ރައީސް ޑރ. މުހައްމަދު މުއިއްޒަށް ށ. ކޮމަންޑޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
28 ފެބުރުއަރީ 2024 - 12:45
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ށ. ކޮމަންޑު އާއި މި ރަށާ ކައިރީގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ ސްޕީޑް އަވަސްކޮށް، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ރާއްޖޭގެ އުތުރަށް ކުރައްވާ ދަތުރުފުޅުގައި ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވިދާޅުވީ، މި ރަށުގައި ގިނަ މަޝްރޫއުތަކެއް ފަށައިފައި ހުރި ނަމަވެސް، އެއްވެސް މަސައްކަތެއް ނުނިމި ދިގުލައިގެން ދާތީ ކަންބޮޑުވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންވެ، ހާއްސަ އިސްކަމެއް ދެއްވައިގެން މަޝްރޫއުތައް ނިންމުން އަވަސްކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ރަށުގެ ތަރައްގީ އަށް ފެށިފައި ހުރި މަސައްކަތްތަކާއި އަދި ދެން ކުރަން ހުރި މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ. ރައްޔިތުން އެދޭ ގޮތަށް ތަރައްގީ މި ރަށަށް ޔަގީންކޮށްދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ށ. ކޮމަންޑޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުއަކީ 2022 ވަނަ އަހަރު ބޭއްވި މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިި-އިލެކްޝަންއާ ދިމާކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވައުދުވެ، ފެށި މަޝްރޫއެކެވެ. ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކުރެވޭ އެ މަޝްރޫއުގެ މަސައްކަތް އޭރު ފެށި ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އެ މަސައްކަތް މަޑުޖައްސައިލި އެވެ.
އެ މަޝްރޫއުގެ ތެރެއިން މަތިކޮމަންޑޫގެ ބިން ހިއްކުމާ އެކު، ބޮޑު ހިލަ ޖަހައިގެން 1،500 މީޓަރުގެ ތޮށްޓެއް ގާއިމްކުރުމާއި ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮކްޓެޝަން ރެކްޓިފިކޭޝަން މަސައްކަތް ވެސް ކުރަން ހަވާލުކުރި އެވެ. އަދި ކޮމަންޑު އާއި މަތިކޮމަންޑޫގެ ބިން ކޮންކްރީޓް ފާލަމަކުން ގުޅާލަން ވަނީ ޕްލޭންކޮށްފަ އެވެ. ނަމަވެސް، މި ހުރިހާ މަސައްކަތް އަދިވެސް އޮތީ މަޑުޖެހިފަ އެވެ.
ރައީސް ވިދާޅުވީ މި މަސައްކަތްތައް ދަނީ ދާން ޖެހޭ ސްޕީޑުގައި ނޫން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ހުރިހާ މަސައްކަތެއް މި އަހަރުގެ ތެރޭގައި ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ށ. ކޮމަންޑޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް، ކޮމަންޑޫ ކައިރީގައި އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމުގެ ޔަގީންކަން މިއަދު ވެސް ދެއްވައިފަ އެވެ. ދިގުވެލިދޫގައި އެއާޕޯޓެއް އެޅުމަކީ 2022 ވަނަ އަހަރު ބޭއްވި މި ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންމެ ފުރަތަމަ ވެވަޑައިގެންނެވި ވައުދެކެވެ.
ދިގުވެލިދޫގައި އެއާޕޯޓެއް ހަދާއިރު މި އަތޮޅު މިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ. މި ދެ އެއާޕޯޓާ އެކު މި އަތޮޅުގައި ޖުމްލަ ހަތަރު އެއާޕޯޓް އޮންނާނެ އެވެ. އެއީ ފުނަދޫ އެއާޕޯޓާއި ކުރީ ސަރުކާރުން ފަށާފައިވާ ބިލެތްފަހީގެ އެއާޕޯޓާ އެކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތާނީ
28 February 2024
މިފަހުގެ ރައީސުން ކޮމަންޑޫ ބޭނުންކުރަނީ ސިޔާސީ ހަތިޔާރަކަށް ރިޟުވާނުގެ މަރުފަދައިން.
އަޅި އަލީ
28 February 2024
މުއިްއްޒު އެހެން ބުނެފިއްޔާ އެކަން ކުރާނެ! އެކަން އަވަސްވެސް ވާނެ! މުއިޒް ސްޕީޑް ގަ ނިންމަވާނެ!
