީފު ދީދީ
19 February 2024
ބޮލައް ބޭސް ކުރަން ޖެހޭ ކަން ފުރަތަމަ ފާހަގަ ކުރެވޭނީ އެހެން މީހުންނަށެވެ. އަފީފު ދީދީ އަށް މިހާރު އެހީތެރި ވާން ޖެހިއްޖެ ކަމަށް ފެނެއެވެ.