މަތިވެރީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފްއާ ސަލާމް ކުރައްވަނީ.
15 އޮކްޓޯބަރ 2025 - 08:54
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ބިންތައް ހިއްކަން އެ ކުންފުނިން މި އަހަރު ތިން ޑްރެޖަރު ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ ރަށްރަށުގައި އެއްފަހަރާ އެފަދަ ކަންކަން ކުރަން ފަށާފައިވާތީ އެކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔާ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކޮންމެ ކަމެއް ކުރަނީ ވެސް ޕްލޭނެއް އޮވެގެން ކަމަށާއި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދާނީ އެއްފަހަރާ ކަމަށެވެ.
ބައެއް އަތޮޅުތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެފައިވާ ކަމަށެވެ.
- މި މަސް ނިމުމުގެ ކުރިން ގާތްގަނޑަކަށް 11،000 ޓަނުގެ ޑްރެޖަރެއް ގެންނާނެ. މި ޑްރެޖަރު ގެންދާނީ ތ. ވިލުފުށީގެ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކަން.
- އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ ހަފުތާގެ ތެރޭގައި 45،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ރާއްޖެ ގެންނާނެ، އެ ޑްރެޖަރުން މަސައްކަތް ކުރާނީ ރަސްމާލެ އަށް ބޭނުންވާ ބިން ހިއްކަން.
- ތިން ވަނަ އަށް ވެސް ގެންނާނެ ކަމަށް ރައީސް ރޭ ވިދާޅުވީ 45،000 ޓަނުގެ ޑްރެޖަރެއް. ކުރިއަށް އޮތް ޑިސެމްބަރު ދެ ވަނަ ހަފުތާގައި އެ ޑްރެޖަރު ރާއްޖެ ގެނެސް ފުރަތަމަ ހިއްކާނީ ހއ. ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ހއ. އަތޮޅު ނިންމާ ގޮތަށް އެ ޑްރެޖަރު ފޮނުވައިލާނީ ށ. އަތޮޅު އެއާޕޯޓުތަކަށް ބޭނުންވާ ބިން ހިއްކާށެވެ. އަދި ށ. އަތޮޅުގައި ހިއްކަން ނިންމާފައިވާ ހުރިހާ ބިމެއް ނިންމުމަށްފަހު މާލެ އަތޮޅުގައި ނުނިމި ހުރި މަސައްކަތްތައް ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ މަޝްރޫއުތައް ނިންމުމަށް އެމްއޭސީއެލް އިން އިތުރު ކުންފުންޏަކާ އެގްރިމަންޓް ހަދާފައިވާ ކަމަށެވެ. އެ ކުންފުނިން ވެސް ޑްރެޖަރުތައް ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކްސިް
15 October 2025
އެމްޓީސީސީ ކޮބާ؟
ޥަންމޭން
15 October 2025
ޢެމްއޭސީއެލް އިން ބޮޑު ގުޅަ ތެއްލާ މެސިނަކާ ބޮދު ހަވާދު ތަޅާ ވަނެއް ނުގެނޭތަ؟
ގިޓޯ
15 October 2025
މިކަހަލަ މިކަހަލަ ތަރައްގީގެ ކަންކަން އެމްޑީޕީ ކުދިންނަށް ހަޖަމް ނުވާނެ ކަން ކަޝަވަރު
ނޫސަންގު
15 October 2025
އެމްއޭސީއެލް އިން ކުރަންވީ ކަމަކީ މާލޭގެ ދަތުރުވެރިންގެ މާކެޓާ މަސްމާރުކޭޓް ހިންގުން. އޭރުން ދުނިޔޭގެ ފެންވަރަށް އެކަން ގެންދެވޭނެ.
ކަކުނިބޯ
15 October 2025
ކުތިޔަށް އޮތް ރިޔާސީ އިންތިހާބަށް ފަންޑްރައިސިން ޖައްސަންޖެހޭ
މެންދޫ އެއަރޕޯޓް
15 October 2025
މެންދޫ އެއަރޕޯޓް
ރަންދެލި
15 October 2025
އެމްއޭސީއެލް އިން ބޭކަރީ ޚިދުމަތް ދޭނެ ދުވަހެއްގެ އިންތިޒާރުގައި އެބަ ހުރީމެވެ...
