އިމާރާތް ކުރަމުން އަންނަ 4000 ފްލެޓު: އޭސީސީން ތަހުގީގަށް ޕޯޓަލްގެ އެކްސެސް ހޯދި ފަހުން ހައުސިން މިނިސްޓްރީއަކަށް ނުވަދެވޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
26 ފެބުރުއަރީ 2024 - 11:20
ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް ކުރިމަތިލި މީހުންގެ މައުލޫމާތު ހިމެނޭ ޕޯޓަލް، އޭސީސީގެ ތަހުގީގަށް ހިފެހެއްޓުމަށް ފަހު މިދިޔަ ހަފުތާގައި ދޫކޮށްފައިވީ ނަމަވެސް ހައުސިން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ފަންނީ ބައެއް ކަންކަން އަދި އެއްކޮށް ނުނިމޭތީ އެ އަށް އަދިވެސް ނުވަދެވޭ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން އިމާރާތްކުރަން ފެށި 4،000 ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ އެ ވެރިކަން ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށެވެ. އެއާ އެކު، ހަމަ އެ ދުވަހު ފްލެޓްގެ މަސައްކަތް ކުރިއަށް ގެންދިއުން އޭސީސީން ވަނީ ހުއްޓުވައިފަ އެވެ.
އެކަމުގެ ތަހުގީގު ކުރިއަށް ގެންދިޔައިރު އޭސީސީން އޮތީ ޕޯޓަލްގެ އެކްސެސް އެ ކޮމިޝަނަށް އެކަނި ލިބޭ ގޮތަށް ހަދައިފަ އެވެ. އެހެންވެ، ހައުސިން މިނިސްޓްރީ އަށް އެ ޕޯޓަލަކަށް ނުވަދެވެ އެވެ.
ދެ މަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން އޭރު ބުނެފައި ވަނީ ފްލެޓް ލިބުނު މީހުންގެ 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށާއި ބާކީ 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެއް ކަމަށެވެ. އެ ތަހުގީގުން އެނގޭ ގޮތުގައި އެއްވެސް މައްސަލައެއް ނެތި ޝަރުތު ފުރިހަމަވަނީ އެންމެ 20.7 ޕަސެންޓް ފޯމެވެ. އެއީ 824 މީހެކެވެ.
އޭސީސީގެ ތަހުގީގު ނުނިމޭތީ ހައުސިން މިނިސްޓްރީ އަށް ފްލެޓްތަކާ މެދު ގޮތް ނިންމުން ވަނީ ލަސްވެފަ އެވެ.
އެ މައްސަލައިގައި ސަރުކާރުން އިތުރަށް ކުރިއަށް ދާނެ ގޮތަކާ މެދު އާންމުން ސުވާލުތައް އުފައްދަމުން ދަނިކޮށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވަނީ މިނިވަން ކޮމިޓީއެއް އެކުލަވާލައި، އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު، ޕޯޓަލް އަށް ވަނުމުގެ ހުއްދަ ހައުސިން މިނިސްޓްރީ އަށް އޭސީސީން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދޫކޮށްލިޔަސް އެ މިނިސްޓްރީ އަށް އަދިވެސް އެ އަށް ނުވަދެވޭ ކަމަށް އެނގިފައި ވެ އެވެ.
އެއީ، އެނގިފައިވާ ގޮތުގައި، ޕޯޓަލްއަށް އެކްސެސްވެވޭ ލޮގިންތަކުގެ ތަފުސީލް އޭސީސީން މިނިސްޓްރީ އަށް ނުދޭތީ އެވެ. އެހެންވެ، ހައުސިން މިނިސްޓްރީ އަށް އަލުން ޕޯޓަލް އަށް ވަދެވޭނީ، އާ ލޮގިންތަކެއް ހަދައިގެންނެވެ. އެހެންވެ، ލޮގިންތައް ކްރިއޭޓް ކުރުމާއި އެއާ ގުޅޭ ފަންނީ އެހެން ކަންކަން މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.
ޕޯޓަލް އަށް ވަނުމުގެ ހުއްދަ އޭސީސީން ހައުސިން މިނިސްޓްރީ އަށް ދޫކޮށްލީ، އޭގެ ބެކަޕެއް ވެސް ނެގުމަށް ފަހު އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު މިއަދު ވިދާޅުވީ، ފްލެޓްތަކުގެ މައްސަލާގައި މިހާރު ކުރިއަށް ގެންދަނީ އިދާރީ މަސައްކަތްތަކެއް ކަމަށާއި ގާތްގަނޑަކަށް ދެ ތިން ދުވަހެއްގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައި ލެވޭނެ ކަމަށެވެ.
ޝަރުތު ހަމަވާ މީހުންނަށް ދިނުން ލަސްވާ މައްސަލާގައި އާންމުންގެ ފަރާތުން ވެސް ވަނީ ފްލެޓް ދިނުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
28 February 2024
ދެން ތި ޕޯޓަލް ހުޅުވޭނީ ޗާގޯސް އަތުލެވި އެތަނުގައި ފްލެޓްއަޅަން ހަމަޖެހޭ ހިސާބުން.
އިއްސެ ފެމެލީ
26 February 2024
ނުދޭނަށް ނުދޭނަށް މިސަރުކާރު މީހަކު ވޯޓް ހޯދަށް ނާންނާތި ވަރަށް ސާފް ބަހުން މި ބުނީ. ރަށްއިތުންގެ ހައްގު ތަކަށް މިހާ ބޮޑަށް އަރާގެނެ އިހުތިރާމް ނުކުރާ ބައެއް މި ނޫނީ ނުދެކެއް.
