މަތިވެރި އެއާޕޯޓް ހިންގާނީ ވެސް އެމްއޭސީއެލުން. ރައީސް ވިދާޅުވީ އެއީ 100 ޕަސެންޓު ފީޒަބްލް ޕްރޮޖެކްޓެއް ކަމަށް.
އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު މަތިވެރީގައި ހެދުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމްރާން (ވ) އާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިރޭ ސޮއިކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
19 އޯގަސްޓް 2025 - 22:24
ގިނަ އަދަދެއްގެ ރިސޯޓު ހިންގާ އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު، މަތިވެރީގައި އަޅަން ބޭނުންވާ ބިން ހިއްކުމާއި އެ ތަން ތަރައްގީކޮށް އޮޕަރޭޓް ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ސަރުކާރުން މިރޭ ހަވާލުކޮށްފި އެވެ.
މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ އެއާޕޯޓު އެއްބަސްވުމުގައި އެމްއޭސީއެލާ އެކު، ސޮއިކުރީ ރައީސް އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގަ އެވެ.
އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލްމުހައިމިން އެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި މަތިވެރި އެއާޕޯޓަށް އިންވެސްޓްކޮށް، އެ ތަން ހިންގައި ހުރިހާ ކަމެއް ބަލަހައްޓާނީ ވެސް އެމްއޭސީއެލުންނެވެ.
އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު މަތިވެރީގައި ހެދުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމްރާން (ވ) އާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިރޭ ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ތައްޔާރުވެގެން.---ފޮޓޯ: ރައީސް އޮފީސް
"މި މަޝްރޫއާ ގުޅިގެން ރަށަށް ބޭނުންވާ ރަށުގެ ތަރައްގީގެ އެކި ކަންކަމަށް، ބޯހިޔާވަހިކަމާއި އެކި ކަންކަމަށް 26.5 ހެކްޓަރުގެ ބިމާ އެކު އޭގެ އިތުރަށް އެއާ ގުޅިގެން އެއާޕޯޓު ތަރައްގީ ކުރެވޭނީ. މި އެއާޕޯޓަކީ ފުރިހަމަ އަށް ދެކޮޅު ޖެހޭނެ އެއާޕޯޓެއް، އޭގެ ހުރިހާ ހިސާބެއް ބަރާބަރަށް ދިމާވާ 100 ޕަސެންޓު ފީޒަބްލް ޕްރޮޖެކްޓެއް،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އެއާޕޯޓްސް ކޮމްޕެނީ އަށް މި މަޝްރޫއު ވަރަށް ފަސޭހަ ވެގެންދޭ."
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި މަތިވެރި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް 30 މަސް ދުވަސް ނުވަތަ ދެ އަހަރާއި ބައިގެ މުއްދަތުގައި ނިންމައި އެ ތަން ހުޅުވާނެ އެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީޒު ވިދާޅުވީ މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ އެ ރަށު ރައްޔިތުން އެތައް ސަރުކާރެއްގައި އެދުނު ކަމެއް ނަމަވެސް މިހާތަނަށް ފުރިހަމަ ނުވެ އޮތް "ހުވަފެނެއް" ކަމަށެވެ.
އެކަން ފުރިހަމަ ކޮށްދެއްވީ ރައީސް މުއިއްޒު ކަމަށާއި އެކަމަށް އެ ދާއިރާގެ ހުރިހާ ރައްޔިތުންނާއި ހާއްސަކޮށް މަތިވެރި ރައްޔިތުން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
ރައީސް އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި މަތިވެރި އަށް ވަޑައިގެން ދެއކެވި ވާހަކަފުޅުގައި ވިދާޅުވި އެއާޕޯޓެއް އެޅުމަކީ މަތިވެރި ދާއިރާ އަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ޓޫރިޒަމަށް ބަރޯސާވެފައިވާ މި އަތޮޅަށް އެއާޕޯޓެއް ބޭނުންވާ ކަމަށެވެ.
