މޯލްޑިވިއަންގެ މަތިންދާ ބޯޓެއް. އެއާލައިނުން އަންނަ އޭޕްރީލްގައި ލަންކާއަށް ދަތުރުތައް ފަށަނީ -- ފޮޓޯ: މިހާރު
29 ފެބުރުއަރީ 2024 - 19:34
މޯލްޑިވިއަން އިން ކޮލަމްބޯއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ، ކޮލަމްބޯގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ އޭޕްރީލް 25 އިން ފެށިގެން ދަތުރުތައް ކުރަން ފަށާނެ ކަމަށެވެ.
އެ އެއާލައިންގެ ދަތުރުތަކާ އެކު ދެ ގައުމަށް ވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ކޮލަމްބޯ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރުމަށް ވަރަށް ގިނަ ދުވަހު މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، ކޮލަމްބޯއަށް މޯލްޑިވިއަން އިން ކުރާ ދަތުރުތަކާ އެކު ދެ ގައުމުގެ ވިޔަފާރިތަކާއި ޓޫރިޒަމަށް ވެސް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.
ކޮލަމްބޯއަށް ދަތުރު ކުރުމަށް މިއަދުން ފެށިގެން ޓިކެޓް ގަނެވޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މޯލްޑިވިއަންގެ ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަދި އޮފީހަށް ގޮސްގެން ވެސް ޓިކެޓް ބުކް ކުރެވޭނެ އެވެ.
މޯލްޑިވިއަނުން ކޮންމެ ހަފްތާއަކު ދެ ފްލައިޓު ކޮލަމްބޯއަށް ބާއްވަން ވަނީ ނިންމައިފަ އެވެ. އެއީ ކޮންމެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި، ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ ވިޔަފާރިތަކާއި އާންމުންނަށް ވެސް އެންމެ ފަސޭހަވާނެ ގޮތަކަށް ބަލައިގެންނެވެ. އަދި މޯލްޑިވިއަންގެ 16 ޑޮމެސްޓިކް އެއާޕޯޓު މެދުވެރިކޮށް ވެސް ލަންކާއަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިން ފްލައިޓުތައް ހަމަޖައްސައިދޭނެ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެ އެވެ.
މޯލްޑިވިއަން އިން ލަންކާއަށް ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ. އެ އެއާލައިނުން އަންނަނީ އިތުުރު އެއާބަސް ބޯޓުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
މިވަގުތު އެ އެއާލައިންގެ ފްލީޓުގައި 14 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2024
02 March 2024
އިންޑިޔާގެ ތިރިވަނަންތަ ޓިކެޓްއަގުހެޔޮކޮށްބިޔަ.
ސާމިހް ކެޕްޓަން
01 March 2024
އެންމެ ބޯޓަކުން ދުނިޔޭގެ ހުރިހާ ތަނަކަށް ދާންއުޅޭ ބައެއްމީ. ހަމަ ސީރިއަސްކޮށް. މަންޓާއިން ތަންތަނަށް ދިއަޔަސް މޯލްޑިވިއަންއަކަށް ނުވާނެ. 2 މަސްވީމަ ހުއްޓާލާނެ. ކަލޭމެން ބަލައްޗޭ.
ފަތީން ކެޕްޓަން
01 March 2024
މަންޓާތީ އައްޑޫ ފުވައްމުލަކަށް ދަތުރުފަށާފަ ނުވެގެން ކެންސަލް ކުރިބައެއް. ހަމައެކަނި ތިދަނީ ކުޑަހުވަދޫއަށް. މޮޅެތި ވާހަކަ ނުދައްކާ.
ކެޕްޓަން އިންތި
01 March 2024
މޯލްޑިވިއަންއިން 24 އަހަރުވީ މެދުނުކެނޑި ޑޮމެސްޓިކް ހުރިހާ އެއަޕޯރޓަކަށް ދަތުރުކުރާތާ. މަންޓާގެ އައްޑޫ ދަތުރު 2 މަސް ނުވަނީސް ހުއްޓާލި. ގަމާރު ވާހަކަ ނުދައްކާ ބްރޯ. މަންޓާ އަދި މޯލްޑިވިއަންއާ ކައިރިވެސް ނުވޭ.
ސާމިހް ކެޕްޓަން
01 March 2024
ކަލޭމެނަށް ނޭގެނީތަ މޯލްޑިވިއަންއަށް ސަރުކާރުން ލާރިއަޅާތީ ހުރިހާތަނަކަށް ދެވެނީ. ލޯޑު ނުލިބުނަސް ހުރިހާ ޑޮމެސްޓިކް އެއަޕޯޓުތަކަށް އެމީހުން ޖެހޭނެ ދާން. ފައިދާ ނުވާ ރޫޓުތައް މަންޓާއަކަށް ނޭޅޭނެ.