ދެރަސޮރު
26 February 2024
އެގްރީމެންޓް ހެދިފަ ހުރި އެއްޗެހިތަކެއް އަތުލެވޭނީ ކޯޓުން. ހައިދަރު ހީވަނީ ގޭމެއްކުޅެން އުޅޭހެން.
ވސަލާމް
26 February 2024
ހުރިހާ އެކްސެސް އެބަހުރި ބޭނުންވާ މައުލޫމާތު އެބަހުރި އެކަމަކު އަދި ކުރަން އުޅޭ ކަންކަން ކުރަން ވަގުތު ކޮޅެއް ނަގާތީ ކުޑަކޮށް އެކްސެސް އޭ ކިޔާލަ ކިޔާލަ ތިބެނީ. މަޖިލިސް އިންތިހާބް ކުރިން އެއްކަމެއްވެސް ވިޔަކަ ނުދޭނެ. އޭގެ ފަހުން ސަރުކާރަށް މެޖޯރިޓީ ލިބުނީމަ ދެން ހަމަ ކުރީގެ ސްޓައިލަށް ދޭނީ ފްލެޓް. އެނގޭތީ ބުނެލީ.
ަސދފޗޗ
27 February 2024
ހަމަ މެޑަމްގެ ލިސްޓަށް މިފަހަރުވެސް..
ބަބޫ
26 February 2024
އެގްރީމެންޓް ހެދިފަ ހުރި އެއްޗެހިތަކެއް އަތުލެވޭނީ ކޯޓުން. ހައިދަރު ހީވަނީ ގޭމެއްކުޅެން އުޅޭހެން. ރައްޔިތުންގެ ހައްގު ހިފަހައްޓާލައިގެން އިއްޔެ މެންދުރު ރާއްޖޭން ބޭރުގަ އެހެން ގައުމެއްގެ ރައްޔިތަކަށް އުޅުނު މީހަކު އައިސް މިކުޅޭ ކުޅިޔަކުން މިހާރުގެ ސަރުކާރު އޮތް ދަށް ފެންވަރު އެބަ ފެނޭ.
އަކަމަކުވާ
04 March 2024
އެގްރީމެންޓް ހެދިފަހުރިޔަސް ނުހައްގުން ދީފަހުރި ފްލެޓެއް އެހެން ދެވޭތަ؟
ނަންރީތި
26 February 2024
އަސްލުވެސް ތި އަކްރަމް މެން ފްލެޓް ބަހާލީ އެއްވެސް ބެލުމެއްނެތި އެމީހުން ގެ ގާތްރައްޓެހިންނަށް އަދި އައުވާނުންނަށް.
ޒައިމް
26 February 2024
ރައްޔިތުން ވަރަށް ގަނަތަޅުވާލަނަމޭ ހިތުގަލައިންދޯ މިމީހުން މިއުޅެނީ. ރިޒްޤުދެއްވާ ފަރާތަކީ ﷲ. ކަލޭމެންނެއްނޫން.
އޭސީސީ
26 February 2024
އޭސީސީ އަކީވެސް ސްްކޭމް ހިންގާބަޔަކީތަ. ތި އޭސީސީ އުވާލަން ވެއްޖެނު. ސަރުކާރަށް ވުރެބާރުގަދަވާންވީ ކޮންގޮތަކުން. އަޅެ މީއަރަތެއްތައް
އަފްރާސިޔާބު
27 February 2024
އޭ އަދި އެކްސެސް ގެންދާ ވަރުގެ އުޅަނދެއް އަތުނުޖެހިގެންނޭ މިއުޅެނީ. 40000 ހާސް ޓަނުގެ އުޅަނދެއް ކުއްޔަށް ދޭނެ ފަރާތެރެއްވެސް ނެތޭ އެކްސެސް އެވަރުގެ ބަރުދަން އެބަހުއްޓޭ.
އައިޝާރ
26 February 2024
4000 ވޯޓު ނުލިބިގެން ރައިސް ނޫޅުއްވާ، ތި 4000 މީހުން ކުރިން ވެސް އިބޫއަށް ފޮލެޓު ކަށަވަރު ކުރަން ވޓޓު ދިން ފަދައިން ދެންވެސްދީ. އޭރު ތި 4000 ވޯޓުން ނުވި ބަދަލެއް އަންނަ އިންތިހާބުގަ އެކި ދިމަ ދިމާލަށް ބެހިގެން ދާއިރު ސަރުކާރަށް ވާނެ ގެއްލުމެއް ނެތް. انشاالله
ފޯކު ލިފްޓް
26 February 2024
ނުވަދެވޭ އެއްޗަކުން ކިހިނެއް ބަލައިގެންތޯ ތިބުނަނީ ނުބައިކޮށްނޭ ފްލެޓް ދީފަ އޮތީ؟ މަހަމަ އަންތަރީސްވެއްޖެ.
ބޯބުރި
26 February 2024
ހައުސިން މިނިސްޓްރީއަކުން ނޫންބުނީކީ އޭސީސީން ބުނީ %60 މީހުންނައް އޮޅުވާލަފައޭ ދިނީ. މި ސަރުކާރު ބޮލުގަ އަޅުވަން އުޅެނިކޮއް އަމިއްލަ ސޯޓް ތިއޮއްބޭލެނީ
ހާހަ
26 February 2024
ބްރޯ މި ސަރުކާރު ބޮލުގަ ނޭޅޭނެ އެއްގޮތްވެސް ނޯންނާނެ
ވަރުގަދަސިސްޓަމެއް
26 February 2024
ތިވާނީ ނާސާގެ ރޮކެޓު ސައިންސާއި ގުޅިފައިވާ ސިސްޓަމަށް. ތިއަށް ވަންނަން އެމެރިކާގެ ޕެންޓަގަންގެ އެހީ ހޯދަންފެނޭ. ތިމައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނޭ.