ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އިންތިހާބު ފަސްކުރަން ވަނީ ފާސްކޮށްފައި
28 ފެބުރުއަރީ 2024 - 09:51
އަންނަ މަހުގެ 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މަޖިލިސް އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލެއްވި މައްސަލައާ މެދު ގޮތެއް ނިންމުން މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބު ބާއްވާ ތާރީހު ދިމާވަނީ ކުރިއަށް އަޮތް ރޯދަމަހާ ކަމަށް ވާތީ، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ބޭނުންވަނީ ،އެ އިންތިހާބު ފަސްކުރާށެވެ. އެމްޑީޕީގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ، އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގައި ބުނާ ގޮތުން އިންތިހާބު ރޯދަމަހާ ދިމާވާ ނަމަ ބާއްވަން ޖެހެނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުންނެވެ.
ނަމަވެސް އިންތިހާބު ފަސްކުރަން ބޭނުންފުޅު ނުވާތީ ރައީސް މުއިއްޒު ވަނީ އެ އިސްލާހުތައް ތަސްދީގު ނުކުރަން ނިންމަވައި ބިލް އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ.
މި ހަފުތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނުބާއްވައި އޮތުމަށް ފަހު، މިއަދު 1:00 އަށް ތާވަލްކުރި ޖަލްސާގެ އެޖެންޑާގައި މަޖިލިސް ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެ މައްސަލަ އޮތީ ހިމަނައިފަ އެވެ.
މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމާފައި ވަނީ އެ މައްސަލަ ރައީސް އަނބުރާ ފޮނުވާލެއްވިޔަސް އަލުން އޮތް ގޮތަށް ފާސްކުރުމަށެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސް ތަސްދީގު ނުކުރަން ނިންމަވާ ބިލެއް އެއްވެސް ބަދަލެއް ނެތި މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކޮށްފި ނަމަ 15 ދުވަސް ތެރޭގައި އެ ބިލެއް ތަސްދީގު ކުރަން ރައީސަށް ލާޒިމް ވާނެ އެވެ.
1- މިހާރު ބިލް އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓް ކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުން.
2. އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ "ފޯކަލް ޕޮއިންޓް" ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު، އެ ފޯކަލް ޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަން، ފަދަ އެއްވެސް ތަފްސީލެއް ބިލުގައި ބަޔާންވެފައި ނެތުން.
3. ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރިން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ބުނެފައިވީ ނަމަވެސް ބިލުގައިވާ ގޮތަށް އިންތިހާބު ބާއްވާ ނަމަ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އިންތިހާބުގެ ހުރިހާ ކަންކަން ނިންމާ ނުލެވުމުގެ އިހްތިމާލު އޮތުމުން އެފަދަ ބިލުގައިވާ ގޮތަށް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ޚިލާފުވާނޭ ކަމެއް ކަމަށް ވުން.
4. ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ގައުމުގެ މަސްލަހަތާ އެއްގޮތަށް ކަންކަންކުރަން ބުނެފައިވީ ނަމަވެސް އިންތިހާބުގެ ތާރީހަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތަކަށް ކަމަށް ބެލުމުގެ ފުރުސަތު އޮތުން.
5. އިންތިހާބާ ބެހޭ ގާނޫނާ މިގޮތަށް ކުޅެ އިންތިހާބު ބާއްވާ ތާރީހް ބަދަލުކުރުމަކީ އިންތިހާބާ މެދު އޮތް އިތުބާރު ގެއްލޭނެ ކަމަކަށްވުން.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
28 February 2024
މާލެ ހުޅުމާލެ މަގުމަތީގައި ދުއްވާ އެއްޗެއް ދުއްވާލެވޭވަރު ވެސް މިހާރު ނުވޭ. ޙީވަނީ ވިއްސާރަ ވިލާގަޑަކުން ވާރޭ ވެހޭހެން މަގުމައްޗައް ވެހިކަލްތައް ވެސް ފައިބަނީ ހެން.. ހިތަށް އަރާ ސަހަރޯޢޭ.. . ޥޯޓް ފޮށި ބަންދުކުރުމުން މިކަންތައްވެސް ހައްލުވާނޭ ކަމަށް މޫސުމް.ދިރާސާ ކުރާ ސިޔާސީ ބޭފުޅުން ވިދާޅުވޭ.
