ރައީސް ޑރ. މުހައްމަދު މުއިއްޒު، ގދ، ތިނަދޫއަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި.-- ފޮޓޯ: ރައީސް އޮފީސް
20 ފެބުރުއަރީ 2024 - 20:08
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންގެ ގޯތި، ގުޅިފަޅަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ރައީސް ސީދާ ޖަވާބު ދެއްވާ "ރައީސް ޖަވާބު" ވީޑިއޯގައި، ގިރާވަޅު ފަޅުން ގޯތި ލިބުނު ރައްޔިތަކު އެ ގޯތި ލިބުނު މީހުންނަށް، ގުޅީފަޅު ނުވަތަ ހުޅުމާލެއަށް އެ ގޯތި ބަދަލުކުރެވިދާނެތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ގިރާވަޅު ފަޅުން ގޯތި ލިބުނު ގިނަ ބައެއްގެ ފަރާތުން އެ ސުވާލު ލިބެމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ، އަދި އެކަމަށް ވަކި ގޮތެއް ނުނިންމާ ކަމަށާއި އެކަމުގެ ފުރުސަތު އޮތްނަމަވެސް ވަކި ސިޔާސަތެއް ކަނޑަނާޅާ ކަމަށެވެ. ލޭންޑް ޔޫސް ޕްލޭން ފައިނަލްވުމުން އެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) February 20, 2024
20 ފެބްރުވަރީ 2024
ހުޅުމާލެ، ފްލެޓް 159204، އާމިނަތު ލީލާ، ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް، ގުޅީފަޅު ނުވަތަ ހުޅުމާލެއަށް އެ ގޯތި ބަދަލުކުރެވިދާނެތޯ ދެންނެވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/DB23EqNP3q
"އެހެންވީމާ ގިރާވަޅު ފަޅުން ގޯތި ލިބުނު މީހުން ގުޅިފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ބައްލަވާ،" ރައީސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނަސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަށަށްމަށަށް
21 February 2024
މަމެންނަށް ހެޔޮ ކަނޑުންވިޔަސް ބޭނުމީ ހުޅުމާލެ ހުޅުމާލެ. ފަހަތަށް މާލެ ކިޔާފަ ހުޅުމާލެކިޔާތީ. ގުޅިފަޅު މާ ހަޑިނަމެއް.
ދިވެހިދަރި
21 February 2024
ތިޔަ ހުޅުމާލެ 2 އިން ލިބުން ގޯތީގެ ރަޖިސްޓްރީ ވެސް ދީފި ބިންވެސް ކަނޑާ އަކަވެސް ޖަހައިފި. އެކަމުވެސް އެތަން އަދިވެސް ހަވާލު ކުރާނެ ދުވަހެއް ނޭގެ. ބިން މިން އަޅާ ހަދާފައިވަނީ ޕޭވްމަންޓް އަށް އަރާ ގޮތަޝޭކިޔާ އަދިވެސް އެކަން ޙައްލު ކުރެވޭނެ ދުވަހެއް ނޭގެ. އޭރުގެ އާބަނަކޯ މިހާރުގެ އެޗްޑީސީ. ނަންތައް ބަދަލު ކުރިޔަސް ރައްޔިތުންނަށް ޙިދުމަތެއް ނުދެވޭ. ނަން ބަދަލު ކުރެވިދާނެ ދެއިރު ދެދަޅައަށް. ކުރާކަމެއް ޙަރާން.
ހާޒިލް
21 February 2024
މަ ހުވާ އޯގާތެރި ވެރިކަމެއް. ސާބަސް މުއިއްޒު
ފާތިހްް
21 February 2024
ގޯތީގެ ހައްލު ލިބިގެން ދާނެ ހުރިހާ ރައްޔިތުންނަށްވެސް މި ސަރުކާރުގަ. އެއްވެސް ކަމަކާ ހާސްވާނެ ކަމެއް ނެތް
ހިލްމީ
21 February 2024
މި ސަރުކާރުގެ ހުރިހާ ކަމަކަށް ވެސް ފަސޭހަ ކަމާ އެކީ ފުރުސަތު އޮންނާނެ. އާދައިގެ ވެރިކަމެއް ނޫނޭ
އައްޔަގް
21 February 2024
ބިންވެރިޔާ 2 ކުރިޔަށް ގޮސްސަ އޮތް ހިސާބަކުން ކުރިއަށް ގެންދާނަމޭ ކިޔާފައި މިހާރު އެ ވާހަކަ ނުވެސް ދައްކާ. އެވާހަކަ އަހާލާނެ ނޫސްވެރިއެއް ވެސް ނެތް، ވަރަށް ދެރަ.
ހަސޯ
21 February 2024
އަންނަނީ އަންނަނީ އަންނަނީ އަންނަނީ މާދަން މާދަން މާދަން ކުރީސަރުކާރު ކުރީސަރުކާރު ކުރީސަރުކާރު
ގޯތި
20 February 2024
ގިރައިވަރުން ލިބުނު މީހުނަށް ގުޅީފަޅުން ގުޅީފަޅުން ލިބުނުމީހުނަށް ހުޅުމާލެއިން ހުޅުމާލެއިން ލިބުނުމީހުނަށް މާލެއިން ހުވާ ބޯބުރާންތިވެދާނެ
ފފފފފ
21 February 2024
ހާދަހާ އިންޓެލިޖެންޓް މީހެއް. ވެރިކަމަށް ވަޑައިގަންނަވާ!
ޔާސިރް
21 February 2024
ބަލަ ފުރުސަތު އޮތް ވާހަކަ އޭ އެ ބުނީ ރައީސް. ގަމާރު ވިޔަސް ބޮޑުވަރު ތީ. ދައްކަ ވާހަކަ އެއް ގަނޑުންތަ އިވެނީ؟
ކކކކ
20 February 2024
ސްޓެލްކޯ ފްލެޓުގެ މީހުން ހިނގާ މަގުގަ އެބަރާނާ މީހަކަށް އިބުރާހިމުގެ އަމިއްލަ ބިމުން ދީފަ އޮތް ގޯއްޗެއް. ދެން ފްލެޓުގަ އުޅޭ މީހުން އެގޯތީގެ ފާރުމަތިން އަރައިގެންބާ މަގަށް ނުކުންނަން ޖެހޭނީ؟
މުޚްލިސް
21 February 2024
ކަލޯ ބުނަން. ސްޓެލްކޯ ފްލެޓް ކައިރި ހުސްބިމެއް އޮތީމަ އޭގެ މާނައަކީ އެއީ ތިވެރިން ހިންގަަން އޮންނަ މަގެކޭ ނޫން. އެއީ ވެސް ކަންކަން ކުރަން ރާވާފައި ހުރި ބިންބިން. ކަލާމެންގެ ކާރުކޮޅު ޕާކު ކުރާ ގަރާޖެއް ނޫން. ގޯތި ކަނޑާފައި އެއޮތީ ކަނޑަންއޮތް ތަނުން. މަގަކުންނެއް ނޫން
ދެރަކަމެއް
20 February 2024
ތި ގޯތިތައް އަވަހައް ހަވާލު ކުރޭ ރައްޔިތުންނަށް. މިދެނީ މިދެނީ އަކުން ނާރާ މި މީހުނެއް.