ވިލުފުށި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ކުރަނީ.---ފޮޓޯ: ރައީސް އޮފީސް
24 ސެޕްޓެމްބަރ 2025 - 09:33
ތ. ވިލުފުށީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވިލުފުށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެއާޕޯޓު މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ. ސަރުކާރުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ވިލުފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ރޭ ވިދާޅުވީ އެ ރަށުގައި އެއާޕޯޓެއް ހަދައި، ރައްޔިތުންގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހައިދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ.
ވިލުފުށި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ ތަނުގެ އޮޕަރޭޝަނަލް އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒާއި އެންމެ ފަހުން ވިލުފުށީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވެސް ރަށުގެ ހިދުމަތްތައް ފުޅާކުރުމަށް އެދި ހުށަހެޅި ހުށަހެޅުންތަކާއި އެކު އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ގެންދިއުން ވެސް ހިމެނެ އެވެ.
ރައީސް ވިދާޅުވީ އެ ރަށުގައި އަޅާ އެއާޕޯޓުރަންވޭގެ ދިގުމިނަކީ 1،800 މީޓަރު ކަމަށެވެ. އަދި އެ އެއާޕޯޓުގެ ބިން ހިއްކުމާއި ހިއްކާ ބިން ހިމާޔަތްކޮށް ރަންވޭ ހެދުމުން ފެށިގެން ހުރިހާ މަސައްކަތެއް ކުރިޔަށް ގެންދާނީ އެމްއޭސީއެލުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމަން ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.
ވިލުފުށި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އެހެން ބޭފުޅުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ވިލުފުށި އެއާޕޯޓަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގެ ވެސް ވައުދެކެވެ. އިބޫގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށްވެ، އިންތިހާބު ބޯމަތިވެފައި އޮއްވާ އިބޫ އެ ރަށަށް ވަޑައިގަތުމުން އިހުތިޖާޖު ކުރުމުގެ ގޮތުން އެއާޕޯޓު މޮޑެލަކާއި ހޮސްޕިޓަލްގެ މޮޑެލެއް ބަނދަރު ސަރަހައްދުގައި ބަހައްޓައި، އެ ވައުދު ނުފުދޭތީ ރިބަން ކަނޑަން ވެސް އެރަށު ރައްޔިތުން ތައްޔާރުކުރި އެވެ.
ރިސޯޓް ހަދާނެ ރަށެއް ދޭ އުސޫލުން، ވިލުފުށީ އެއާޕޯޓު ހެދުމަށް ބިން ހިއްކުމަށް އޮގަސްޓު 2023 ގައި އޭރުގެ ސަރުކާރުން ހަވާލުކުރި އެވެ. ނަމަވެސް މިހާތަނަށް އޮތީ އެއްވެސް މަސައްކަތެއް ނުކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖޯކް
24 September 2025
ރަށުގަ ވަރިހަލަ 10މީހުން އުޅުނަސް. އެޔާޕޯޓް އަޅާފާނެ. ދައުލަތުގެ ހަރަދަށް ބެލުމެއްނެތި ބޭކާރު ޕްރޮޖެކްޓުތަށް. ކަންކުރީމޭ ކިޔަން ހުސް ފޮޓޯއޮޕް. މިގައުމުގަ ޓާފުދަނޑު، އެޔާޕޯޓު، ބުރިޖު،،މިސްކިއް ނޫން އައިޑިޔާއެއް ހުރިބަޔަކު ނޫޅެބާ. ބޭރުން ކިޔަވައިގެން އަންނަ މީހުންވެސް ވަކި ތަފާތެއްނޫން.
ތައިލެން
24 September 2025
ތައިލެންޑުގަ އޮޕަރޭޓްކުރަނީ އެމްމެ އެއާޕޯޓެ ދެން އޮތީ ކުރީގެ އެއާޕޯޓް އެތަން ހިންގަނީ ގެއްލުމުގަ.
ކަޅޭ
24 September 2025
ކުރިޔައް އޮތްތަނުގައި އަތޮޅުގެ އަހަރެމެން ބިތުގައި ހާދަ ގިނަ އެއާޕޯޓެކޭ އޮންނާނީ. ކިތައްމެ ގިނަ އެއާޕޯޓް އެޅިޔަސް އަހަރެމެން ދަތުރުކުރާނީ ލޯންޗު ފެރީގައި. ތިޔަ އެއާޕޯޓްތައް ނާޅާ ސީޕްލޭން ޖައްސާ ގޮތައް ހެދިއްޔާ މަށައް ހީވަނީ މާރަނގަޅު ވާނެހެން
އައްޑޫ ހިތަދޫ
24 September 2025
އައްޑޫ އަކީ ގާމަތީ ރަށެއް. ޑީގޯގާސިޔާ އެމީހުންނަ ނުލިބުނު ނަމަ އައްޑޫ ރައްޔިތުން އައްޑޫން ބާލާފަ އިގިރޭސް ވަރުގަދަ ބޭހެ އަޅާނެ.
ހައްގުބަސް.
