ކަޅުއޮށްފުންމީގެ ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަޑައިން ހެދުނު ކާނި ގަހުގައި ބަޔަކު ރޯކޮށްލައިފައި.-- ފޮޓޯ: ބާރަށު ކައުންސިލް
28 ފެބުރުއަރީ 2024 - 22:17
ކަޅުއޮށްފުންމީގެ ރިޔާ ފެހުމަށް ބޮޑުތަކުރުފާނު ހއ. ބާރަށުގައި ޖެއްސެވި ކަޑައިން ހެދުނު ކަމަށް ބުނާ ކާނި ގަހުގައި ބަޔަކު ރޯކޮށްލި މައްސަލަ ބަލައިދޭން އެދި ފުލުހުންގެ އިދާރާ އަށް މިއަދު ހުށަހަޅައިފި އެވެ.
ބާރަށުގައި 400 އަށް ވުރެ ގިނަ އަހަރުވީ ކާނިގަހުގައި ރޭ ދަންވަރު ބަޔަކު މީހުން ރޯކޮށްލި މައްސަލަ ފުލުހުންނަށް ހުށަހެޅީ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގައުމީ މަރުކަޒުގެ ފަރާތުންނެވެ.
ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ގަހުގައި ހުޅުޖެހި ފަރާތެއް ހޯދުމުގެ މަސައްކަތް ބާރަށު ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
"މިކަމުގައި ޒިންމާވާ ފަރާތަކާ މެދު ގާނޫނު ނަމްބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް މި މަރުކަޒުން ކުރާނެ ވާހަކަ ދަންނަވަން،" އެ ބަޔާނުގައިވެ އެވެ.
ބާރަށު، ކާނި ގަސް.-- ފޮޓޯ: ނާޖިހް
ބާރަށުގެ ކާނިގަހަކީ އެ ރަށު އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނި ކަޑައިން ހެދުނު ގަހެކެވެ. ކައުންސިލުން އެ ގަސް ބަލަހައްޓަމުން އަންނަނީ އާސާރީ ތަރިކައެއްގެ ގޮތުގަ އެވެ.
ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ގާނޫނުގެ ދަށުން، ތަރިކަ އަށް ގެއްލުން ދިނުމަކީ ބޮޑު އަދަބެއް ލިބޭ ކުށެކެވެ. އެއީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ އާއި ޖިނާއީ ދައުވާ ވެސް އަންނަ ކުށެކެވެ.
ގާނޫނު ބުނާ ގޮތުން، ތަރިކަ އަށް ގެއްލުންދިނުމުގެ ކުޑަބޮޑު މިނަށް ބަލައި 10،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ކަޅުއޮށްފުންމިއަކީ 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމަށް އުތީމު މަހާރަދުން ބެންނެވި އޮޑިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވަދޫ އަލިބެއްޔާ
29 February 2024
އެ ޒަމާނުގައި ޕޯޗުކީޒުންގެ ބާރުގަދަ ކަން މުޅި ދުނިޔެ ދަންނާނެ.. ދިވެހި 03 މީހެއްގެ އަތުން އެފަދަ ގަދަފަދަ ލަޝްކަރެއް ހަނގުރާމަކޮށް ބަލިވުމަކީ ބުއްދި ޤަބޫލް ކުރެވޭ ކަމެއް ނޫން.. ކަނޑި އާ ބަނޑި ތަފާތުވާނެ.. އެ ތަކުރުފާނުންގެ ވާހަކަ ތަކުގައި މޮޅުކުރަން ހަދައިގެން އަސްލު ގެއްލޭ ވަރަށް ދޮގު ހަދާފަ ހުރިކަން ފާހަގަވޭ.. މި އެއްވެސް ޙާލެއްގައި އެ ތަކުރުފާނަށް ކުޑައިމީސް ބަހެއް ބުނަނީއެއް ނޫން.. ސަމާސާ އަކަވެސް، މޮޅު ކުރަންވެސް ދޮގެއް ނަހަދާށެވެ.
ކަތިބެއްޔާ
29 February 2024
ބަޑި ބޭނުްން ނުކުރާކަން ކިހިނެއްބާ އެނގުނީ. އަނެއްކާ އެދުވަސް ވަރުގެ ބަޑިއެއް ލޯޑު ކޮށްލެވެނީ 10 ވަރަކަށް ކަނޑި ހަމަލާ އަރާފަހުން. ދެން މީހުން ވާހަކަ ހަދާނެކަން ކުޑަކުދިންނަށްވެސް އެނގޭނެ.
އޮޑިހަނު
29 February 2024
ނޫނޭ. އޮޅުމަކުން ލައިކު ދެވުނީތީ ކޮމެންޓުކޮށް ރައްދުދޭން މަޖުބޫރުވީ. ބަލަ ގެރިއްލާ ހަނގުރާމަ ކުރާގޮތާ، އެބޭފުޅުން އެޒަމާނުގާ ކުލޯޒް ކުއާރޓާރ ކޮމްބެޓްސް ޓްރެއިނިންގ ހެއްދެވި ވާހަކައާ، އަދި ސީދާ ފޭސް ޓު ފޭސް ބޮޑު ލަޝްކަރަކާ ކުޑަ ގުރޫޕަކުން ނިކުމެ ކުރިމަތިލީނޫންކަން ދަންނަންޏާ ތިބޭފުޅާއަށް ތިއޮތީ ވަރަށް ބޮޑަށް ވީގޮތް އޮޅުން ނުފިލާކަން ސާބިތުވާނެ. ވ.ވެދުން.
