ޕެނަޑޯލް.
22 ފެބުރުއަރީ 2024 - 10:45
ރައްކާތެރިކަން އިތުރަށް ބެލުމަށް ފަހު، ޕެނެޑޯލް ބޭނުންކުރުމުގެ ހުއްދަ، އެމްއެފްޑީއޭ އިން އަލުން މިއަދު ދީފި އެވެ.
އެ އޮތޯރިޓީން ނެރުނު އެލާޓުގައި ބުނީ، ޕެނެޑޯލްގެ 500 މިލިގްރާމްގެ ބޭހަށް ދިމާވި ކޮލިޓީ މައްސަލައާ ހެދި އެކަން އިތުރަށް ބަލަން ލެބޯޓްރީ ތަހުލީލުތައް ހަދައި އޭގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓުން، "ޕެނެޑޯލް" ބްރޭންޑުގައި ހުންނަން ޖެހޭ ވަރަށް ބޭހުގެ ސްޓްރެންޓު ނެތްކަން ޔަގީން ވެފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލަ ދިމާވާން މެދުވެރިވެފައިވަނީ ބޭސް އުފުލުމާއި ގެންގުޅެ އަދި ގުދަން ކުރުމުގެ މިންގަނޑުތައް ހިފެހެއްޓިފައި ނެތުމުން ކަން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް، ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ އިދާރާއިން ބުންޏެވެ. ނަމަވެސް، ކޮލިޓީގެ މައްސަލަ ދިމާވި ޕެނެޑޯލްގެ ބެޗު މިހާރު މާކެޓުގައި ނެތްކަން އެ އިދާރާ އިން ވަނީ ކަށަވަރުކޮށްފަ އެވެ.
ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއް ބޭހަކީ ޕެނެޑޯލެވެ. އެ ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސް ގުޅައިގެ ވަށައިގެންވާ ތަންތަންކޮޅު ނެއްޓިފައި ހުރުމުން، އެ ބޭސް ރާއްޖެ އެތެރެކުރުން މިދިޔަ މަހުގެ 30 އިން ފެށިގެން ވަނީ "ރެސްޓްރިކްޓު"ކޮށްފަ އެވެ. އަދި އެމްއެފްޑީއޭއިން ވަކި ގޮތެއް އަންގަންދެން އެ ބޭސް ނުވިއްކަން ވެސް އެންގިފަ އެވެ.
އެކަމަކު، އިތުރަށް ބަލަންޖެހޭ ކަންކަމަށް ވެސް، އެ ފިޔަވަޅުތައް ވަނީ ދޫކޮށްލައިފަ އެވެ.
"ވީމާ، މިއަދުން ފެށިގެން މި ބޭސް ވިއްކުމާއި ބޭންކުރުމުގެ ހުއްދަ ކުރިއެކޭ އެއްގޮތަށް ދީފައިވާކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރަމެވެ،" އެލާޓްގައި ވެ އެވެ.
އެމްއެފްޑީއޭއިން ވަނީ އެފަދަ މައްސަލަތައް އިތުރަށް ތަކުރާރުނުވެ، ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެއްތަނުން އަނެއް ތަނަށް ބޭސް އުފުލުމާއި ގުދަންކުރުމާއި ބަހައްޓަންޖެހޭ މިންގަނޑުތައް، ބޭސް އެތެރެކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކަށް އަންގައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަސޭޑް
22 February 2024
ތި އުކާލީމަތަ ބުނަންވީ
ކައުންސެލަރ
22 February 2024
ތަނެއް ދޮރެއް ނޭނގުނަސް ބަޔާން ތައް ނެރޭތި. މިހާރު ސޮޓްކްގައި ހުރި ޕެނަޑޯލް ވިއްކިގެން ނުވާނެ. ކަލަޭމެން ބޭނުން ގޮތެއް ނުހެދޭނެ އޭޑީކޭ ނާޝިދު ބުންޏަކަސް. ތިޕެނަޑޯލް ތަކަށް ބަދަލު ދޭން ޖެހޭތީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާ ޑީލް ހަދައިގެން ވިއްކާލަނީ. ޕެނަޑޯލް ވަކިބެޗެއް ނޫން ހޯލްޑް ކުރަން އެންގީ. ހުރިހާ ސްޓޮކެއް ހޯލްޑް ކުރަން އަންގާފަ ހުރިހާ ސޮޓޮކަކުން ސާމްޕަލް ނުނަގާ ޓެސްޓު ނުކޮށް އެ ވިއްކިގެން ނުވާނެ.
އެޑްމުންޑޯ
22 February 2024
ހެޔޮ ހުއްދަ ދިނަސް ، ދެން މަށެއް ތިޔަ ފެނަޑޯލެއް ބޭނުމެއް ނުކުރާނަން ، މަވާ ސަލާން
އޮލެރ
22 February 2024
ރާއްޖޭގައި ވިއްކާ ބޭހުގެތެރޭގައި ތިޔަށްވުރެ ލޯކޮލިޓީ ބޭހެއް ނުހުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް. ތިޔައީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މުދާ ހޯލްސޭލްކުރަ މަހުޖަނެއްގެ ކުންފުނިން އޭޖެންޓްކަން ނަގައިގެން ވިއްކާ ބޭހެއް.
މަޒް
22 February 2024
ކޮން އެޖެންޓް ކަމެއް ނެގޭނީ. ޕެނަޑޯލް އޮވޭ ދުނިޔޭގަ އެތަން މިތަނުން ގެނެވެން..
ޑިސްއޮނަރަބް އ ދީދީ
22 February 2024
މަޒް. ފޮޓޯގައި އެއިން އަދި ރާއްޖޭގައި މަނާކުރި ލަންކާއިން އެތެރެކުރާ ޕެނެޑޯލްގެ ވާހަކަ އެދައްކަނީ. ކޮމްޕްރިހެންޝަން އަދި ކޮންޓެކްސްޓް އަކީ ދަސްކޮށްބަލަ.