21 ފެބުރުއަރީ 2024 - 06:46
އަނުޝްކާ ޝަރުމާ އާއި ވިރާޓް ކޯލީ އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
ބޮލީވުޑްގެ ތަރި އަނުޝްކާ އާއި އޭނާގެ ފިރިމީހާ އަދި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ކުޅުންތެރިޔާ ވިރާޓް ވަނީ އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އެ ދެމަފިރިންނަށް ދެވަނަ ކުއްޖަކު ލިބުނުކަން އިއުލާންކޮށްފަ އެވެ.
އެ ކުއްޖާ ވިހެއީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.
އަނުޝްކާ އާއި ވިރާޓްގެ ދެވަނަ ދަރިފުޅަށް ދިން ނަމަކީ އަކޭ ކޯލީ އެވެ.
"މި އުފާވެރި ވަގުތުގައި އެންމެންގެ ހެޔޮއެދުމާއި ދުއާ އަހަރެމެންނަށް ބޭނުންވޭ. އަދި އަހަރެމެންގެ ޕްރައިވެސީ އަށް އެންމެން ވެސް އިހުތިރާމްކުރާނެ ކަމަށް އުއްމީދުކުރަން،" އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
އަނުޝްކާ ދެވަނަ ކުއްޖަކަށް ބަލިވެއިންކަން އިއުލާން ނުކުރެ އެވެ. ނަމަވެސް، އޭނާ ބަނޑުބޮޑު ވާހަކަ ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ދެކެވުނެވެ.
އޭނާ ބަލިވެއިން ކަމަށް ފުރަތަމަ އަޑުފެތުރުނީ މިދިޔަ އަހަރު ނޮވެމްބަރުގަ އެވެ. އެއީ މިދިޔަ އަހަރު ބޭއްވި ކްރިކެޓް ވޯލްޑް ކަޕުގެ ދުވަސްވަރު އިންޑިއާ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗު ކުޅުމުގެ ކުރިން އިންޑިއާގެ ގައުމީ ޓީމުން ބެންގަލޫރުގައި ބޭއްވި ދިވާލީ ޕާޓީއެއްގައި ނަގާފައި ހުރި ފޮޓޯތަކުން ފެންނައިރު އޭނާ ބަނޑުބޮޑުހެން ހީވެގެންނެވެ.
އޭގެ ފަހުން، މި މަހު ކުރީކޮޅުގައި ސައުތު އެފްރިކާގެ ކްރިކެޓް ކުޅުންތެރިޔާ އަދި ވިރާޓްގެ ގާތް ރަށްޓެއްސެއް ކަމަށްވާ އޭބީ ޑި ވިލިއާސް ވަނީ މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ.
ވިރާޓް އާއި އަނުޝްކާ ކައިވެނިކުރީ ޑިސެމްބަރު 11، 2017 ގަ އެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު، ވަމިކާ ކޯލީ ވިހެއީ ޖެނުއަރީ 11، 2021 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏަޓާ
26 February 2024
ޢަޅޭ ވަރަށް ލޯބި.
ާއަކުޝޭ
22 February 2024
ރާއްޖެ ބޮއިކޮޓް ކުރަންގޮވާ މީހުންގެ ހަބަރު ނުގެނެސްދިނުން ރަނގަޅީ