ކޮމަންޑޫ: އެރަށުގެ ބިން ހިއްކުމާއި އެއާޕޯޓްގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައި --- ފޮޓޯ/މިހާރު
14 އޮކްޓޯބަރ 2025 - 18:11
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް ށ. ކޮމަންޑޫ ބިން ހިއްކުމާއި އެއާޕޯޓްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ އެންމެ ފަހު ރަށަކަށް ކޮމަންޑޫއަށް ވަޑައިގެން، އެރަށުގެ ބިން ހިއްކުމާއި އެއާޕޯޓުގެ އަމަލީ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ.
އެ ރަށުގައި އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު ޒަމީރެވެ.
ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް ހިންގަން އުޅުނު މަޝްރޫއެކެވެ. އެކަމަކު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް އޭރު ފެށިފައެއް ނުވެ އެވެ.
ށ. އަތޮޅުގައި މިހާރު އެއާޕޯޓް އޮންނަނީ ހަމައެކަނި ފުނަދޫގަ އެވެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބިލެތްފައްސާއި ކޮމަންޑޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، ރައީސް ވަނީ އެ އަތޮޅު މިލަންދޫގައި ވެސް އެއާޕޯޓެއް އަޅާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދާއިންް
15 October 2025
ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް. ތިއީ ހަމަ އެއްވަނަ.
އިސްރާފް
15 October 2025
އަލިފުށީގަ އަޅާފަ ކީއްކުރަން ކޮމަންޑޫގަވެސް؟ މިހާރުވެސް މަދު އެއާޕޯޓެއްގަ ނޫނީ ކޮންމެ ދުވަހަކު ފްލައިޓު ނޯވޭ
ޟީދު
15 October 2025
ހާދަ ހިވޭ ޢިންތިހާބު ކާރިވާހޭން . ޢައިއެމް
ޢަރުތަ
14 October 2025
2023ގަ ވީ ހުރިހާ ވައުދެއް ފުއްދާ ނިމުނީބާ! އަނެއްކާވެސް އިތުރު ވައުދުތަކެއް މިވަނީ.
ކަނބުލޮ11
15 October 2025
މީހަކު ވައުދެއްވެފަ 5 މަސްވާއިރަށް ވައުދު ފުއްދޭތަ؟؟ މީހުން ވައުދުވަނީ 5 އަހަރަށް. އިބްރާހީމްވެސް ތިޔަ ކޮމަންޑޫގަ 3 މަސްތެރޭ ބުރިޖްއަޅާ ރަށު ކުރިމަތީ އޮތް 3 ރަށް ރިސޯޓް ހަދަން އިއުލާނުވެސް ކުރި..ވީކަމެއް ހަތްހަރާމުން ހަރާން. އެކަމަކު އެވައުދު ނުފުއްދާ ވާހަކައެއް އެމްޑީޕީ މީހުނެއް ނުކިޔާ.. އަޖައިބެއްމީ ވެސް.