24 September 2025
ބެންކޮކްގަ އެމްމެ އިޔާޕޯޓެއް ހިންގެނީ. އެހެން ރައްތަކުންވެސް އަންނަން ޖެހެނީ ބެންކޮކައް. އިންޑަނޭޝަނަލް އެޔާޕޯޓެއް ހިންގެނީ ވަރައް މަދު ގައުމުތަކައް. އައްޑޫ ލަންކާ ފްލައިޓައް އަރަނީ 4 މީހުން ދެންކިހިނެއް އެޔާލަައިނަ ފައިދާވާނީ.
އޮނަރަބްލް އަފީފު ދީދީ
24 September 2025
ކޮއްކޯ ނޭގޭ ވާހަކަ ނުދައްކާ. ބެންކޮކަކީ ތައިލެންޑްގެ އެންމެސިޓީއެއް އިގޭތޯ. ތައިލެންޑަށް ޗުއްޓީހަދާލަން ޔޯރޮޕުންނާއި އޮސްޓްރޭލިއާ، ރަޝިޔާ އަދި އެމަރިކާ އާއި ޗައިނާއިން އަންނަ ފަތުރުވެރިން ތައިލެންޑަށް އަންނަނީ Suvarnabhumi Airport ނުވަތަ ޑޮން މުއަން އެއަރޕޯޓަކަށް ނޫން. ތައިލެންޑްގެ 12 ސިޓީގައި އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޓް ކުރޭ. ދެންއޮތީ ސްރީލަންކަން އައްޑުއަށް ހުސް ދަތުރު އަޅާވާހަކަ. 15 އަހަރު ވަންދެން ހަމަ ހުސް ފްލައިޓްތޯ އެމީހުން އަޅަނީ؟!
ނުރައްޔާ
24 September 2025
ވިލުފުށީ ކަންކަން ކުރަން ނުޖެހޭ ސަބަބެއް ނެތް. ވެރިކަން ހިފަހައްޓަނީ އެމީހުންނޯ ކިޔާތީ އަޑު އިވޭ
އަފްރާސިޔާބު
24 September 2025
ސާބަހޭ މުއިއްޒު ތިކުރާ ހިއްވަރަށް. ފަށާފައި ބަހައްޓާ ޕްރޮޖެކްޓްތައް. އެމް.އޭ.ސީ އެލްގެ ބޭފުޅާ އެހުންނެވީ އަރުވާޖަހާފައި އަނހާތަކުރާ މިކަންކުރާނަމޭ ބުނާގޮތަށް ދެފައިކައިރިވެސް ނުކުރެވި.
އޮނަރަބްލް އަފީފު ދީދީ
24 September 2025
ފަންސަވީސް ބިލިޔަން ޑޮލަރު ޙަރަދުކޮށް ކ.މާލޭ އެއަރޕޯޓް ތަރައްޤީކުރިއިރު ރާއްޖޭގެ އުތުރުގައިއޮތް ހަނިމާދޫ އެއަރޕޯޓާއި އެންމެދެކުނުގައި އޮތް ރާއްޖޭގެ އެންމެދުވަސްވީ އެންމެފުރަތަމަ އެއަރޕޯޓް އައްޑޫ GAN International Airport އަދިވެސްއޮތީ ވަރަށް އާދައިގެހާލަތެއްގައި. ނަތީޖާއެއްގެ ގޮތުން ކ.މާލޭ އެއަރޕޯޓަށް ނުޖެއްސިގެން އޯލްޓަނޭޓިވް އެއަރޕޯޓްގެ ގޮތުގައި ހަނިމާދޫ ނުވަތަ GAN International Airport ބޭނުންނުކޮށް އަދިވެސް ބޯޓްތައް ޑައިވާޓްކުރަނީ ސިލޯނަށް.
އޮނަރަބްލް އަފީފު ދީދީ
24 September 2025
ކ.މާލެއަށް "ކުލީއަޅުން އުފުލަން" އެއްކޮޅަށް ދަތުރުކުރާގޮތަށް (ކ.މާލެނޫން އެހެންއެއްވެސް ރަށަކަށް އެ އެއަރޕޯޓުތަކުން ދަތުރުނުކުރެވޭ ގޮތަށް) މާލޭސަރުކާރުން އަޅާފައިވާ ތިފަދަ އަގުބޮޑު ޑޮމެސްޓިކް އެއަރޕޯޓްތަކަށް ބަލާއިރު ސްޕީޑް ލޯންޗްގައި 5 މިނިޓުން ދަތުރުކުރެވޭ ފ.މަގޫދޫ އާއި ނިލަންދޫގައިވެސް 2 އެއަރޕޯޓް އަޅާފައިވޭ. މ.މުލީ އެއަރޕޯޓަށް ހަފްތާއަކު 1 ފްލައިޓް ތ. ތިމަރަފުއްޓަށް 2 ފްލައިޓް ބާއްވާއިރު އަނެއްކާ ތ. އަތޮޅުގައިވެސް އިތުރު 3 އެއަރޕޯޓް އަޅަނީތޯ؟