ޕީއެންއެފް އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުންނާ އެކު އީސީގެ ރައީސް ފުއާދު. - ފޮޓޯ: މިހާރު
27 ފެބުރުއަރީ 2024 - 14:09
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ފޯމް އިލެކްޝަން ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
ޖަލު ހުކުމުން ގޭބަންދަށް ބަދަލުކޮށްފައި ހުންނެވި ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ މުއައްސިސްކަމުގައި، ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ނޮވެމްބަރު މަހު އެވެ. ހަފުތާއެއް ތެރޭގައި ރެޖިސްޓްރީކުރަން ބޭނުންވާ އަދަދު ހަމަކޮށް ހުށަހަޅާނެ ކަމަށް އޭރު ބުނި ނަމަވެސް ފަހުން ވަނީ އެ މަސައްކަތް ފަސްކޮށްފަ އެވެ.
ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވެފައިވާ ގޮތުގައި ޕީއެންއެފް އުފެއްދުމަށް އީސީއަށް ހުށަހަޅާނީ ޔާމީން މިނިވަންވުމުންނެވެ. އެއީ، ޕާޓީ އުފައްދަން ބާއްވަން ޖެހޭ ޖަލްސާގައި ޔާމީންގެ ބައިވެރިވުން މުހިންމު ކަމަށް އެ ޕާޓީން ދެކޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މަލީހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ އަދަދަށް އީސީއަށް މިހާރު ފޯމު ހުށަހަޅާފައިވާ ކަމަށާއި އުއްމީދަކީ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ވީހާ އަވަހަކަށް ލިބުން ކަމަށެވެ.
ޕާޓީއެއް ރަޖިސްޓްރީކޮށްދެނީ 3،000 މެމްބަރުންގެެ ސޮޔާއެކު ފޯމާ އެކު ހުށަހެޅުމުން، ފޯމުތައް ސައްހަތޯ އީސީން ބެލުމަށް ފަހު ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުންނެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ޕީއެންއެފް އިން ހުށަހަޅާފައިވަނީ ، 3060 ފޯމު ކަމަށާއި އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްހަކަން ކަށަވަރުވުމުން، ލަހެއް ނުވެ، ޕީއެންއެފް އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ޒެއިން އަބްދުﷲ ޔާމީން އަށް އަރުވާނެ،" ހަބީބު ވިދާޅުވި އެވެ.
ޔާމީންގެ ފަރާތްޕުޅުން ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ މަލީހުގެ އިތުރުން ޔާމީންގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.
ޔާމީން، ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ޔާމީންގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ޔާމީން ދޫކޮށްލެއްވީ އެވެ.
ޕީއެންއެފްއަކީ ޔާމީން އިސްކޮށް ހުންނަވައި އުފައްދަވާ ތިން ވަނަ ޕާޓީ އެވެ. އެންމެ ފުރަތަމަ ޕާޓީއަކީ ޕީއޭ އެވެ. ޕީޕީއެމްގައި ހުންނެވީ އޭގެ ފަހުންނެވެ. އެ ޕާޓީން ރާއްޖޭގެ ރައީސަކަށް އިންތިހާބުވެވަޑައިގެން ސަރުކާރު ހިންގެވުމުގައި އަމަލުކުރެއްވި ގޮތުން، ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރަށް ޔާމީން އުފެއްދެވީ ޕީއެންސީ އެވެ.
ޕީއެންއެފް އުފައްދަވަން ނިންމެވީ އެ ދެ ޕާޓީ ވެސް ދޫކޮށްލެއްވުމަށް ފަހު އެވެ.
ޔާމީން މިވަގުތު ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދިން ލުއިގެ ދަށުން ގޭބަންދުގަ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެމަނިކުފާނަށް ލުއިދިނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭ ގޮތަކަށް ނޫނެވެ.
އެކަމަކު ޕީއެންއެފްގެ ސިޔާސީ ހަރަކާތްތަކުގައި މި ފަހުން ވެސް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އެމަނިކުފާނު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލާފައިވާއިރު، ހުކުމް އިއްވުން ލަސްކުރާ ކަމަށް ބުނެ ޕީއެންއެފް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
28 February 2024
އަދިކިރިޔާ ތިހަމަވީ އަދަދު ! ތިވަރުން ކިހިނެއް ޕާރޓީ ޕާރޓީ އެއްގެ ގޮތުގައި ހަރަކާތްތެރިވާނީ 1111
އަމިއްލަ މުސްކުލި ބޭބެ ޖަލަށްލިމީހާގެ އަވަށްޓެރިޔާ
28 February 2024
ގައިން ހަސްގޮސްގެން އަދި 3 މަހެއްހާ ދުވަހުން ހަމަކޮށްލެވުނީ އެންމެ 3000 ފޯމު. ތިޔައިން އެންމެ ފޯމެއް ސައްހަ ނުވިޔަސް ޕާރޓީ ރަޖިސްޓްރީ ނުވާނެ. ޔާމީން ވެރިކަންކޔރިގޮތާ ޔާމީން އޭސް އަ ޕާރސަން އަކީ ކޮންކަހަލަ މީހެއްކަން އޭނާއާށް ތާއީދު ކުރިމީހުންނަށްވެސް އެނގޭ. އެކަން ޤަބޫލުކުރަން ބޭނުންނުވެފައި ތިބީ.
