އިސްލާމީ މަރުކަޒު ސާފުކުރުމުގައި އަންހެނުން ހަރަކާތްތެރިވަނީ. މިސްކިތްތައް ބެލެހެއްޓުން ދިވެހިންނާ ހަވާލުކުރަން ކައުންސިލުން ވަނީ ނިންމާފައި. -- ފޮޓޯ: މިހާރު
22 ފެބުރުއަރީ 2024 - 13:43
މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން ކައުންސިލުން ނިންމައިފި އެވެ.
ކުރިން ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުން އައި އެ މަސައްކަތް ސިޓީ ކައުންސިލުން ކުރާ ގޮތަށް ބަދަލުކުރަން ނިންމީ މިދިޔަ ހަފުތާގެ ކައުންސިލް ބައްދަލުވުމުގަ އެވެ. މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި މިހާރު ގިނައީ ބިދޭސީންނެވެ.
އެ ބައްދަލުވުމުގައި ނިންމީ މިސްކިތްތައް ބަލަހައްޓަން ދިވެހިން ހޯދުމަށެވެ. ބިދޭސީން ނަގާނީ ދިވެހިން ނުލިބިއްޖެ ހާލަތެއްގައި އެކަނި ކަމަށް ވެސް ނިންމި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިވަގުތު ކައުންސިލަށް ޑްރައިވަރުންނާއި މިސްކިތްތައް ފޮޅައި ސާފުކުރަން މުވައްޒަފުން ބޭނުންވާ ކަމަށެވެ. އެ މަސައްކަތްތަކަށް ދިވެހިން ނެގުމަކީ އެންމެ އިސްކަންދީގެން ކުރައްވާނެ ކަންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަގްސަދަކީ މި މަސައްކަތްތަކަށް ހުސް ދިވެހިން ނަގައިގެން މަސައްކަތް ކުރުން. ނަމަވެސް ދިވެހިން ނުލިބޭ ހަލަތުގައި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބިދޭސީން ނަގައިގެން ކުރިއަށް ގެންދިއުން،" އާޒިމް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މޭޔަރާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ބިދޭސީން ނަގަން ޖެހޭނެ ހާލަތަކީ، މޭޔަރު ވިދާޅުވި ގޮތުގައި، ކައުންސިލްގައި ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވި، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ދިނުން ހުއްޓުމެވެ.
މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ދިވެހިން ހޯދަން މަސައްކަތް ނުކޮށް ބިދޭސީން ނަގާ ކަމަށެވެ. އެއީ އޭނާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އެއްވެސް ހާލަތެއްގައި ބޭނުމެއް ނޫން ކުރިއަށް އޮތް ތަނުގައި މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބިދޭސީންލައިގެން މަސައްކަތްތައް ކުރުވާކަށް. ދިވެހިން ނަގަން އިއުލާންކޮށް މަސައްކަތް ކޮށްގެން ވެސް ނުލިބިއްޖެ ނަމަ ކައުންސިލްގެ ބޯޑަށް ހުށަހަޅައިގެން ބިދޭސީން ނަގަން އަޅުގަނޑު އެދެނީ،" ޒަމީރު ވިދާޅުވި އެވެ.
ކައުންސިލް މެމްބަރު، ސައިފް ފާތިހް (އައިކޮ) ކަންބޮޑުވުން ފާޅުކުރެއްވީ މުވައްޒަފުންގެ ގޮތުގައި ނަގާ ބިދޭސީންގެ ކެއުމާއި ހުރުމުގެ ހަރަދަށް މަދުވެގެން 10،000ރ. ހޭދަވާ ކަމަށް ވިދާޅުވެ އެވެ.
ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މޭޔަރާއި ކައުންސިލް މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
އެކަމަށް ތާއީދު ކުރައްވައި އާޒިމް ވިދާޅުވި ގޮތުގައި ބިދޭސީން ގެންގުޅެން 7،500ރ. އާއި 10،000ރ. އާ ދެމެދުގެ ހަރަދެއް ހިނގަ އެވެ. އާމްދަނީ ލިބޭނެ އެ މަގު ދިވެހިންނަށް ފަހިކޮށްދޭން ޖެހޭތީ، އެ ވަޒީފާތަކަށް ދިވެހިން ނަގަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސްކިތް ސާފުކުރާ މީހަކަށް މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް ޖެހޭނެ 10،000 ރުފިޔާ. މި ހަފްތާ ތެރޭގައި އަޅުގަނޑުމެން އިއުލާން ކުރާނަން. އަޅުގަނޑުމެން މި ބަލަނީ ރަނގަޅު މުސާރައެއް ދީގެން ދިވެހިން ނަގައިގެން އެކަން ކުރަން،" އާޒިމް ވިދާޅުވި އެވެ.
"ހަމަ އެއްވެސް ގޮތެއް ނެތިއްޔާ ނޫނީ އަޅުގަނޑުމެން ބޭރު މީހަކު ނުނަގާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން."
ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާސްކުރީ ކައުންސިލްގެ ވަޒީފާއަކަށް ދިވެހިން ނުލިބިއްޖެ ނަމަ އެ ނުލިބުނު ހާލަތު ބަޔާންކޮށް ކައުންސިލަށް ހުށަހެޅުމަށް ފަހު ކައުންސިލްގެ ހުއްދައަކާ އެކު ނޫނީ އެއްވެސް ބިދޭސީއަކު ނުނެގުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެ2024
23 February 2024
މުސާރަޔަށް -/65000 ދީބަލަ، މާސްޓަރ ހަދާފަ ތިބޭ ކުދިންވެސް ލިބޭނެ.
މަހުމޫދު
22 February 2024
މި އައިކޮއޭ ކިޔައިގެން މިއުޅޭ ކަލޭގެ ނުގެޅޭ ކަމެއް އޮވޭތަ؟
ޏަނާ
23 February 2024
އޭނާ ހިތުން އޭނާ އެެއީ އަންނި!
ސީތާ
22 February 2024
ރަނގަޅު މުސާރައެއް ލިބެންޏާ ދިވެހީންވެސ ތިޔަކަމަށް ނުކުންނާނެކަން ޔަޤީން. ރަނގަޅު ނިންމުމެއް.
ސަލާހުޖާދޫ
22 February 2024
ބިދޭސިންނައްދޭގޮތައްކެއުމާހުރުންހިލޭލިބޭތަ؟ ކިތައްގަޑިއިރުމަސައްކަތްކުރަންޖެހޭނެތަ؟ މުސާރަނޫންއެއްވެއެލަވަންސެއްލިބޭތަ؟
ޖީލްމާ
22 February 2024
ވަރަށް ރަނގަޅު ކަމެއް.
ޒަވިޔަނި
22 February 2024
ރަގަޅު ކަމެއްތީ. ބިދޭސީންނަން ތިކުރާ ޚަރަދު ދިވެހީންނަންވެސް ކުރީމަ، އުޅޭނެ ހަމަ ތިމަސައްކަތައް ނުކުންނާނެ މީހުން.
ޖަމީލުބެ
22 February 2024
ވަރަށް ރަނގަޅު ނިންމުމެއް. ބައިއެޅޭވަރު މަދުވާތީވެ ބަޔަކު ނުރުހުންވުން އެކަށީގެންވޭ!
ލިބޭނެ
22 February 2024
ދިވެހިން ހޯދާނަމަ ލިބޭނީ ގިނައި ސަލާމް ބުނާ ނޫނީ ހާޒުރުވެފައި ފިލައިގެން ގޮސް ކޮފީގައި ތިބޭ މީހުން. އަދި ފިރިހެނެއް ނަމަ އިސްތަށިގަނޑާއި ތުބުޅިއާއި ނިޔަފަތި ދިގުކޮށްފައި ފިސާރި ހަޑިގިއްލާ ޒާތަކަށް ތިބޭ މީހުން. އެހެން ނޫނިއްޔާ ލިބޭނީ އެއްފައި ކޮރު، ލޮލަށް ސާފުކޮށް ނުފެންނަ، ހަމަޔަށް ހިނގައި ނުގަނެވޭ މީހުން. މިނޫން ޒާތަކަށް އުޅޭ ދިވެއްސަކު މިހާރު ތިޔަ ކަހަލަ ވަޒީފާއަކަށް ހޯދުމަކީ ދަތިކަމަކަށްވާނެ. ލިބިއްޖިއްޔާ އެއީ ނާދިރުކަމެއް.
އަސްލމ
22 February 2024
ތިހެން ބުނަން ކުރެނުތީވެ ތިމާ އަކީ އެހެން މީހުންގެ އަގު ވަޒަންނުކުރާ މީހެއްކަން އެނގޭ. ޕްރައިވެޓް ސެކްޓާރގައި މަސައްކަތްކުރާ ގިނަމީހުންނަކީ މަތީތަޢުލީމު ހާސިލުކޮށް، މަހެއްގެ މައްޗަށް 7000 ވެސް ނުލިބޭ ބައެއް. ދެން ޖެހެނީ 2 ނޫނީ 3 ވަޒީފާ އަދާކުރަން. އެހެންމީހުންގެ ޙާލަތަށް ބަލާފަ ގޮތްނިންމާ.
ޖިން
22 February 2024
ދެން ބޭރުމީހުންގެ ގައިން ފެންނަ ނުތާހިރުކަމޯ!
ނުލިބޭނެ
22 March 2024
މަށައް ހީވަނީތީތިބޭފުޅާ ހުންނަގޮތްކަންނޭންގެ ނޫނީ ތިބޭފުޅާ ވަޒީފައައްގޮސް އުޅޭގޮތްކަންނޭންގެ.ހާދަ ރަނގަޅައް އިގޭ ބޭފުޅެކޭތީދޯ. ތީ މާއިނގޭތަ؟