19 ފެބުރުއަރީ 2024 - 13:09
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) އަށް ނަޝީދު ކުރެއްވި ތުހުމަތާ ގުޅިގެން އެ މަނިކުފާނަށް ފިޔަވަޅު އަޅައިދޭން އެދި ހުށަހެޅުއްވި މައްސަލައިގައި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށް ކޮމިޓީން ބުނެފި އެވެ.
މި މައްސަލަ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީ އަށް ހުށަހަޅާފައިވަނީ މޭ 15، 2022 ގަ އެވެ.
ސުލޫކު ކޮމިޓީގައި ނުނިމި ހުރި މައްސަލަތަކާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ ވަނީ މިހާތަނަށް އައިރު އެ މައްސަލައިގައި އެއްވެސް މަސައްކަތެއް ނުފެށި އޮތް ކަން ފާހަގަކުރައްވައި މައްސަލައިގައި ދެން އަމަލުކުރާނެ ގޮތެއް މެންބަރުން ނިންމައިދިނުމަށް އެދިވަޑައިގެންފަ އެވެ.
އެކަމަކު، އެ ކޮމިޓީގެ އަޣުލަބިއްޔަތު ވެސް އޮންނަނީ އަނދުން ހުސައިނާއި ރާއިގެ އެމްޑީޕީއަށެވެ.
އެކަމާ ގުޅިގެން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވީ، މައްސަލަ ހުށަހެޅި ފަހުން ވަރަށް ގިނަ ދުވަސްވެފައި ވާތީ މިހާރު އެ "ހާލަތު ބަދަލުވެފައި" ވާ ކަމަށެވެ. އޭނާ ހުށަހެޅުއްވީ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވި މެންބަރު އަނދުން ހުސައިންގެ ފަރާތުން މައްސަލަ ކުރިއަށް ގެންދަން ބޭނުންވޭތޯ ސާފުކުރުމަށް އެދުމަށެވެ.
ކޮމިޓީން އެ ހުށަހެޅުން ފާސްކޮށް، ނިންމީ މި މައްސަލައާ ކުރިއަށް ގެންދަން ފެންނަ ނަމަ އެހެން ދުވަހަކަށް އެޖެންޑާ ކުރުމަށެވެ.
މޭ 6 ގެ ހަމަލައާ ގުޅުވައިގެން، ހުސައިންގެ ލޭ ހޭކިފައިވާ ކަމަށް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރީ ބައެއް މުއައްޒަފުންނާއި މަޖިލިސް މެމްބަރުން ގުޅިގެން ހަދާފައިވާ ވަޓްސެޕް ގްރޫޕެއްގަ އެވެ. ހުސައިން ވަނީ އެ ވަޓްސެޕް ގްރޫޕަށް އެ ދުވަހު ނަޝީދު ފޮނުއްވި މެސެޖުތަކުގެ ކޮޕީ ދިނުމަށް އެދިވަޑައިގެންފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ވަނީ ކޮމިޓީއަށް ހުށަހަޅާފައިވާ ބައެއް މައްސަލަތައް ފައިލްކުރަން ނިންމައިފަ އެވެ. އެއް މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖުމްހޫރީ ޕާޓީ އަށް ހާއްސަ ކޮށްފައި ހުންނަ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ޖެހި މައްސަލަ އެވެ.
މީގެ ދެ އަހަރު ކުރިން ޖުލައި 7، 2021 ގައި ފެންމަތިވި އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ނިންމީ އެ ދުވަހުގެ ސީސީޓީވީ ފުޓޭޖު ނެތް ކަމަށް ޑިފެންސް މިނިސްޓްރީން އެންގުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާފި
19 February 2024
ޑިމޮކުރަޓްސް މިހާރު ތިކަމެއް މުހިއްމެނުވާނެ އެތިބީ އެމްޑީޕީއާ އެއްގަލަކަށް އަރާ ބައިޢަތު ހިފައިގެން. ދުވަސްކޮޅަކުން ތިވެސް ޔާމީނާއި މުއިއްޒު ވެގެން ކުރި ކަމެކޭ ވެސް ގޮވާފާނެ ތިދެ ބައި މީހުން އެއްވެގެން.
