ވިޔަފާރި / ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު

އެސްޑީއެފްގެ ކަންކަން ހިންގަން ގަވަނިން ކައުންސިލަކާއި ހާއްސަ އޮފީހެއް އުފައްދާ ގޮތަށް ހާއްސަ ބިލެއް

ފިނޭންސް މިނިސްޓްރީގެ އޮފީސް. އެސްޑީއެފް ބިލްގައި ވަނީ އެ ފަންޑުގެ ކަންކަން ބަލަހައްޓަން ހާއްސަ ގަވާނިން ކައުންސިލަކާއި އޮފީހެއް އެކުލަވާލަން ޖެހޭނެ ކަމަށް ބުނެފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ދައުލަތުގެ ދަރަނި އަދާކުރުމާއި އިގްތިސާދީ ކާރިސާއެއް ދިމާވާ ހާލަތުގައި ބޭނުން ކުރުމަށް އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އާ ގުޅޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފި އެވެ.

ފަސް ބާބު ހިމެނޭ އެ ބިލްގައިވާ ގޮތުން، އެސްޑީއެފް ފަންޑު އުފައްދަނީ ދައުލަތުގެ ދަރަނި ކުޑަކޮށް، ދައުލަތުގެ މުއްސަނދިކަން އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށެވެ. އެފަންޑު ބޭނުން ކުރެވޭނެ ކަންކަމާއި ފަންޑު ހިންގައި މެނޭޖު ކުރުމުގައި ބަލަހައްޓާނެ ކަންކަން ބިލްގައި ބަޔާންކޮށްފައި ވެ އެވެ.

އެ ބިލް މަޖިލީހަށް ފޮނުވާފައިވާ އިރު އެސްޑީއެފް ގާނޫނެއް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެސްޑީއެފް ބިލްގައިވާ ގޮތުން، އެ ފަންޑުގެ ކަންކަން ބެލެހެއްޓުމަށް ގަވަނިން ކައުންސިލެއް އުފައްދަން ޖެހެ އެވެ. އެ ކައުންސިލަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސެވެ. ކައުންސިލްގެ ރިޔާސަތު ބަހަލައްޓަވާނީ ފިނޭންސް މިނިސްޓަރެވެ. އެ ބޭފުޅުންނަށް ދޭންޖެހޭ އުޖޫރަ ކަނޑައަޅާނީ ނެޝަނަލް ޕޭ ކޮމިޝަނުންނެވެ.

ގަވަނިން ކައުންސިލްގައި ކަމާ ގުޅޭ އެކި ދާއިރާތަކުން ހޮވައިލެވޭ ހަތް މެންބަރުން ތިބޭނެ އެވެ. އެއީ ފިނޭންސް މިނިސްޓަރާއި އެ މިނިސްޓްރީގެ ކަމާ ބެހޭ އިސް ދެ މުވައްޒަފަކާއި އެމްއެމްއޭގެ ގަވަރުނަރާއި އެމްއެމްއޭގެ އިސް މުވައްޒަފެއްގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ އިސް މުވައްޒަފަކާއި ވިޔަފާރީގެ ދާއިރާއާ ގުޅޭ އާންމު މެންބަރެކެވެ.

އާންމު މެންބަރުން ހޮވާނީ ބިލްގައިވާ ގޮތުން، އާންމުކޮށް އިއުލާން ކުރުމުން ކުރިމަތިލާ މީހުންގެ ތެރެއިންނެވެ. އެ ކައުންސިލްގައި ހިމެނޭ ފިނޭންސް މިނިސްޓަރާއި ގަވަރުނަރުގެ އިތުރުން އެހެން މެމްބަރުންގެ ކައުންސިލްގެ މުއްދަތަކީ ފަސް އަހަރެވެ.

