ވިޔަފާރި / ޓޫރިޒަމް މިނިސްޓްރީ

އައްޑޫގައި 6،000 ޓޫރިސްޓް އެނދު ތަރައްގީ ކުރަން ޕްލޭނެއް އެކުލަވާލައިފި

ޓޫރިޒަމް މިނިސްޓަރު ފައިސަލް އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމާ ގުޅޭ ޕްލޭން އައްޑޫ މޭޔަރު ނިޒާރައި ހަވާލުކުރަނީ -- ފ

އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ހާއްސަކޮށް "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" ޓޫރިޒަމް މިނިސްޓްރީން ތައާރަފްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރުކާރުގެ 100 ދުވަހުގެ ޕްލޭންގެ ދަށުން އެ ޕްލޭން އެކުލަވައިލީ ސީޑީސީ ކޮންސަލްޓިންގެ އެހީގައި ކަމަށެވެ. މި ޕްލޭންގައި ކުރިއަށް އޮތް ފަސް އަހަރު އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ހާސިލު ކުރާނެ ކަންކަން ތަފްސީލުކޮށް ހިމަނާފައިވެ އެވެ.

އެ ޕްލޭންގައި ޓޫރިޒަމްގެ އިތުރުން އެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް ފުޅާ ކުރެވޭނެ ކަންކަން ވެސް ހިމަނާފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުން އައްޑޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އެ ޕްލޭންގެ ދަށުން ސަރުކާރުން ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދާ އެއްގޮތަށް އައްޑޫގައި 6،000 އެނދު ތަރައްގީ ކުރާނެ އެވެ. އަދި އެއާ އެކު 10،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ވެސް ޕްލޭންގައި ލަފާކޮށްފައިވެ އެވެ.

އޭގެ އިތުުރުން އެ އަތޮޅުގައި ކުރިން ހިންގަމުން ދިޔަ އަދި މިހާރު އޮޕަރޭޝަން ހުއްޓިފައި އޮތް ޝަންގްރިލާ ވިލިނގިލި ރިސޯޓު އަލުން ހިދުމަތް ދޭން ފެށުމަށް ވަނީ ނިންމާފަ އެވެ.

އެ ޕްލޭންގައިވާ ގޮތުން މިއަހަރުގެ ތެރޭގައި އެ ރިސޯޓުގެ ހިދުމަތް އަލުން އަނބުރާ ދޭން ފަށާނެ އެވެ.

ޓޫރިޒަމް ތަރައްގީ ކުރުމުގެ އެ ޕްލޭންގައި އައްޑޫގައި ކަލްޗަރަލް ވިލޭޖެއް ހެދުމާއި ވެލްނެސް ޒޯނާއި މެރިން ޕްރޮޓެކްޓެޑް އޭރިއާތައް ފާހަގަކޮށް އެފަދަ ސަރަހައްދުތަކުން ޓޫރިޒަމްގެ ނަފާ ހޯދޭނެ ގޮތްތައް ކިޔައިދީފައިވެ އެވެ. އަދި އައްޑޫގައި ހޮސްޕިޓާލިޓީ ސްކޫލެއް ހެދުމަށް ވެސް ވަނީ ޕްލޭން ކޮށްފަ އެވެ.

34 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިތަދޫކޮއްޔާ

23 February 2024

ހެޔޮ ނުވާނެ ކުޅޭ ކުޅޭ 6000 އެނދު ގެންގޮސް ހިއްކި ބިމުގައި ކޮންމެ ވެސް މީހަކު ބަހައްޓައި ދީބަލަ. މިހާރު މި 6000 އެނދޭ ކިޔާތާ 15 އަހަރު މިވަނީ. އަދިވެސް ހަމަ ކުރަހަނީ ދިރާސާ ކުރަނީ ހޯދަނީ ބަލަނީ ވިސްނަނީ ފިކުރުކުރަނީ އަތްޖަހަނީ ވޯޓުދެނީ ހޮވަނީ ކަނީ ބޮނީ މީ އަޅެ ފަހެ ކުށުވެރިކަމެއްތަ؟

The name is already taken The name is available. Register?

