ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފެލިދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލީ ޒާހިރު، އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ބައެއް މެމްބަރުންނާއެކު.--
29 ފެބުރުއަރީ 2024 - 14:37
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވ. ފެލިދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ، އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަލީ ޒާހިރަށް ތާއީދު ކުރަން އެމްޑީޕީން ނިންމައިފި އެވެ.
އަންނަ މަހުގެ 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޖިލިސް އިންތިހާބުގައި ފެލިދޫ ދާއިރާ އަށް އެމްޑީޕީން ކެންޑިޑޭޓެއް ނުނެރެ އެވެ.
ނަމަވެސް އެމްޑީޕީން މިއަދު ބުނީ، އެ ދާއިރާގެ އިންތިހާބުގައި އެ ޕާޓީން ތާއީދު ކުރާނީ އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވި އަލީ ޒާހިރަށް ކަމަށެވެ.
އެހެންވެ، އެމްޑީޕީން ވަނީ އެ ޕާޓީގެ މެމްބަރުންނާއި ޕާޓީ އަށް ތާއީދުކުރާ މީހުން އަލީ ޒާހިރަށް ވޯޓުދިނުމަށް އެދިފަ އެވެ.
އެމްޑީޕީގެ ސަރުކާރުގައި އަދާލަތު ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާއިރު، އަލީ ޒާހިރު ވެފައި ވަނީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް ތާއީދު ކުރެއްވި އެއް ބޭފުޅާ އަށެވެ.
ފުވައްމުލަކަށް އުފަން އަލީ ޒާހިރު ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުން ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައިފަ އެވެ.
1. ހުސައިން ޒައިދު އާރިފު (އަމިއްލަ ގޮތުން)
2. އަލީ ޒާހިރު (އަމިއްލަ ގޮތުން)
3. ޝުޖާއު އަލީ (ޑިމޮކްރެޓްސް)
4. އާދަމް ޒާހިރު (ޕީއެންސީ)
ފެލިދޫ ދާއިރާގައި ހިމެނެނީ ފެލިދު އާއި ފުލިދޫ އަދި ތިނަދޫ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުސީރޫ
01 March 2024
އެންޑީޕީ އާ އަދާލަތަކީ އެއް ދޫންޏެއްގެ ދެފިޔަގަނޑު. އެއީ ގިނިކާމާދޫންޏެއް
ދުސތޫރު
01 March 2024
ނުހޮވޭނެ ތި ކޮރަޕްޓު އަލީއެއް
4
29 February 2024
ލަނޑަޔާ ވާނީ ލަނޑަޔާ.
ޝޮކްތެރަޕީ
29 February 2024
އެމްޑީޕީ އޮވާލަންވީ
އަޅި އަލީ
29 February 2024
އިޒްރޭލަށް ތާއިދެއް ނުކުރަން އެއްވެސް ވަރަކަށް!
ޖަމީލުބެ
29 February 2024
ޢަލީ ޒާހިރު އަދާކުރެއްވި މަގާމުގެ ގޮތުން، އެބޭފުޅާގެ ހިންގުންތެރިކަމާއި ލީޑަރޝިޕް ވަރަށް ރަނގަޅަށް ފެނިގެންދިޔަ. އެދެނީ ކާމިޔާބު
ޢަހްމަދ
29 February 2024
އަލީ ޒާހިރަށްވުރެ ގާބިލް މީހެއް ތިތާކުނެތް. ފެލިދޫ ދާއިރާގެ ރައްޔިތުންނަށް ރިޝްވަތު ދީގެން ވޯޓު ގަނެވޭ ވަރަށްވުރެ އެމީހުން ތަނަވަސް.
ރަމީޒު2
29 February 2024
ތިދާއިރާއަށް މީހަކު ނުނެރުނީ ތިކަލޭގެ ނެރެން ވެގެންދޯ. ވަރަށް ވެދުން
ރީޙާނު
29 February 2024
މީ ކުރީ ސަރުކާރުގެ އެމްޑީޕީ ވެރިކަމުގެ ހަލާކު
ނާހީރު
29 February 2024
އަލީ ޒާހިރު މެން ނެތްނަމަ 5 އަހަރުގެ ދައުރެއް ސާލިހަށް ނުނިއްމުނީސް ކަންނޭނގެ. އެވަރު މީހެއް ސާލިހު އަކީ.