ކެޕްޓަން މަޑާ
01 March 2024
ކޮވިޑާ ހިސާބަށް ސަރުކާރުން ލާރިއެއް ނާޅާ. 2019 އާ ހިސާބަށް ހުރިހާ ޑޮމެސްޓިކް އެއަރޕޯރޓްތަކަށް މޯލްޑިވިއަން ފްލައިކުރި: މޯލްޑިވިއަންއާ ވާދަކުރަން ކަލޭމެން އަދި ނޫޅޭ. ތިއުޅެނީ ތިތާ އޯނަރުގެ ރިޒޯރޓްތަށް ހިތްހަމަ ޖައްސައިނުދެވިގެން ސީޕްލޭން އޮޮޕްސް ކަޑަކަމުން.
ހަސަން ކެޕްޓަން (ކަނޑު ބޯޓު ދުއްވާ)
02 March 2024
ބަލަ ހުރިހާ ޑޮމެސްޓިކް އެއަރޕޯރޓް އަކަށް ދަތުރު ކުރަން ޖެހޭ މޯލްޑިވިއަންއަށް.
އަލިބެ ވޮލީޓީމއ
02 March 2024
ޖެހޭތީ އެބަދަތުރުކުރޭތާ. ސާމިހު ބްރޯމެންނަށް ވާނުވާ ނޭންގޭ.
ސަލާމު ކައްޕި.
03 March 2024
މަންތާ އަތުގައި މޯލްޑިވިއަންގައި އޮތްވަރަސް ދަރަންޏެއްނޯންނާނެ. އެހެންވީމާ އެގޮތުންވެސް މަންތާއަށް މޯލްޑިވިއަން އާއި އަރާ ހަމަ ނުކުރެވޭނެ. އަދި މަންތާގެ ލަގެޖު އުފުލާދޭން ތިބޭ ކުދިންނަށްވެސް ރީތިބަހުން އިޤިރޭސިން ވާޙކަ ދައްކާ ލިޔެ ކިޔަންވެސް އިގޭނެ.
އޮނަރަބްލް އަފީފު ދީދީ
01 March 2024
މާލޭސަރުކާރުން އިންޓަރނޭޝަނަލް ނަންބޯޑްއަޅުވާފައި ގޭން އެއަރޕޯޓަށް ތިޔަފުރުސަތުނުދީ މާތްވެގެންވާ މުޤައްދަސްރަށްކޮޅުން ބޭރުގެމަންޒިލްތަކަށް ދެވޭގޮތަށް ހަމަޖެއްސުމަކީވެސް އައްޑޫމީހުންނަށްޓަކާ މާލޭސަރުކާރުންކޮށްދެއްވި ރަނގަޅުކަމެއް ކަމަކަށްވެދާނެ. # އައްޑޫމީހާ ބަލިވެހާލުދެރަވެގެން އިންޑިޔާއަށްދާއިރު ސްރީލަންކަންގައި ކޮލަމްބޯގައިމަޑުކޮށްފައި ދިއުމަށްވުރެން ޓިކެޓްއަގު 2 ގުނަކޮށްފައިވެސް ތިޔަރަށްކޮޅުގައި ފައިބީއްސާލާފައި ދެވޭގޮތްހެދުމަކީވެސް އުފަލެއް.
ތުނޑުހަސަނު
01 March 2024
ކޮންތާކު އޮތް ގޭން އެއަރޕޯޓެއް.
ޢަލިޔާ
29 February 2024
އެތެރޭގެ އުދުހުންތަކުގެ، އަގު ހެޔޮޥާނެކަމަށްވެސް ބުނި، އަނިއްކާ ސަރުކާރު ނިމެން ދެ މަހައްވީމަބާ އެކަންއޮތީ.
ފާމުލަދޭރި ކިލެގެފާނު
29 February 2024
ބައިނަލްއަޤްވާމީ ދަތުރުތަކުގައި ދެވޭ ލަގެޖްއެލަވަންސް މުޅި ދުނިޔޭގައި ވެސް އެންމެ ކުޑައީ މޯލްޑިވިއަންގެ. ގިނަ އެއަރލައިން ތަކުން 30, 40, 50 ކިލޯ ލިބޭއިރު އަދިވެސް މޯލްޑިވިއަންއިން ދެނީ އެންމެ 20 ކިލޯ. އެއީ އަންހެނެއްގެ އަންނައުނުގެ ބަރުދަނަށް ވުރެންވެސް ކުޑަ މިންވަރެއް.
ބަކަމޫނު
01 March 2024
ކޮންއެއަރލައިން ތަކަކުންތޯ 30، 40 ނުވަތަ 50 ކިލޯދެނީ؟ 20 ކިލޯގެ އަންނައުނު ގެންދަންޏާ ބިޒިނަސް ކްލާހަށް ބަދަލުވޭ. ނޫނީ އިތުރު ބެގޭޖް އެލަވަންސް ގަނެގެންދޭ.
ލޮލްބްރޯ
01 March 2024
ފާމުދޭރިތީ ދުވަހަކުވެސް މަތިންދާބޯޓަކަށް އެރިމީހެއްތަ؟ ކޮންޑޯއިން ޖަރުމަނާ ހިސާބަށް އިކޮނޮކީއިން ދެނީ 18 ކިލޯ. ޢެކިރޭޓްސް ދުބާއީއަށް ވިހި ކިލޯ.
ކަކުނިބޯ
29 February 2024
ޥަރަށްދުވަހުގެ އުންމީދެއް ޝުކުރިއްޔާ މުއީޒު