ހޔޅު
29 February 2024
ޕޮލިހޭ... އެންމެފަހުން ތިމީހުން ތަހުޤީޤުކޮށް ނިމޭއިރު ބޮޑު ގަހުގެ މެދުގައި ހުރި ކުޑަގަސް، ބޮޑު ގަހުގައި ރޯކޮށްލީކަމަށް ބަލާފަ މައްސަލަ ނިންމާލާނީ. ލޮލް އިހަކަށްދުވަހު ގަލޮޅު ދަނޑުގައި މެޗުތެރެއިން ތަޅާފޮޅާ ވީޑިއޯ ހުރިއިރުގައިވެސް، ތަހުޤީޤުކޮށް ނިމުނުއިރު އެތާކުނެތް ކުށެއްކުރި އެކަކުވެސް. ގޭންގ އުޅުނީ އަތްލިއަތްލި ކުޅެންށޯ.
ދަގަތްފާނު
29 February 2024
މިސާލަކަށް ސަންތިމަރިޔަނބު ދަތްގޯނި ބެހެއްޓިތަނޭކިޔާފަ ތަނެއް ތާރީހީތަނަކަށް ވާނެތަ.
ކިންވާ
29 February 2024
މީހުން ގަބޫލް ކޮއްފިއްޔާވާނެ.
އޮޅުވާލިތާރީހު
28 February 2024
ކަޅުއޮށްފުންމިއާ ބޮޑުތަކުރުފާނާއި އަލިރަސްގެފާނާއި ދެން ވެސް މިހިރަ މިހިރަ ވާހަކަތަކަކީ އޮޅުވާލުން ބޮޑު ވާހަކަތަކެއް. މާ ފަހުން ބަޔަކު ލިޔެ ފަތުރަން ފެށި ވާހަކަތަކެއް. ފޫޅުދިގުހަންޑި ވާހަކަ އަކީ ވެސް ހުތުރު ވާހަކައެއް. ރީތި ކޮށްލާފައި ކުޑަކުދިންގެ ވާހަކަ އަކަށް ހަދާފައި މި އޮންނަނީ. ހަސަންތަކުރަށް އައިމިނާބީ ބޭފަވާތެރިވީމަ ހަސަންތަކުރު ބަދަލުހިފަން އެބުނާ ފޫޅެއް ބުރިކުރީ.
ފުނަކާނިހިރުނދުދިއްގާ
28 February 2024
ވަރަށް ގޮތްކުޑަ ދަށުދަރަޖައިގެކަމެއް. ތިބަޔަކުހޯދައި ހަނދާނުންނުފިލާވަރުގެ އަދަބު ދޭންޖެހޭނެ. ވާދަވެރިކަން ކިތަންމެބޮޑުވިޔަސް ތިހުރީ ކުރާވަރުގެ ކުރާކަހަލަ ކަންތަކެއްނޫން. އެގަސް ތިކަންކުރިބަޔަކަށްކުރީ ކޮންކަމެއްބާވައެވެ؟ ހަމަގައިމު މޫތައްދަމަމުންގޮސް ތިބަޔަކަށް ނުވަތަ އެމީސްމީހުންގެ ގޭގެޔަށްގޮސް ދުއްޕާނެއް ނުކުރާނެ. ތިކަންތިކުރީ ވަރަށްވެސް ގޮތެއްފޮތެއްނެތް ދަށުދަރަޖައިގެބައެއް. ހަލާކުހުރި!
ކަނބުރުގެ
28 February 2024
ޕޮލިހަށް ހުށަހެޅީމަ ރޯކޮށްލި މީހުން ހައްޔަރުކޮށް ތަހުގީގުކޮށް ޝަރީއަތްކޮށް އަދަބު ދޭނީ. އެހެނެކޭ ކިޔާފަ އެ ގަސް އަލުން ހެދެނީތަ؟
ސީޒަން ޖެކްޝަން
28 February 2024
ކަލޭ ބުނާގޮތުންވިއްޔާ މީހަކު މަރާލީމާ ގާތިލުންނަށް އަދަބުދޭނެކަމެއްނެތް. އެއީ އަދަބުދިނަސް ނުދިނަސް މަރުވިމީހާ ދިރިގެން ނާންނާނެތީ.
ވެންގަބޯ
28 February 2024
ކަލޭތީ ޔަހޫދީ މީހެއްތާދޯ ދިވެއްސަކަށް ހުރެގެން ތިކަހަލަ ވާހަކަދެއްކީމަ އަހަރަމެން ލަދުގަނޭ ކަލޭތީ ދިވެހިންނަށް ހުތުރުއަރުވާމީހެއް ތިކަހަލަ މީހުން އުލޭތީ ގައުމް ހަލާކުވެގެން މިދަނީ ދިވެހިންނަށް މިލިބުނީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް މިކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން
ކިރު ސައި
29 February 2024
ފޫގޮއްސަ އިން ގަހެކޭ