ބާބޫޖީ
28 February 2024
މަހީކުރީ ގައުމު ގައުމުއޮތީ ދެުރުމުގެ ފަހުމަރުހަލާގަ ކަމަށް ...
ޑޮކްޓަރ
28 February 2024
ދެގުޅަ ޕެނަޑޯލް ކާލައިގެން ރަޖާލައިގެން އޮވޭ!!!!!
ދޯޕައްޓާ
28 February 2024
ބޮޑުރަށެއް ކުޑަރަށެއްނުބަލާތަ މިހާރުވެސް.
ކޮމަންޑޫ އަތިރިމަތި
28 February 2024
ގުޅުވަންތާ ދެން ޖެހޭނީ. ކޮމަންޑޫ އެއްރަށެއްގެ ގޮތުގަ އޮއްވަ ބަޔަކުމީހުން ވެއްޖެވިއްޔަ ރަށް ފަޅާލާފަ އޮޑިދުއްވަން. ރަށުގެ އެއްފަރާތު ކަނޑުއޮޅިން ދިޔަނަމަވެސް އެކުރަން އުޅުނުކަމެއް ވީހެންނު.
ށ.އަތޮޅު މީހާ
28 February 2024
ބައެއް ސިޔާސީ މީހުން ހީކުރަނީ ށ.އަތޮޅު މީހުންނަކީ ނުކިޔަވާތިބި މިރާއްޖޭގައި ކަންކަންވަމުންދާ ގޮތް އެރައްޔިތުންނަށް ނޭގޭ ކަމަށެވެ. ށ.އަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން މިވިދާޅުވަނީ މިރަށުގެ މަޝްރޫޢުތައް ހުއްޓިފައި މިހުރީ ބަޖެޓްގައި ފައިސާ ހިމަނާފަ ނެތުމުންނެވެ. ތިމަންނާމެން އެމަޝްރޫޢުތައް ހުއްޓުވީއެއްނޫނެވެ. ތިޔަބޭފުޅުންނަށް ހީވެފައިވަނީ ކުށް ހީއެކެވެ. ށ.އަތޮޅު މީހުންނަކީ ތަޢުލީމީ ރައްޔިތެކެވެ. ކަންކަންް އޮޅުވާލަން ނޫޅުއްވާށެވެ.
ތިނެއްގެ
28 February 2024
ދޮގުން ކަންތައް ކޮއް ދޮގު ތެދު ކުރެވޭ ތޯ ކުރިން އުޅުނު ސަރުކާރެއް ވަނީ ރައްޔިތުން ނޫނެކޭ ބުނެފަ މީގެ 3 މަސްކުރިން
ކަޅަ ބޭބޭ
28 February 2024
މިހާރު ކޮންމެ އަތޮޅެއްގައި އެއަރޕޯރޓެއް އޮންނަން އެބަ ޖެހޭ؟ ރަށުގެ ފުއްޓަރު ފަރާތުގައި ދެތިން ގަސް ކަނޑާލައި ބަރު ދުއްވާފައި ތާރު ފަށެއް އަޅާލީމާ އެއަރޕޯރޓު އެ ނިމުނީ@ ބަޖެއްޓެއް ބޭނުމެއް ނުވާ މި ކަންތައް ވެސް ނުކޮށްވޭތޯ އުޅެނީ
އެބަރަނގަޅުވޭ
28 February 2024
މިހާރު ތިދަނީ ރަނގަޅަށް. ފަށާފައިހުރި މަސައްކަތް ނިންމާ. ތެދުބަހުން ހަގީގަތާއި އެއްގޮތަށް ވާހަކަދައްކައި އަމަލުތައް ބެހެއްޓުމަކުން ގެއްލޭނެއެއްޗެއް ނޯންނާނެ.
އަލިބެ......
28 February 2024
ނިމިފަ ހުރި ކަމެއްނޫނީ ނުކުރެވޭނެ. ތެދެއް ހަދަން އެގޭވެސް މީހެއްނޫން.
ޢަހަންމާ
28 February 2024
ތެދު ހަދާނީއެއްނޫން. ތެދު ބުނާނީ. ދޮގު ހަދާނީ.
ނިމިނިމުން
28 February 2024
ނިމިދިޔަ ސަރުކާރުން ފެއްޓި އެއްވެސް ކަމެއް ނިމިފަކާ ނެތް ނިމުނީ ސަރުކާރު އެކަނި