މޫސާ ޔައިޝް
15 October 2025
ތަރައްގީގެ މަސައްކަތް ބާރު ސްޕީޑުގައި. ކަންކަން މިދަނީ ތަރުތީބުވެ ނަތީޖާ ފެންނަމުން،
މާކަނާ
15 October 2025
ހުޅުދޫމީދޫ އާއި ހިތަދޫ ދޭތެރޭގައި ބްރިޖްއެޅުމަކީ ކީއްކުރަން ކުރާކަމެއް؟ ހުރިހާ މީހުންހެން އަތޮޅުން ބޭރުގައި! އަފީފުދީދީ ވެސް ރަށުގައި ހުރެގެން ކޮމެންޓްކުރުން ފިޔަވާ މަސައްކަތެއް ކުރާހެން ހިއެއްނުވޭ! އެ ދެރަށް ދެމެދު ބްރިޖްއަޅަން ބަލާއިރު އެތެރެވަރިން ދެރަށް ދޭތެރޭގައި ފުން ކަނޑުގެ އިތުރުން 12 ކިލޯމީޓަރހުރޭ! ދެން ކަނޑިހެރާގެ ދެ ފަރާތުގައި އޮތް ހަނި ދެކަނޑު އޮޅި ހުރަސްކޮށް ކުޑަ ދެ ބްރިޖް އަޅާފައި ހިތަދޫގެ އުތުރުކޮޅުން ފަށައިގެން ފަރު ފަރުމަތިން ބްރިޖްގެންދާ ނަމަ ހިތަދޫގެ ހެދި ނެރަށް އުނދަގޫވާނެ. މިގޮތަށް ބްރިޖް ދަމާލަންޏާ 15 ކިލޯ މީޓަރ ހުރޭ! ވީމާ، އެ ބްރިޖަކީ އިކޮނޮމީ އޮފް ސްކޭލް ލިބޭ ބްރިޖަކަށް ވޭބާ؟
ފީސިބުލް
15 October 2025
އިކޮނޮމީ އޮފް ސްކޭލު ހާސިލުކުރެވެނީ ވީހާވެސް ކުޑަ އަގެއްގައި ވިޔަފާރި އުފައްދައިގެން. މަގުތަކާއި ބުރިޖުތައް ފަދަ މުޖަތަމައަށް ބޭނުންވާ ޚިދުމަތްތަކުގައި ބެލޭނީ އެއީ އެބަޔަކަށް ބޭނުންތެރި ކަމެއްތޯ. މިބުރިޖުން 40 ހާސް ރައްޔިތުން ހުރިހައިގޮތަކުންވެސް ގުޅުވައިދޭނެ. ކުރުމުއްދަތަކުން ފައިދާއެއް ނުފެނުނަސް ދިގުމުއްދަތަކަށް ބަލާއިރު މުޅި ސިޓީ އެތައްގުނައެއް ތަރައްގީވެގެން ދާނެ. އަދި ބުރިޖު އަޅަން ސަރުކާރުން ވައުދުވީވެސް އެސަބަބުތަކާއިހެދިކަމަށް ވެދާނެ.
ބުހާރީ
15 October 2025
ތިކަންކުރަން ރައްޔަތުންނާއި ސަރުކާރު ހިއްސާވެގެން ހަދާފައިހުރި ކުންފުނިން ކުރަންޖެހޭނީ. މިހާރުވެސް ހިއްކާނެ އަގުދެނިކޮއް. ދެން ހީނުވޭ އެއަރޕޯރޓް ކޮމްޕެނީ ސަލާމަތުން އޮންނާނެކަމަށް. ފާއިތުވެދިޔަ އެސްވެސް ސަރުކާރަކުން އެއަރޕޯރޓް ކޮމްޕެނީ ސިޔާސީކޮއްގެން ބޭކާރުގޮތުގައި މީހުންވައްދާ ކެންޕެއިނަސާއި ސަރުކާރުގެ ޕްރެޖެކްޓްތަކަށް ހަރަދުކުރުވާފައިނުވޭ.