އެޓާނީ ޖެނެރަލްގެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް މިއަދު ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަނީ.
21 ފެބުރުއަރީ 2024 - 13:51
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު މާނަކުރަން ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުތައް ބާތިލްކުރަން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ފަހުން އެ ބަދަލުތައް އުވާލައި، ދެން ގެނައި ބަދަލުތަކީ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ހިލާފަށް ގެނައި ބަދަލެއް ކަމަށާއި އެހެންވެ އެ ބަދަލުތައް ވެސް ސައްހަ ނުވާނެ ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަދަލުކޮށް، "މަޖިލީހުގެ ޖުމްލަ މެންބަރުން" މާނަކުރަން އިތުރުކުރި ބައިތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް ދައުލަތުން ގަބޫލުކުރާ ސަބަބުތައް ބަޔާން ކުރައްވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ މިހާރު ހިނގާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމަށް، ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި "މަޖިލީހުގެ ޖުމްލަ މެންބަރުން" މާނަކުރުމަށް ގަވައިދަށް އިތުރުކުރި ތިން އަކުރަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ހ. އިން، ގަވައިދު ހެދުމަށް ދީފައިވާ އިހުތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށާއި އެހެންވެ އެ ގެނައި ބަދަލު ބާތިލްކޮށްދިނުމަށް ދައުލަތުން އެދުނެވެ.
މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، މަޖިލީހުން ވަނީ ކުރިން ގެނައި އިސްލާހުތައް އުނިކޮށް ގަވައިދުގެ 242 ވަނަ މާއްދާ އަށް، ހަމަ ކުރީގެ އިސްލާހުގެ ނަތީޖާ އަންނަ ގޮތަށް ބައެއް އިތުރުކޮށްފަ އެވެ. އެއީ؛
"ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ."
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ޝަރީއަތުގެ މަޖިލީހުގައި.
ވަކި ފަރާތަކަށް ރައްދުނުވާ ގޮތަށް ކުރިއަށް ގެންދިޔަ މައްސަލައިގައި، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ހުށަހެޅި މައްސަލައިގައި ބާތިލް ކޮށްދިނުމަށް އެދިފައިވާ އަކުރުތަކަށް އަދިވެސް އަމަލުކުރަމުން ދޭތޯ ސުވާލުކުރައްވައިފަ އެވެ. އެއީ މަޖިލީޙުގެ 49 ވަނަ މާއްދާ އަށް އިތުރުކުރި، ކ، އ އަދި ވ. އެވެ.
ދައުލަތުން ވަނީ މަޖިލީހުން މިހާރު އެ އަކުރުތައް އުނިކޮށް އާ މާއްދާއަކަށް ބައެއް އިތުރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
"އަޅުގަޑުމެންނަށް މީގައި މައްސަލައެއް އުޅޭތީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ މައްސަލަ މި އޮތް މިގޮތަށް މި ކުރިއަށް ގެންދަނީ އޭގެ ޒާތުގައި. މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ވާނީ ވަގުތީ އަމުރަކަށް އެދިފައި. އަދި އެ ވަގުތީ އަމުރާ ގުޅޭ ގޮތުން މި ސުޕްރީމް ކޯޓުން ވަނީ ނިންމުމެއް ނިންމަވާފައި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި ވިދާޅުވީ ކުރިން އޮތް ގޮތަށް ކުރިއަށް ގެންދާށޭ. މާނަ އަކީ މި ދެންނެވި މާއްދާތަކަށް އިސްލާހު ގެނައުމުގެ ކުރިން އޮތް ގޮތަށް ކުރިއަށް ގެންދިއުމަށް ...،" ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވި އެވެ.
ފާތިމަތު ހަލީމް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ވަގުތީ އަމުރު އޮއްވައި މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލު ސައްހައެއް ނުވާނެ އެވެ.
"...އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި، ކޯޓުތަކާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން، ކޯޓުން ކުރާ އަމުރަކަށް ތަބާވާން ވާނެ ކަމަށް ބަޔާންކޮށްފައި އޮންނައިރު އެއާ ހިލާފަށް، އެ އަމުރުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ވިދާޅުވެފައި އޮއްވައި އެހާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން އަމަލުކުރައްވާފައިވާ ނިންމެވުމަކީ އޭގެ ޒާތުގައި ސައްހަ ނިންމުމެއް ކަމަށް އަޅުގަނޑުމެން ގަބޫލު ނުކުރެވޭތީ އެގޮތަށް ކުރިއަށް މި ގެންދަނީ،" އޭނާ ވިދާޅުވި އެވެ.