ބިލްގައިވާ ގޮތުން ގަވަނިން ކައުންސިލްގެ އިދާރީ ކަންކަން ބަލަހައްޓާނީ ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް އެޑްމިނިސްޓްރޭޝަން އޮފީހުންނެވެ

އެސްޑީއެފަށް ޖަމާކުރެވޭ ފައިސާ

- އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބޭ ފައިސާ .

- ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބޭ އާމްދަނީގެ 10 ޕަސެންޓް.

- ސޮވަރިން ގެރެންޓީ ފީ.

- ގަވަނިން ކައުންސިލްގެ ލަފާގެ މަތިން ފަންޑަށް ޖަމާކުރުމަށް ރައީސް ކަނޑައަޅާ އެހެނިހެން ފައިސާ.

ގަވަނިން ކައުންސިލުން ފަންޑުގައި ހިމެނޭ ފައިސާ އިން އިންވެސްޓްކުރުމުގެ އަސާސްތަކާއި އެކަމާ ގުޅޭ އިޖުރާއަތުތައް ކަނޑައެޅުމާއި އިންވެސްޓްމެންޓް ޕޮލިސީ ފާސްކުރުމާއި ފަންޑު ޕާފޯމަންސް އަދި ރިސްކު މެނޭޖްމެންޓް ރިވިއު ކުރާނެ އެވެ.

ގަވާނިން ކައުންސިލުން ފަންޑު އިތުރަށް ފުޅާކޮށް، ބެލެހެއްޓުމަށްޓަކައި ހާއްސަ އިންވެސްޓްމެންޓް ކޮމިޓީއެއް އުފައްދަން ޖެހޭނެ ކަމަށް ވެސް އެސްޑީއެފް ބިލްގައިވެ އެވެ. އެ ކޮމިޓީގައި ފަސް މެންބަރުން ތިބޭނެ އެވެ.

އެއީ އެކައުންޓެންޓް ޖެނެރަލާއި ފިނޭންސް މިނިސްޓްރީގައި ދަރަނި މެނޭޖްކުރުމާ ބެހޭ ޑިޕާޓްމެންޓްގެ އިސް މުވައްޒަފަކާއި ފިސްކަލް އެފެއާޒް ޑިޕާޓްމެންޓްގެ މުވައްޒަފެއްގެ އިތުރުން އިންވެސްޓްމެންޓާ ގުޅޭ ދާއިރާގެ ދެ އެކްސްޕާޓުންނެވެ. އެ ކޮމިޓީ ޗެއާ ކުރަން ޖެހޭނީ އެކައުންޓެންޓް ޖެނެރަލް ކަމަށް ބިލުގައި ވެ އެވެ.

އެސްޑީއެފްގެ މަސައްކަތްތަކާ ގުޅޭ އިދާރީ ހުރިހާ ކަމެއް ބެލެހެއްޓުމަށް ފިނޭންސް މިނިސްޓްރީގެ ދަށުން ހާއްސަ އޮފީހެއް ހުޅުވަން ޖެހޭކަމަށް ބިލްގައިވާ އިރު، އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރެއް އައްޔަން ކުރަން ޖެހެ އެވެ. އެ މަގާމަށް މީހަކު އައްޔަން ކުރާނީ ގަވަނިން ކައުންސިލުންނެވެ. އެ އޮފީހުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމަށް މުވައްޒަފުން އައްޔަން ކުރަން ޖެހޭނެ ކަމަށް ވެސް ބިލްގައިވެ އެވެ.

އެސްޑީއެފް ބިލްގައިވާ ގޮތުން އެ ފަންޑުގެ ކަސްޓޯޑިއަންއެއް ނުވަތަ ބެލަހައްޓަން ޖެހޭނީ އެމްއެމްއޭއިންނެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަސައްކަތުމީހ

28 February 2024

މިތަނުގައި މަސައްކަތްކުރަން ވަރަށް ބޭނުން. ރައީސް މުއިޒު މިފުރުސަތު ފަހިކޮށްދެއްވާނެކަމަށް އުންމީދުކުރަމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454