ހެންވޭރު އާޓިފިޝަލް ބީޗުގައި އުމުރުން ދުވަސްވީ ދެ މީހާކު އުނދޯންޏެއްގައި އިށީނދެލައިގެން ތިބެ ވާހަކަދައްކަނީ.-- ފޮޓޯ: ނިޝާން އަލީ
06 މާޗް 2024 - 13:43
ދިވެހިންގެ އިހުގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތެއް ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ މިނިސްޓްރީ އަށް ހާސިލް ކުރެވުނު ކަންކަން އާންމު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އިސްރަށްވެހިންގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތެއް.ފަށާފައިވާ ކަމަށެވެ.
އެކަން ކުރަނީ ކައުންސިލްތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ ކައުންސިލްތަކަށް މި ހިޔާލު ހުށަހަޅަނީ. އެއާ އެކު، މި ހަނދާންތައް އެއްކުރުމުގެ ކަރުދާހެއް އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތް ކުރެވުނީމާ މި ދެންނެވި ކަންކަން އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު.-- ފޮޓޯ: މިހާރު
މިފަދަ ކަމެއް ކުރުމުގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި، ދިވެހިން ކުރިން ކޮށްފައިވާ ތަޖުރިބާތަކާއި އެ ޒަމާނުގައި އުޅުނު ގޮތްތަކާއި ރަށްރަށާ ގުޅިފައި ހުރި ވާހަކަތައް ދުނިޔެ އާއި ދިވެހިންނަށް އަންގައިދިނުމެވެ.
"އެ މައުލޫމާތު ޖަމާވީމާ ރައީސްގެ ހާއްސަ މި އޮތް ވިޒިޓާ އިކޮނޮމީ ސިޔާސަތު، ވިޒިޓާ އިކޮނޮމީ ސިޔާސަތުގެ ދަށުން ދިވެހި ސަގާފަތާއި ތަރިކަ މެދުވެރިކޮށް އާމްދަނީ ހޯދުމާއި ދިވެހި ސަގާފަތާއި ތަރިކަ ޒަމާނީ ވަސީލަތްތަކާއި ވިޔަފާރިއާ ގުޅުވާލައިގެން ދިވެހިންގެ މާނަވީ ސިފަތަކާއި ތަހުޒީބު ގޮތްތައް ދުނިޔެއަށް ތައާރަފްކޮށްދެވޭނެ،" އާދަމް ނަސީރު ވިދާޅުވި އެވެ.
އެ ރޮނގުން ބޭރު ދުނިޔެއަށާއި ދިވެހިންނަށް ވެސް ދިވެހިންނަކީ ކިހާ ވަރެއްގެ ހަޟާރަތެއް ލިބިފައިވާ ކިހާ ވަރެއްގެ ކުރިއެރުމެއް މީގެ ކުރިން ތަޖުރިބާ ކޮށްފައިވާ ބައެއްކަން އަންގައިދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޯދ
07 March 2024
މިއޮއް އުޅޭ ޒުވާން މަސްވެރިޔާ ތިކަން އެބަ ކުރޭ
މުޙައްމަދު123
07 March 2024
މިނިސްޓަރަށް އިނގިރޭސި ބަސް އެނގިވަޑައިގަންނަވާކަން އަންގައިދެއްވަން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ތަން އެކި ބަސްދީގަތުންތަކުން އެބަފެނޭ. ދިވެހި ބަހާއި ތަރިކަ ހިމާޔަތްކުރައްވާ މިނިސްޓަރަކު ކޮންމެހެން ބޮޑަތިބޮޑަތި އިނގިރޭސި ލަފުޒުތައް ހޯއްދަވައި ދަސްފުޅުކުރައްވައިގެން ވިދާޅުނުވިޔަސް ފުދޭނެ.
ލިޔޯ
06 March 2024
އިހުގެ ހަނދާންތައް ތެރޭ އެންމެ މިސްވަނީ ކުޑަބަޑޮސް ދަތުރުތަށް!. ތި އެއްކުރާ ހަނދާންތަކާ އެކު އެ ރަށް ނެތް ތަ ހޯދޭނެ ގޮތެއް؟
އިސް
06 March 2024
އިސްރަށްވެހިން އެއްވާނެ ތަނެއް ހަދާދިން ވާހަކަ ފެނުނު. އެތަނަށް އިސްރަށްވެހިން ގޮސް ތިބޭއިރު ތިޔަ ކަހަލަ ވާހަކަތައް އެމީހުން ފަރާތުން އެހިދާނެ. އެ އުމުރުގެ މީހުން އެތަނަށް ދާން ބާރުއަޅަންވީ. އޭރުން އެމީހުން އުމުރުގެ އެހެން މީހުންނާ ވާހަކަ ދައްކާލާ ހެދީމަ އެމީހުންގެ ހަނދާންތައް އާވެ ނަފްސާނީ ގޮތުން ހިތްހަމަޖެހުން ލިބި އެއް އުމުރުގެ މީހުންނާ ދިމާވާނެ. މިހާރުގެ ޖީލުގެ ގިނަ ކުދިންގެ ނުހުރޭ އިހުގެ ކަންކަން އަހާ އުނގެނުމުގެ އެއްވެސް ޝައުގުވެރިކަމެއް
ބަރުބާދު
06 March 2024
އިހުގެދިވެހިންގެ ހަނދާން އާކުރާއިރު އެއީވެސް ހަމަ ކޮންމެސް މީހެއްގެ އަމައެއް ނޫނީ ބަފައެއްދޯ؟.
ޔުމްނާ ސުމެއް
06 March 2024
ޔެސް މިހާރު ދިވެހިންގެ ވެސް ތަރިކަ އަކާ ތާރީހެއް އޮތްކަން އެބަ އިނގޭ. ޒަމާނީ އޮއެވަރުގައިޖެހި ޕާސްޓު ހަނދާން ނައްތާލީމާ އެއިގެ އަސަރު މިނިވަންކަމަށް ކުރާނެ. މީގެ ކުރިން ވިސްނެމުން އައީ އެއީ ބޭކާރު ކަމެކޭ. އެހެންވީމާ ދެހާހުގެ ފަހުން އައި ދަރިންގެ ދިވެހި ފެންވަރު އެހާ ދަށް. މިކަން ގައުމީ މައްސަލައެއް ކަމުގައި ދެކިގެން ދަރިންގެ ދިވެހި ބަހުގެ ފެންވަރު ރަގަޅުކުރަން ވަރަށް މަސައްކަތް ކުރަން އެބަޖެހޭ. ބަހަށް ލޯބި ނުޖެހި ޤައުމިއްޔަތަށް ލޯބި ނުޖެހޭނެ.
ޖިނޭ
06 March 2024
ކުށްޅަވައްފަލުރަނިން ކަހަލަބޮޑާ ކަމެއް ކަރާފަލުރާޖާޔަށް ލިބުނު ވާހަކަ ޖަހާލައްޗެ
ސަސި.
06 March 2024
މި އޮތީ ފިސާރިކަމެއް.