ރަށްއިތުމީހާ

23 February 2024

ކަލޯގެޔާ މަޖިލިސް އިންތިހާބަށް މުއިއްޒު ވެސް ޖާބިރު ކޮންސެއްޕުޓު ބޭނުން ކުރަނީ، ހަމަ ކާށިދޫގައި ކޭބަލް ކާރު އަޅައިދޭން ބުނެގެން ވޯޓު ހޯދި ފޯމިއުލާ މީ.

The name is already taken The name is available. Register?

ފޮނިވާހަކަ

23 February 2024

ސީޑީއީ ކޮންސަލްޓެންސީ ވަދެއްޖެ ކަމެއް ނުވާނެ ރަގަޅެއް. އެމީހުންނަކީ އަހަރަކު ދެފަހަރު އައްޑޫގެ ކުނި މެނޭޖްކުރުމުގެ ޕްލޭން ހެދި މީހުން، އެމީހުނަކީ ސިޑްނީ ފެންވަރަށް ތަރައްޤީގެ ޕްލޭންހަދަން މޮޅު ބައެއް، އެތަނެއްގެ ހާލަތަާއި ހާސިލުކުރެވޭނެ ކަންކަމަކީ ކޮބައިކަން ބެލުމުގެ ބަދަލުގައި ދުނިޔޭގެ އެކި ޤައުމުތަކުގައި ހުންނަ ކަންކަން ކޮޕީ ޕޭސްޓް ޕްލޭންއެއް ހަދާލަން މޮޅުބައެއް. ރިއަލިސްޓިކް އެއްޗެއް ނުލިބޭނެ ތިޔަ ސީދީ އަކުން، ވރަށް ސަލާމް

The name is already taken The name is available. Register?

ހަސަންކާރި

23 February 2024

ސީޑީއީ ކޮންސަލްޓިންގއިން ހަދާ ޕްލޭންތައް ތަފާތު. ޕްލޭންތަކުގައި ތަފާތު ވިސްނުމާއި އައިޑިއާތައްހުރޭ. ކަންކަން ކުރަންތިިބި ދުވަސްވީ ބޯދާވިސްނުމުގެ ތައުލީމެއްނެތް ވެރިންނަށް ފަހުމްނުވަނީ. ސިޑްނީ ފެންވަރަށް ވިޝަން ބަހައްޓައިގެން އެހެން ގައުމުތަކުގައި މަސައްކަތްކޮށްފައި ހުރި ކަންކަން ކޮޕީކުރުމަކީ ހަމަ ބަރާބަރުކަމެއް. ކޮންމެހެން އާކަމެއް ކުރާކަށްނުޖެހޭ. މިސިޓީގައިވެސް ގިނައީ އަތުންފައިން ކަމެއްނުކޮށް ބޮޑުގޮނޑީގައި ގޮތްކިޔަން ތިބެން ބޭނުންވާމީހުން.

The name is already taken The name is available. Register?

ކްރޭންކީ

23 February 2024

އެކަމަކު މިހާތަނައްވެސް އައްޑޫ ސިޓީގައި އޮއްޓަރެއް ހުރި ޕްލޭނެއް ހަދައިދީފިއްޔާ އޮތީ އެމީހުން ހަދައިދީފައި. ތިބުނާ ވޭސްޓްމެނޭޖްމަންޓް ޕްލޭންގައި އުޅުނީ އެމީހުންނެއް ނޫން.

The name is already taken The name is available. Register?

ހށނ

23 February 2024

މިދުވަސްވަރަކީ އަނެއްކާވެސް ކުރެހުން ހިފައިގެން ކޮޅުކޮޅަށް ދުވާ ދުވަސްވަރު. ދެން މިފަދަ ދުވަސްވަރެއް ދެން އަންނާނީ 4 އަހަރު ފަހުން.

The name is already taken The name is available. Register?

ދަންޑެހެލު 123

23 February 2024

ސީޑީސީ ނޫން ބަޔަކު މިވީ 30 އަހަރު ތިކަމެއއ ނުކުރޭ. ކޮށްފައި ހުރި އައްޑޫގެ އެއްވެސް ޕްލޭނެއް މިހާތަނަށް ކޮޅެއްގައި ޖެހިފައި ނުވޭ. ކޮންމެ ސަރުކާރަކުން ވެސް ކަމަކަށް ކަމެއް ކުރާކަމުގެ ހެކި މިހިރީ.

The name is already taken The name is available. Register?

ލޮއްލަ

23 February 2024

މިގޭ އެބެއިން 2 އެނދު. ސިންގަލް އަކާ ރޯނުފުރި އެނދެއް. އަވަހަށްބުނޭ އައްޑޫ ކޮން ރަށަކަށް ފޮނުވައި ދޭންވީ..!

The name is already taken The name is available. Register?

އައްޒުވީ

23 February 2024

އައްޑޫ ކައުންސިލުން އިސްނަގައިގެން ވިޔަސް ރާއްޖޭގެ ތިބި ޓޫރިޒަމްގެ ތަޖްރިބާކާރުންގެ ލަފާއާ އެކު ޓޫރިޒަމްގެ އެކްޕަރޓް އިންޓަރނޭޝަނަލް ފާމަކަށް ދީގެން ޓޫރިޒަމް ސެގަމެންޓްގެ ޕްލޭން ހައްދަބަލަ. ސިމާދު ތިހަދާ ޕްލޭނަކީ ތާކުންތާކު ޖެހޭ އެއްޗެއް ނޫން.

The name is already taken The name is available. Register?

ހަސަންކާރި

23 February 2024

އަހަރެން ދެކެފިން ތިބުނާ އިންޓަނޭޝަނަލް ކުުންފުނިތަކުން ހަދާފައި ހުރި ޕްލޭންތައް.. އަދިވެސް ހަދަންވީ. އެކަމަކު ދިވެހިންނަށް އަދި އައްޑޫގެ ޓޫރިޒަމް ދާއިރާއިގެ އެކްސްޕާޓުންނަށް ވުރެ މޮޅަކަށް އެމީހުންނަކަށް އެއްޗެއް އިނގޭހެނެއް ހިޔެއްނުވޭ. ހެދިޔަސް ތިބުނާއެތި އޮންނަނީ ބޭކާރު އެއްޗެއްގެ ގޮތުގައި. މިއުޅެނީ ޕްލޭނެއް ނެތިގެނެއް ނޫން. ހިތްވަރު ނެތިގެން. މައިސަރުކާރުގެ ކަސްތޮޅުން ނުނެއްޓިގެން.

The name is already taken The name is available. Register?

ހާމަ333

23 February 2024

ޕްލޭންތައް ހުރިހާ ސަރުކާރެއްގަވެސް ހަދާ....މިވީހާތަނަށް ވީކަމެއް ނުފެނޭ...ޕްލޭނެކޭ ކިޔާފަ ހިޔާލެއް ނުވަތަ ތަސައްވުރެއް އޮތަކަސް ނިމުނީކީ ނޫން...ފައިނޭންސް ކުރާނެ ގޮތްތަކާއި އެކްޝަން ޕްލޭންތަކާއި ޕްރޮޖެކްޓް ގެ ޓައިމްލައިންތައް ރައްޔިތުންނާ ހަމަޔަށް ތިލަކޮށްދޭން ޖެހޭ.....މިކަހަލަ ބްރޭކިން ނިއުސް އަޑުއަހާ ހުރެ އުމުރު ހުސްވަނީ....ސިޔާސީ މީހުންގެ ޖީބު މުއްސަދިވަނީ....ރައްޔިތުމީހާ ހުރިތަނުގަ

The name is already taken The name is available. Register?

އަފްރާސިޔާބު

23 February 2024

އެނދު ތަރައްގީ ކޮށްފައި ބަހައްޓާ ގައުމިއްޔަތަށް ދައްކަން.

The name is already taken The name is available. Register?

ޙަޒްރާ

23 February 2024

ސީޑީއީ ކޮންސަލްޓިންގ އަކީ ތަޖުރިބާ ހުރި ކުންފުނިއެއް.ރާއްޖޭގެ ހިންގާ ބޮޑެތި އުމްރާނީ ތަރައްގީގެ ލަފާދޭ ކުންފުނިއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454