މިމީހުންހިތުން ދިވެހިން ހަމަ ގަމާރު
19 February 2024
ކޮބައިތަ ތި ފަނޑިޔާރުންގެ އިޚްލާޞްތެރިކަމަކީ. ހުށަހަޅާފައި އޮތް މައްސަލައެއް ކުރިޔަށް ނުގެންގޮސް އެތައްޒަމާނެއް ކޮށްފައި ޚުރިޔަށް ގެންދަންވީތޯ ސުވާލު މިކުރަނީ ކީއްވެ. ތިޔަ މައްސަލަ ހިލުވާލަންވެގެން ދޯ ނުނިމި ގިނަމަދުވަސްވީ މައްސަލަތައް ނިންމަންވެށެން މިއުޅެނީ. ލަދު ޙަޔާތްކުޑަބައެއްމީ އިނގޭ. ނުކިޔަވާ ތިއްބަސް ބުއްދިއަށް ކަންކަން ވިސްނޭވަރުމީހުން ދިވެހިންނަކީވެސް.
ތުނޑުހަސަނު
19 February 2024
ބޮޑު މުސާރައާއި ކޮމިޓީ އެލަވަންސާ ދެންވެސް ޖެހުނު އެއްޗެއް ނަގައިގެން ކީއްތަ މިކުރަނީ މިމީހުން. ލަދެއްވެސް ނުގަނޭދޯ މިމީހުން. މައްސަލަ ބަލަން ބޭނުންވާތީ ހުށަހަޅާފައި އެއޮތީ. ބަލަން ބޭނުން ނޫންނަމަ އަނބުރާ ގެންދާނެ. ދަޑި މޮކްރެޓޭ މެން ތިއޮޑިއަަށް އެއްފައި ލީމަ މައްސަލަ ބަލަން ބޭނުން ނުވެގެން ހިށަހެޅި މެންބަރަށް ނުފޫޒު ފޯރުވަނީތި.
ފެންނަގޮތް
19 February 2024
ސްޕާ މެޖޯރިޓީ އޮވެގެން...ކަނޑުން 45،000 ކިލޯ މީޓަރު ދިވެހިން އަތުން ގެއްލިއްޖެ، 120 ބިލިަޔަން ދަރާފި، ކުންފުނިތަށް ދަރާފި،ކަނޑުގެ ޗާޓު އެހެން ބަޔަކަށް ލިބިއްޖެ،8 ބިލިޔަން ޗާޕްކޮށްފި، ވަގު ހިފާ ކޯރަޕްޝަން ލާރި ހޯދަން އައިސް އެމީހުން މިނިވަންކޮށްފި އެކަމަކު....ބުރިޖެއް ނޭޅުނު،.ފުލެޓެއް ނޭޅުނު،.ބިން ހިއްކާ ގޯތި ނުދެވުނު،.އަމީނީ މަގު ތާރެއް ނޭޅުނު،.އެމްއެމްޕީއާރްސީން ގެއްލުނު އެންމެ ރުފިޔާ އެއްވެސް ނުޙޯދުނު،،ގެއްލުނު މީހުންނަށް އިންސާފެއް ނުދެވުނު
ވިންޑި
19 February 2024
ކޮވިޑް ތެރޭ ބޭފުޅާ އާއި ބޭފުޅުގެ އާއިލާ އެންމެން ގޭގަ ބައިތިއްބާފަ މުސާރަ ދިން ވާހަކަވެސް ލިޔެލިނަމަ. ލަދު ހަޔާތް ނެތީމަ ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ.
ނުފެންނަ
19 February 2024
ކޮޗިޑްތެރޭ ގޭގަ ތިބެގެން ކެއީވެސް އަމިއްލަޔަށް އެއްޗެހި ގަނެގެން، ދެން ކޮންމެވެސް ބަޔަކަށް ސަރުކާރުން ލާރިގަޑެއް ނުދެޔެކޭނޫން. އެހެންނަމަވެސް ކޮވިޑް ކަންތަކަކީ އެކޮމެންޓްގަ އެބުނާ ކަންތައްތައް ނުކުރާކަމަކަށް ނުވާނެ ނޫންތޯ؟
ޖެއްސު
19 February 2024
އެމްޑީޕީން ބުނި ވަރައް މޮޅަށޭ ކޮވިޑް މެނޭޖް ކުރީ ދެންކީކޭ ބުނާނީ. ކޮވިޑޭ ފަޅޮލޭ ނުކިއްޔާ ރަނގަޅުވާނީ