05 މާޗް 2024 - 09:37
ސަރުކާރު އެކުލަވާލުމަށް ފަހު އުފައްދާ މިނިސްޓްރީތަކުގެ އަދަދާއި ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން މިނިސްޓްރީތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި މިނިސްޓްރީތަކުގެ އަދަދާއި މަސައްކަތު ދާއިރާ ފާސް ކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތު ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސަށް ދެވިދާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން މިނިސްޓްރީތައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަސް ތެރޭގައި އެ މިނިސްޓްރީތަކުގެ މަސައްކަތަށް ބޭނުންވާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް މަޖިލީހަށް ހުށަހަޅުއްވާ ފާސް ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރަން މި ސަރުކާރުން ވައުދުވި ނަމަވެސް ގިނަ އަދަދެއްގެ މިނިސްޓްރީތައް އުފައްދައި ނައިބު އަދި ސްޓޭޓް މިނިސްޓްރީ ފެންވަރުގެ ގިނަ މަގާމްތައް އުފެއްދުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
1. ރައީސް މުހައްމަދު ނަޝީދު - 16 މިނިސްޓަރުން
2. ރައީސް ޑރ. މުހައްމަދު ވަހީދު - 18 މިނިސްޓަރުން
3. ރައީސް އަބްދުﷲ ޔާމީން - 16 މިނިސްޓަރުން
4. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - 19 މިނިސްޓަރުން
5. ރައީސް ޑރ. މުހައްމަދު މުއިއްޒު - 22 މިނިސްޓަރުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޠަވިޔަ
05 March 2024
އީވާއަށް އަންގައިން ބުނަން އިގުނީ މިއަދުތަ؟.
ފުއްލާ
05 March 2024
ނުހޮވޭނެކަން ޔަގީންވަނީތޯ އަނެއްކާ
ޓެރޭސްސް
05 March 2024
މިތާނގައި މިއޮތީ ބަރުލަމާނީ ނިޒާމެއްނޫން އިނގޭތޯ؟ ވެރިކަން ހިންގާނީ ރައީސް.
ސްމާރު
05 March 2024
ފޭސް 2 އިން ބިން ބަހާލި ގޮތާ ބެހޭ ބިލެއް ފާސްކޮށްބަލަ އިހަށް.
ޙަމަ ޖެއްސުން
05 March 2024
ތިޔަ މަޖިލީހުން ބޭރުގައި ކިތައްބމީހުން އެބަތިބި މަސައްކަތެއް ނުކޮށްނބައިކިލޯ މުސާރަ ދޭމީހުން. އެމީހުންނަށް ދޭ އަދަދުނހާމަނކޮޅަދީނުމަށް މަޖިލީހަށް ހުށަހަޅާބަލަ. މާދަމާ ވެރިކަން ލިބުނީމާ ޤާނޫނުނއުވާލަތި.
އަހުމަދު އަލީ
05 March 2024
ކޮބާ އިޚްލާސް ތެރިން ފެނޭ. ތިމާމެންގެ ވެރިކަން ގެއްލުމާ އެކު ރައްޔިތުންގެ ހައްޤުގައި ތެދުވެ އެ އުޅެނީ. ވެރިކަން ހަމަ ލިބޭ އިރައް އާއިލާއަށް ބޮނޑިކުރަން އިސްލާހް ކުރާނެ.
އަފުން
05 March 2024
ގެއްލުނު އެދި ބޮޑުކަމުން ދެން ތި އުޅުއްވާ ގޮތެއް ދެއްތޯ.
ގޮއްޔެ.
05 March 2024
ސިޔާސީ މުވައްޒަފުން އެކަންޏެއްނޫން. ތިޔަ މަޖްލީހުގައިވެސް މިހާރު ހަދައިގެން ތިއުޅޭ ކޮންމެ 5ހާސް އާބާދީއަކަށް މެމްބަރަކު ހުންނަންޖެހޭކަމަށް އޮތް އޮތުން ނިމުމަކަށް ގެންނަން އެބަޖެހޭ. ކޮންމެ 5 އަހަރަކުން މަޖްލީހުގެ ހޯލުބޮޑުކޮށް ގޮނޑިތައް އިތުރުކުރަން އެބަޖެހޭ. މިކަމާ ވާހަކަދައްކަން ކެރޭނެ މެމްބަރަކު އެބަހުރިތޯ
ބަރުބާދު
05 March 2024
ތިޔަމަޖްލިސްއައް މިވަގުތައް އެންމެރަނގަޅު ހަމައެކަނި ފަރުވާއަކީ އާމަޖްލިސް ހޮވަންދެން ކޯރަމް ހަމަވިޔަނުދިނުން.
ލަންޑަންޕަން
05 March 2024
މަޖިލީހުން މިހާރު އުޅެނީ ވެރިކަންވެސް ކުރަން. މިކަން އެބަޖެހޭ ހުއްޓުވެން. ގާނޫނު އަސާސީ ބަދަލުކޮށްގެން ނަމަވެސް އެބަޖެހޭ މަޖިލީހުގެ ދައުރު މިހާރަށްވުރެ ސާފުކޮށްދޭން.