އެހެން ވިދާޅުވުމުން ފަނޑިޔާރު އަޒްމިރަލްދާ ވަނީ ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވާ ގޮތަށް، ބާތިލްކުރުމަށް އެދުނު އަކުރުތައް ބާތިލްކޮށްފި ނަމަ ދައުލަތުން އެދޭ ހައްލު މި މައްސަލައިގެ ތެރެއިން ލިބޭނެތޯ އައްސަވައިފަ އެވެ.
... އެ އަމުރުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ވިދާޅުވެފައި އޮއްވައި އެހާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން އަމަލުކުރައްވާފައިވާ ނިންމެވުމަކީ އޭގެ ޒާތުގައި ސައްހަ ނިންމުމެއް ކަމަށް އަޅުގަނޑުމެން ގަބޫލު ނުކުރެވޭ: ފާތިމަތު ހަލީމް
ދައުލަތުން ބުނީ މަޖިލީހުން ފަހުން އިސްލާހު ގެނެސްފައި ވިޔަސް، މަޖިލީހުން ޖުމްލަ މެންބަރުންގެ އަދަދު މާނަކުރުމާ މެދު އުފެދިފައިވާ ހިޔާލް ތަފާތުވުމަށް ބަދަލެއް ނާންނަ ކަމަށެވެ. އެހެންވެ މި މައްސަލަ ނިމޭއިރު، މަޖިލީހުން ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި އަމަލުކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށްތޯ ސުޕްރީމް ކޯޓުން ކަނޑައެޅޭނެ ކަމަށް ބުންޏެވެ. އެހެންވެ، ގަވައިދަށް ފަހުން ފެނައި ބަދަލުން ދައުވާގެ ސީޣާއަށް މާބޮޑު އަސަރެއް ނުކުރާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުވާ ހުށަހެޅުމާއި ފަނޑިޔާރުންގެ ސުވާލުތަކަށް މިއަދުގެ ޝަރީއަތަށް ދެ ގަޑިއިރު ހޭދަވި އެވެ. ފަނޑިޔާރުން ވަނީ މަޖިލީހުގެ ގަވައިދަށް ބަދަލު ގެނައި ސަބަބާއި ބަދަލުތަކުގެ ނަތީޖާއާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ. މި ސުވާލުތަކަށް ފަހު ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ ދައުލަތުން ހުށަހެޅުމަށް އަންގާއިވާ ލިޔެކިޔުންތަކަށް ބެލުމަށް ފަހު އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ. އެކަމަކު އެކަމަށް ވަކި ތާރީހެއް އިއުލާނެއް ނުކުރައްވަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
22 February 2024
ސްޕްރީމް ކޯޓަކަސް މަޖިލިސްގެ އިއުތިސާސްގެ ތެރެއަށް ވަދެ ކަން ކުރަންވީ ގޮތް ބުނެ އަމުރެއް ނުނެރެވޭނެ! އެފަދަ އަމުރެއް ނެރުނަސް އެވާނީ ބާތިލް އަމުރަކައް! މިހާރު މިއީ މައުމޫނު ގާނޫނު ހިގާ ގޮތައް އޮތް ގާނޫނެއްނޫން!މިހާރު މިއީ ގޮނޑީގެ ފަޔާ މޭޒުމަތީގައި އޮންނަ ބަރު ހެކިދޭ ޒަމާނެއް ނޫން! ތިން ބާރު ވަކި ވެ އެއްބާރު އަނެއް ބާރުގެ ތެރެއަށް ނުވަދެވޭ ގޮތައް ގާނޫނު ހަދާފައި އެވަނީ!
ޛުލީނާ
22 February 2024
ކަލެއަށް ތިޔަހުރީ މާބޮޑަށް އެނގިފައި. މަޖިލީހުން ކަމެއް ކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެއްވެސް ފަރާތަކުން ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ކޯޓަށް ބެލޭނެ.