އެ ސަރަހައްދުގައި ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރަން ޖެހޭ ކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އަމާޒަކީ ޓޫރިސްޓު ރިސޯޓުތަކާއި ޓޫރިޒަމްގެ އެކިއެކި ފަހި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. ވިދާޅުވީ އެ ހުރިހާ ކަމަކާ އެކު ރައްޔިތުންނަށް އިގްތިސޯދީ ގޮތުން ކުރިއެރުންތައް ލިބޭ ތަން ފެންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބްރާ1
24 August 2025
އެމްއޭސީއެލް އަކަށް ނޭގޭ ތިކަމެއް. ތިޔަ އެއަރޕޯރޓް ގެ ޑިޒައިން ވީ ހިސާބެއްވެސް އެމްއޭސީ އެލް އަކަށް ނޭގޭ.
މުއްބެސލޑ
21 August 2025
ރައްޔިތުން ދެކެ ހަގީގީ ލޯބިވާ ރައީސަކީ ޑރ މުހައްމަދު މުއީއްޒު
ޖައިޝަމް ސލޑ
20 August 2025
ކަންވާނީ އެމްއޭސީއެލް އައް
ޖައިލަމ
20 August 2025
މިކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ އަތޮޅަށް ޓޫރިޒަމްއިން ލިބޭ ފައިދާ ދިހަ ގުނަ އިތުރުވެގެންދާނެ.
ޙުޝާންޓެ
20 August 2025
އަޖައިބު ކުރުވަނިވި ޚަބަރެއް! މަތިވެރީގައި ފުރަތަމަ އެއާޕޯޓް އެޅުމުގެ ކޮންޓްރެކްޓް އެމްއޭސީއެލްއާ ހަވާލުކުރުމުން ގުޅުން އިތުރުވެ، ފަތުރުވެރިކަން ކުރިއަރުވައި، މުޖުތަމަޢަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. ކުރިއެރުމާއި ސަރަޙައްދީ ތަރައްޤީއަށް އެޅި ބޮޑު ފިޔަވަޅެއް.
ލޯގަޑުން ބަލާ
20 August 2025
އަހަރެމެންނަކީ އެމްޑީޕީ އަށް މަރުދޭ މީހުން. އެކަމަކު ގަބޫލުކުރަންޖެހޭ އެއްކަމެއްވެސް ނުވިކަން. ދަވާލީ. ހަމަ ދަވާލީ. މުއިއްޒު އަށް ވޯޓު ދޭން ނިންމައިފިން
ޒިލްމާ ހަބީބް
20 August 2025
އަހަރެމެންގެ އުންމީދު ހާސިލު ކުރި ރައީސަކީ މުއިއްޒު. ޔާމީނަކަށް ނު، އިބޫ އަކަށް ނުވި. ދެންވެސް އިރާދަކުރެއްވިއްޔާ ވޯޓު ދޭނީ މުއިއްޒުއަށް
ކެޓްރީނާ
20 August 2025
މިއީ މިކިޔާ ލާމަރުކަޒީ ވުމަކީ. އަތޮޅެއް ކުޑަ ވުމަކުން، ރަށެއް ކުޑަ ވުމަކުން ތަރައްގީއިން މަހުރޫން ނުވާނެ. ގަދަ މުއިއްޒު
ކޮސްގޮވުން
20 August 2025
އއ ގަ އެއާޕޯޓެއް ނެތް؟ ދެން އަޅެ ޔާމީން ކީއްތަ މިކުރީ؟ މާލެ އެކަނި މީނަ ތަރައްޤީ ކުރީ. ދެން ހުރީ އިބޫ. ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ގައުމު ދަވާލީ
ޝަރީފްބޭ
20 August 2025
މަތިވެރީގަ އެއާޕޯޓެއްގެ އުންމީދުގައި ހުންނަތާ ލައްކަ ދުވަސް ވެއްޖެ. މިކަން މި ދައުރުގައި ނިމޭނެކަމަށް އުންމީދު ކުރަން