ޢަހުމަދު އަލި މަނިކު
28 February 2024
ރޯދަމަހުގައި ނަމަ އިންތިޚާބު ބާއްވަނީ ކިތައް ދުވަހު.1 ނުވަތަ ގިނަވެގެން 2 ދުވަސް އެކަމުގައި އުޅެންޖެހޭނީ . ވަރައްސަލާމް
ސޮލާހު މޫސާ
28 February 2024
އަންނަ ކޮންމެ ބަޔަކު ޥޯޓުލާދުވަސް ލަސްކުރަން ވެއްޖެއްޔާ އަބަދުވެސް ލަސްކޮއް ދައުރު ދިގުދަންމާނެ ރާއީސްވެސް އެއްދައުރު ދެދައުރައް ދިގުދަންމާލަފާނެ
ގުލުމީ
28 February 2024
ކީކުރަން ލަަސްކުރަނީ ދައުރު ދިގުދެންމު މަކީ ޑިމޮކުރެސީ ޔާ ހިލާފު ކަމެއް
ނޭގޭ ކުއްޖާ
28 February 2024
ދެ ވަނަ ފަހަރަށް ފާސްކޮށްފި ނަމަ 15 ދުވަސް ތެރޭގައި އެ ބިލެއް ތަސްދީގު ކުރަން ރައީސަށް ލާޒިމް ވާނެ އެވެ. ދެން ކިހިނެއް ތޯ ވާނީ؟
ދެވަނަބުރު
28 February 2024
ދެވަނަ ބުރުގައި އޮންނާނީ 7 ދުވަސް. ފާސްކުރަންޖެހޭނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން. ޖުމުލަ މެންބަރުން ކަނޑައެޅުމުގެ މައްސަލަ އޮތީ ސްޕްރީމް ކޯޓުގައި. އެކަމާމެދު ކޯޓު އަމުރެއްވެސް އެބައޮތް. ޖުމުލަ މެންބަރުންގެ އަދަދު ކަނޑައެޅުމާބެހޭގޮތުން ކޯޓުން ގޮތެއް ނުނިންމަނީސް ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާނަމަ ގެޒެޓްކުރަންޖެހޭނެތަ! ގެޒެޓް ނުކުރާނަމަ ގާނޫނަކަށް ނުވާނެ.
ކޯޓުފަޓުލޫނު
28 February 2024
މިހާރު ސްޕްރީމް ކޯޓުގައި އޮތް މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ ކޮބައިކަމުގެ މައްސަލަ ނިމުމުގެ ކުރިން ތި ކަމާމެދު ގޮތެއް ނިންމާނަމަ ސްޕްރީމް ކޯޓުގައި އޮތް ކަމަކާގުޅޭ ކަމެއްގެ ކަމެއް ތި ނިންމެނީ. ސްޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން ޖުމްލަ މެންބަރުންގެ ނިންމުމެއް ދެން ނުނިންމޭނެ. މިހެންވާންޖެހެނީ ސްޕްރީމް ކޯޓުގެ ހުކުމް ފިޔަވައި އެހެން އެއްޗަކަށް އަމަލުކުރެވޭނެ ގޮތެއް ނޯންނާތީއާއި މިހާރުވެސް އެކަމާމެދު އަމުރެއް އޮތުމުން.
ހަސަން ދީ
28 February 2024
ރޯދަމަސް ނިމިގެން އިންތިހާބު ބޭއްވުން ރަގަޅީ. ރޯދަ މަހު ބޭއްވީމަ ކިޔުގައި ޖެހިގެން ވޯޓްލާން ބަޔަކު ނުދާނެ. އަދި ފޮށިތައް ކައިރީގައި ގިނައިން ތިބޭނީ އަންހެނުން. ރޯދަމަހަކީ އަންހެން ވެރިންވެސް ގޭގައިވެސް އެންމެ ބިޒީ ވާ މަސް. މުއިއްޒު ވިސްނަނީ ކިހިނެއް ބާއޭ ހިތަށް އަރާ؟؟ ރޯދަ މަހު އަޅުކަމަށް އޮފީސް ގަޑި ކުރުކޮށް ފަހުދިހަ ބަންދު ކޮށްފައި ރޯދަ މަހު އިންތިހާބު މީ ކޮންވައްްތަރު؟؟
ރޯދަމަސް
28 February 2024
ރޯދަމަހުގެ ހުރުމަތަށްޓަކައި އަވަހަށް އިންތިޚާބު ބާއްވަންވީ. ވީ އެންމެ އަވަހަކަށް ނިންމަންވީ. އެހެން ނޫނީ ކެމްޕޭނޭ ކިޔާފައި މުޅި ރޯދަމަހު އޮންނާނީ މުޅަމަސްކެއުމާއި ދޮގުހެދުމާއި ރިޝްވަތުގެ ފައިސާ ބެހުން. އިންތިޚާބު އަވަސްކޮށްގެން ނަމަވެސް މި ނުބައި ކަންކަމުން ރޯދަމަހު ބަޔަކު މިންޖުވެއްޖެނަމަ އެއީ އިންތިޚާބު ފަސްކުރުމަށްވުރެ ބޮޑުވެގެން ބޮޑު ހެޔޮކަމެއް. ކަންފަތްތަކާއި ލޯތަކާއި އަތްތައް މި ނުބައިކަންކަމާ ދުރަށް ދެވޭނެ.
ޢަހު
28 February 2024
އެންމެ ދުވަހަކު ވޯޓެއްލާން ތިބެން ޖެހިގެން ހަޅޭއްލަވާ މީހުން މިހާރުވެސް ބަޔަކު ބެރޖަހާ ނަށާ ހަދާބަލަ ނުކައްކާ ރޯދަ ކުރުކުރުމުގެ ނަމަުގައިވެސް އެތަނަށް ދާނެ
ސުރަނގަ
28 February 2024
ރޯދަމަހަކީ ކަމެއް ނުކޮށް ތިބެންވީ މަހެއްތަ؟
ކިހިނެއްދޭނީ
28 February 2024
ބަޔަކު ބޭނުން ވަނީ ނިމިގެންދާ ދައުރު ދިގު ދަންމާލަން. ގާނޫނުގަ އެބައޮތް ވަކިގޮތަކައް ހަދަން. ކުރިން ވެސް ބައި އިލެކްޝަންތައް ވެސްއޮތް. މީގަ މުއީޒު މައްސަލައަކީ ކޮބާ ގާނޫނު އޮތް ގޮތައް ކޮއްގެން