ބުލަންޑް
21 February 2024
ވޯޓުން ރައްޔިތުން އެއޮތީ ބަސްބުނެ ޑރ.މުއިއްޒު ރައީސް ކަމަށް އިންތިހާބުކޮށްފަ. ވީމާ ނިމެމުންދާ މަޖިލީހަކުން ބައެއް ދާއިރާތައް އިސްތިސްނާކޮށް ރައްޔިތުންގެ ނިންމުން ނަފީއެއް ނުކުރެވޭނެ. ބައެއް މެންބަރުންނަކީ ކުރިޔަށްމިދާ އިންތިހާބުގައި ޕުރައިމެރީންވެސް ފެއިލްވެފަ ތިއްބެވި ބޭފުޅުން. ތާއީދު ގެއްލިފައިވާ މެމްބަރުން ގިނަ. ވީމާ ތިކުރަން އުޅޭ ކަމަކީ ރައްޔިތުންގެ ބަހެއްނޫންކަން ކަށަވަރުކަމާއިއެކު އޮތީ އެނގެން. ވީމާ ސައްހައެއްނުވާނެ. ޢިންސާފެއްވެސް ނޫން
ކަނބިލި
21 February 2024
ރައްޔިތުންގެ އަޣުލަބިއްޔަތުން ރައީސަކު އިންތިޚާބުކުރިތާ 100 ދުވަސްވެސް ނުވަނީސް އެވެރިއަކު ޢަޒުލުކުރަން އުޅޭއުޅުމަކީ ރާއްޖޭގެ ދާޚިލީކަންކަމުގެ ތެރެއަށް ބޭރުގައުމަކުން ވަދެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ނުކުރާ މިންވަރު. ގައުމުގެ ވެރިކަން އޮންނަންވީ ވަކިގައުމެއްގެ މަސްލަހަތު ރައްކާތެރިކޮށްދޭ ގޮނޑިކޮއްކޮ ވެރިކަމެއް. އަމާޒަކީ ގައުމު ހަލަބޮލިކޮށް ވެރިކަން ވައްޓާލައި ދިވެހިން ނިކަމެތިކުރުން. އިދިކޮޅުގެ ދައުރަކީ ދިވެހިން އަޚުވެތިކުރުން.
އަލިފު
21 February 2024
ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ހުރިހާ އިދާރީދާއިރާތަކުގެ ރައްޔިތުން ތަމްސީލުކުރަން ހުންނަތަނެއް ހާލަތުނިޔާކުރާގޮތުން އެދާއިރާގެ ފަރާތުން މެމްބަރަކު އެވަގުތަކު މަޖިލީހަށް ފޮނުވިފަ ނެތުމަކީ ފަހަރެއްގައިވެސް އެދާއިރާއާއި އެދާއިރާގެތަކުގެ ރައްޔިތުން އުވި އެރައްޔިތުންގެ ހައްގު ނިގުޅެންޖެހޭ ސަބަބެއްނޫން. ވީމާ އެދާއިރާތައް ބާކީކޮށް މަޖިލިސް ނުގުނޭނެ. ރައީސް އިންތިހާބުކުރީ އެދާއިރާތަކުންވެސް ވޯޓް ލައިގެން. އެރައްޔިތުންގެ ބަސް ބާކީ ނުކުރެވޭނެ.
މުޖުތާޒު
21 February 2024
ތިރައްޔިތުންގެ މަޖިލީހުގަތިބިމެމްބަރުންގެ ތެރޭގަ އެމްޑީޕީ އަށާ ދިމޮކްތެޓް އަށް ނިސްބަތްވާ އެކަކުވެސް ނުހުންނާނެ ތަންދޮރު އޮލުންފިލާފަ ފަތްކެޔޮގަހަށް ކިހިނެތްވަނީ ކެޔޮގަޑު ކަޑާލީމަ ގަހުގެބޭނުން އެދިޔައީ ކެޔޮގަހަކު ދަޅިގަޑުން ކޮންބޭނުމެއްކުރެވެނީ އެކަހަލަ ނުކިޔަވާ ތިބި .. އެދެޕާޓީގަ ތިބޭނީ މީހަގީގަތް މިއަކަށް އެއްޗެށްނުބުނެވޭނެ އެއިންއެކަކަށްވެސް
އިންކުލޫސިވް
21 February 2024
ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތުން އިންތިހާބުކުރި ރައީސް، މަގާމާއި ހަވާލުވިތާ ދުވަސްކޮޅެއް ނުވަނީސް ބޭރުބައެއްގެ އެދުމަށް ވެރިކަން ވައްޓާލާ ގައުމުގެ ހަމަޖެހުން ނަގާލަން ފުރުސަތު ލިބިގެންނުވާނެ. މަޖިލީސް އިންތިހާބު ކުރިއަށްދާ ވަގުތެއްގައި ރައްޔިތުންގެ ތާއީދު ގެއްލިފައިވާ މެމްބަރުންކޮޅެއް ބޭނުންކޮށްގެން އެފަދަ ޖަރީމާއެއް ހިންގެވިގެން ނުވާނެ. ޢެއްވެސް ދާއިރާއެއް ބާކީކޮށް އެދާއިރާތަކުގެ ރައްޔިތުން ރައީސް އިންތިހާބުކުރުމަށް ލީ ވޯޓް ބާކީނުކުރެވޭނެ
ޑރ. ރާމީ މ.ވައިނުޖެހޭގެ ޕީ.އެން.އެފް
21 February 2024
މިއީ ތިޔަ ކިޔާ ފިތުނަ އާއި ފަސާދަ އަކީ. ރައްޔިތުން ގެ ގިނަ ބަޔަކު މުޢިއްޒު އާ މިހާރު ޤަބޫލު ނުވަނީ މުޢިއްޒު ސްކޭމް ޖެއްސީމަ. މުޢިއްޒު ގެ ސްކޭމް ގައި ޖެހުނު މީހުންނާއި، އެމް.ޑީ.ޕީ ގެ މީހުންނާއި، ޑިމޮކްރަސް ގެ މީހުން-ތައް ސްޕްރީމް ކޯޓު ގެ ތިޔަ ނިންމުން ދެކޭނީ ފަސާދަ ކަމަށް. އެއީ ގިނަ މީހުން ތިބި ކޮޅު. އެހެން ބަހަކުން ބުނާނަމަ "ރައްޔިތުން".
ޝާފީ ރ
21 February 2024
ރަނގަޅު ވާހަކަފުޅެއް. އިބޫ އަށް ވެސް ވަރަށް ގިނަ ބަޔަކު ވޯޓުލި. އެކަން ހަނދާން ނައްޓާލައިގެން ނުވާނެ. ޔާމީން އަށް ޓަކައިވެސް ވަރަށް ގިނަ މީހުން މުޢިއްޒަށް ވޯޓުލި. ވީމާ މިދުނިޔޭ ގައި އުޅެނީ ހަމަ އެކަނި މުޢިއްޒު އާއި މުޢިއްޒު ގެ މީހުން ކަމަށް ދެކިގެން ނިންމުން ނިންމާކަށް ނުވާނެ!
ބބ
21 February 2024
މަޖިލީހުގެ ގަވާެިދަށް ބަދަލު ގެންނާކަށް ސުޕުރީމް ކޯޓަކަށް ނުޖެހޭނެ. ތިހެންވިއްޔާ މަޖިލިސް އުވާލާފަ ހަމައެކަނި ސުޕިރީމް ކޯޓު ބާއްވާ. ޚަރަދުވެސް ކުޑަވާނެނު. ރައީސް ސު÷ްރީމް ކޯޓު ބާއްވާފަ މަޖިލީސަ އުވާލައްވަންވީނު. މިއޮއްދަތި ދުވަސްވަރު ފައިސާވެސް ސޭވްވާނެ ނޫންތޯ
ބޯބުރާންތި
21 February 2024
ކީއްވެ އުވާނުލަންވީ؟ އުވާލަންވީ ހަމަ. ރައްޔިތުންގެ ފައިސާއިން ބަތްކައްކާ ކުޅެން ބަޔަކު ބައިތިއްބާކަށް ނުޖެހޭ.
ވޯލް
21 February 2024
ރައްޔިތުންގެ މަޖިލިހުން ޤާނޫނެއް ނުވަތަ ގަވާއިދެއް ފާސްކުރުމަށްފަހު އެޔަށް ދެން ބަދަލެއް ގެނޭވީވެސް ހަމަ ރައްޔިތުންގެ މަޖިލީހަށް، އެހެންނަމަވެސް، އެފަދަ ޤާނޫނެއްގައި /ގަވާއިދެއް ނޫނީ އޭގެން ބައެއްވެސް ޤާނޫނު އަސާސީއާ ތައާރަޒުވާނަމަ އެޤާނޫނެއް / ގަވާއިދެއް ނޫނި އެގެން ބައެއް ސްޕްރީމް ކޯޓަށް ބާތިލް ކުރެވިދާނެ. އެކަމަކު އޭގެ ކުރިން މަޖިލީހުން އަމަލު ކުރަންވީގޮތް ނޭންގޭނެ، އެހެން އެނގޭކަމަށް ވަންޔާ މާދަން ވަޒީރުންނަށް ރުހުންވެސް ދޭނީ ކޯޓުން.