ބާނި
28 February 2024
ޔާމީނަކީ ވަރަށް ބޮޑާ މީހެއް. ހަސަދަވެރިއެއް
ޖާނީ
28 February 2024
ދެން ކަލެއަށް ކީއް..
ަސދފ
27 February 2024
ތިއީ ފޮޑި ޕާޓީ..
މަގޭހިޔާލު
27 February 2024
މީ ޗޮކުން ދާނެ ޕާޓީއެއް. އެއްވެސް ކުރިމަގެއް ނެތް؟ އިސްކޮށް ތިބީ އިތުބާރު ނުހިފޭ ބައެއް.
ހުސައިން 803
27 February 2024
ޔާމީނާއެކު އިހްލާސްތެރިކަމާއެކު އެތައް އަހަރެއްވަންދެން އެއްކޮށްތިބި އެންމެން އެއްކޮޅަކަށް އަރާ އެއްކޮށް ތިބިއިރު ޔާމީންނަށް އެމީހުންނާއި އެއްކޮޅަށް ނޭރުނީ ކީއްވެހެއްޔެވެ. ތިމާވެސް ގޮތްދޫކުރަންޖެހޭ ވަގުތު ވަގުތު އަންނާނެއެވެ. ޔާމީން ފަހަކަށްއައިސް ނެގި ޑިސިޝަންތަކުން ތާއީދުކުރި އެތައްބަޔަކު ޔާމީންމަތިން ފޫހިވިއެވެ. އަދި ތިހެދޭ ޕާޓީއަކީވެސް ދެކޮޅުވެރިކަމުގައި ހުންނެވިކަން ދައްކައިދޭ ވަރުގަދަ ހެއްކެވެ. މާބޮޑު ކުރިއެރުމެއް ދެނެއް ނުލިބޭނެއެވެ.
ރައްޔިތުމީހާގ
27 February 2024
ކުރީގެ ރައީސް އުފައްދަވާ ޕާރޓީއަށް މާބޮޑު ތަރުހީބެއް، ކުރިއެރުމެއް ލިބޭނެކަމަކަށް ނުބެލެވޭ. ފުދޭވަރެއްގެ ގިނަގުނަ ގޮންޖެހުންތަކެއް އެބަހުރި، ކުރު، ދިގު އަދި މެދުރާސްތާއިން ބެލިއަސް. ދިވެހިރާއްޖެއަށް ބޭނުންވަނީ ތާޒާ، ރައީސުން. ކުރީގައި ވެރިކަން ކޮށްފައި ހުރި އެއްވެސް ރައީސަކަށް ދެން ވެރިކަމަށް އާދެވުމަކީ ނާދިރުކަމެއް. ފުދޭވަރެއްގެ ދިރާސާއެއްކުރުމަށްފަހު މިހެން މިބުނީ. ގޮތް ނިންމާނީ ރައްޔިތުން.
ޙޮއްކޮ ބޭ
27 February 2024
ބޮނޑި ބަތާއި ކޮއްކޮ ތިކުރާ މަސައްކަތަށް މިރަށުންް މަރުހަބާ ކިޔަން@
އަފުން
27 February 2024
ޔާމީނު މިނިވަން ވީމައޭ ޖަމީލުބޭ ބުނި ހަނދާނެއްވޭ. މިނިވަން ވީތަ.
ވިލް
27 February 2024
3000 ހަމަ ނުވެގެން އޭރު ބުނި އެއްޗެއް އެއީ
އަފްރާސިޔާބު
27 February 2024
ޔާމީނު ކޯޓު ތެރެއިން މިނިވަން ވާނެ. މިނިވަން ނުވާނީ ރައީސް މުއިއްޒު ކޯޓުތެރެއަށް އަތްބޭނީމާ. އަބަދަކު އަތްބާނަބާނައި ނުހުރެވޭނެ. 2028 ގައި މުއިއްޒަށް ދައްކާލާނެ ތިގޮތަށް ޗެލެންޖް ކޮށްފައި ހުރެވިދާނެތޯ؟
އަދުރޭއެންޑްމުއިއްޒު
28 February 2024
ޔާމިން މިނިވަންވިއަކަ ނުދޭނެ.
ފިނިފެންމާ ސައީދު
27 February 2024
ސަމަދުބޭ ޔާމީނު ފެކްޝަންތަ؟ މުއިއްޒުކޮޅުގާ ހުރިނަމަ މިހާރު ހުރީސް ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގާ.