ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
24 ފެބުރުއަރީ 2024 - 16:34
އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ހއ. ހޯރަފުށީގައި މިއަދު ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށުމަށް ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި ދުނިޔޭގެ ވަރުގަދަ ކުންފުންޏަކާ އެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދެތިން ހަފުތާއެއްގެ ތެރޭގައި ދުނިޔޭގެ ޓޮޕް 10 ގައި ހިމެނޭ ކުންފުންޏަކުން މި ސަރަހައްދުގައި ބަންކަރިންގެ ހިދުމަތަށް ވަންނާނެ،" ސައީދު ވިދާޅުވި އެވެ.
"އެކަން އެ ހިސާބަށް ދިޔައިމަ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ އެންމެ ލަސްވެގެން ޖުލައި މަސް ނިމުމުގެ ކުރިން އަޅުގަނޑުމެންނަށް އެ ވިޔަފާރި މިތަނުގައި ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މި ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި، މި މަޝްރޫއު ވާނީ ރާއްޖޭގައި ހިންގާ އިގުތިސާދީ އެންމެ ވަރުގަދަ އެއް މަސައްކަތަށެވެ.
ހއ. ހޯރަފުށިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދިނުމަށް ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމެއް އޮތް ނަމަވެސް، އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތާ މެދު ވަކި ގޮތެއް ސަރުކާރުން އަދި ނުނިންމާ ކަމަށް ސައީދު މިދިޔަ ޑިސެމްބަރު މަހުގައި ވިދާޅުވެފައިވެ އެވެ.
ކުރީގެ ސަރުކާރުން އިވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދޭން އެއްބަސްވީ ގަތަރުގެ ކުންފުންޏަކާއި އެސްޓީއޯއާ ދެމެދުގަ އެވެ.
"އެ އެމްއޯޔޫގައި ސޮއި ކުރީ އެސްޓީއޯއާ އެކު. އެއްވެސް މަސައްކަތެއް ހުއްޓާލާފައެއް ނުވާނެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވާ ގޮތަކީ ކޮބައިތޯ، އޭގައި އަދި ސަރުކާރުން ގޮތެއް ނުނިންމާ. އެމްއޯޔޫ ހަމަ އެކްޓިވް ކަމަށް މައުލޫމާތު ލިބިފައި އޮތީ،" ސައީދު ވިދާޅުވެފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް އެސްޓީއޯ އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރު އޮގަސްޓް މަހު އެވެ. އެ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ ޕޯޓް ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހަދަން ނިންމާފައިވެ އެވެ.
ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. ނަމަވެސް މި ސަރަހައްދުގައި އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެ އެވެ.
ސައީދު މިއަދު ވިދާޅުވި ގޮތުގައި، މި ހިދުމަތް ފެށުމާ އެކު މި ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އެކި ފަންތީގެ ވިޔަފާރިތަކަށް ވެސް ބޮޑު ފައިދާއެއް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިޔާމްް
26 February 2024
ސާބަހޭ މިނިސްޓރ. މިގައުމު ކުރިއަރުވަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވަރުބަލިކަމެއް ނެތި ކުރައްވާނެ މި ސަރުކާރުން.
އައިލަމް
26 February 2024
މީ ތަފާތު ވެރިކަމެއް. ވައުދުތައް ފުއްދުމުގަ އަވަދިނެތި އުޅުއްވާތަން މި ފެނިގެންދަނީ.
ޒައިމް
26 February 2024
ރައީސްގެ ވައުދުފުޅުތައް މިދަނީ ބާރުދުވެލީގަ ފުއްދަމުން. ރައީސްގެ މަސައްކަތްތަކުން ފައިދާ ވާނީ ހަމަ ރައްޔިތުންނަށް. ހުރަސްއަޅާ އެކަމާ ދެކޮޅު ހަދާނީ ރައްޔިތުންނަށް ހެވެއް ނޭދޭ ބަޔަކު.
ލާމިން
26 February 2024
މީ މިސަރުކާރުގެ އެއް މެގަ ޕްރޮޖެކްޓު. މީ ވިޔަފާރީގެ ރޮނގުން ލިބިގެންދާނެ ބޮޑު ކުރިއެރުމެއް.
މާދު
26 February 2024
މީ ތަފާތު ރައީސެއް. ތަފާތު ވެރިކަމެއް. މިކަން މިފަހަރު ކުރާނެ.
ނަނަނަ
25 February 2024
ނުފެށޭނެ..
އިސްމާލި
25 February 2024
ތިކަން ހިނގިއަކަ ނުދޭނެ. ޔާމިން ސަރުކާރުގަވެސް ކުރިއަށް ނުދިޔައީ ކައިރި ގައުމަކުން އެކަމަށް ހުރަސްއަޅައިގެން. ސޯލިހު ސަރުކާރުން ކުރާކަށް ބޭނުމެއް ނުވި. ހަމަ އެ ގައުމު ރުއްސުމަށްޓަކައި. މި ސަރުކާރުން ކުރިޔަދޭތޯ ބަލަން ތިބެމާ. އަނެއްކާ އެ ހިސާބުގައި އެ އުޅެނީ މިލިޓަރީ ބޭސް އެއް އަޅަން. ދެން ރާއްޖެ ކައިރިން ދާ އުޅަނދުތަކަށް ޖެއްސުންކޮށް، އެކޮޅަށް ޑައިވަރޓް ކުރުން އެއީ ކައިރި ކަމެއް. މިކަމަށް "ސޯމާލިއާ" މީހުންގެ އެހީތެރިކަން ހޯދަފާނެ. ހިނގާ ބަލަމާ.
އުލްފާާ
25 February 2024
މި ހިދުމަތާއެކު ރާއްޖެއަށް ގިނަގުނަ ފައިދާތަށް ވެގެންދާނެ.
ޖިިޔާންް
25 February 2024
ރައީސް މިދަނީ ވައުދުތަށް ފުއްދުމުގައި ނަމޫނާ ދައްކަމުން.
އިމްދާދްް
25 February 2024
ރައީސްގެ ވައުދު ފުއްދުމުގައި ވަޒީރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން. މިކަން ރައްޔިތުން ފާހަގަކުރައްވާނެ.