ުި10101
21 February 2024
ކަމޯން ލޭޑީ!!!! ސްޕްރީމް ކޯޓަކަށް މަޖިލީހަކަށް އަމުރެއް ނުކުރެވޭނެ!! ކުރެވޭނެހާވެސް ކަމަކީ މަޖިލީހުގެ ނިންމުމެއްގެ ސައްހަ ކަމާ ދޭތެރޭ ހުކުމެއް ކުރުން!!!
ބޯބުރާންތި
21 February 2024
ކަލޭ ހިތުން ލައްކަމޮޅު ކޮމެންޓެއް ތިކުރީ. އަމުރެއް ކުރުމާ ވަކިކަމެއް ސައްހަކަމާ ނުވަތަ ސައްހަނޫންކަމަށް ސުޕްރީމްކޯޓުން ނިިންމުމާ ހުރި ތަފާތު ކަލެއަށް އޮޅިފައޮތީމަ ބުނެލަން. ސުޕްރީމް ކޯޓުން ބަލާ ގަޞިއްޔާތަކުގަ ނިންމާ ކޮންމެ ނިންމުމަކީ ގަޞިިއްޔާގަ ޝާމިލްވާ އެންމެންގެ މައްޗަށް ޢަމަލުކުރުން ލާޒިމު އަމުރެއް. ދައުލަތުން ހުށަހެޅިގޮތް ރަނގަޅުކަމަށް ނިންމައިފިނަމަ އެއޮތީ ސުޕްރީމް ކޯޓުގެ ނިންމުމަށް ޢަމަލުކުރަން މަޖިލީހަށް ލާޒިމުވެފަ..
ޏަނާ
21 February 2024
ކަމޯން ޑޫޑް! ފުރަތަމަ ކަމަކަށް މަޖިލީހުން ފާސްކުރި ޤާނޫނެއްގައި މަޖިލިސްވެސް ހިމެނޭ ގޮތުން ފަނޑިޔާރުން ނެރޭ އަމުރަށް ކިޔަމަންވާނަމޭ ކިޔާފަ ދެން އެ ޤާނޫނުގައި އެހެން އޮށްވާ އެހެން ގޮތަކަށް އެ މާނަކޮށް ތިމަންނަމެން އަމުރަކަށް ތަބާނުވާނަމޭ ބުންޏަސް އެއީ ވާނެކަމެއް ނޫން!
އަބްޑޫޅް +
21 February 2024
"ކަމޯން ލޭޑީ!" އިގިރޭސި ބަހުން ބުނީމަ އެ ލޭޑީ ބަސް އަހާނެކަމުގަ ހީވަނީ ދޯ؟ ދޯހަޅި ސިކުޑިއެއްގެ ވެރިޔަކު ނޫނީ އެހެނެއް ނުބުނާނެ.
އަލިފުޅުބޭ
21 February 2024
ހިތުން ވަރަށް މޮޅު ކޮމެންޓެއް އެކުރީ. އެހެންތާވާނީ ހުސް ރޯނުއެދުރުންވިއްޔާ. އެނކޭ ކަމެއް ވެސް، ނޭނގޭ ކަމެއް ވެސް ނޯންނާނެ.
ވަކީލު
22 February 2024
އަމުރު ކުރެވިދާނެ، އަދި ނުކުރެވުނަސް ކޮށްފިނަމަ އެޔަށް ޢަމަލު ކުރަން ޖެހޭނެ، އެހެންވެ މަޖްލިހުން އެކުރި ކަމަކީ އެމާއްދާ އުވާލީ އެހިސާބުން ކުރިން ކުރި އަމުރު ދެމިއެއް ނޯންނާނެތާ. މަޖްލިހުން ގާނޫނު ހަދާނީ، ވެރިކަން ކުރާ ބާރުން އެ ތަންފީޒު ކުރާނީ ދެން ކޯޓުން އެ މާނަކުރާނީ، ކޯޓުގެ މާނަކުރުން މަޖްލިހަށް ކަމު ނުދާނަމަ، އެހެން ގޮތަކަށް އަނެއްކާވެސް ބަދަލް ކުރާނީ، މަޖްލިހުން ކަން އެކުރީ އެގޮތަށް. 3 ބާރުވަކިވެފައިވާ ނިޒާމުގެ ބޭސިކް ޕްރެކްޓިސް އެއީ