ޚަބަރު / ނަރުހުން

ސަނިއްޔާ: ރާއްޖޭގެ ފުރަތަމަ ސްޕެޝަލިސްޓް ނަރުސް

ރާއްޖޭގައި ސްޕެޝަލައިޒްވި ފުރަތަމަ ނަރުހަކަށް ސަނިއްޔާ އަހުމަދު ވެވަޑައިގެންފި އެވެ.

ކޮޗިންގައި ހުންނަ އަމްރިތާ އިންސްޓިޓިއުޓުން ދެ އަހަރުގެ މާސްޓާސް ނިންމައި، ސަނިއްޔާ ސްޕެޝަލައިޒްވީ، ކާޑިއޯ ވެސްކިއުލާ އެންޑް ތޮރޯސިކް ދާއިރާއިންނެވެ.

ކާޑިއޯ ވެސްކިއުލާއަކީ ހިތާއި ލޭ ހޮޅިތައް އަދި ތޮރައިސިކަކީ މޭ ހިމެނޭ ދިމާލުގައި ހުންނަ ބައިތަކެވެ.

ނާސިން ދާއިރާގައި 2004 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން އަންނަ ސަނިއްޔާ "މިހާރު" އަށް ވިދާޅުވީ ހިތުގެ ބަލިތަކަށް، ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، އެ ދާއިރާއިން ހާއްސަވެފައި ހުރި ނަރުހެއް އައިޖީއެމްއެޗްގައި ނެތް ކަމަށެވެ.

ހިތުގެ ބައްޔާ ގުޅޭ ކަންކަން ކުރިއަރަމުން އަންނަ ވަރަކަށް ނަރުހުންނަށް ވެސް އެހީތެރިކަން ދެވޭނެތީ، ލިބިވަޑައިގެންނެވި ސްކޮލަޝިޕެއްގައި އެ ދާއިރާއިން ސްޕެޝަލައިޒްވާން ނިންމީ ކަމަށް، އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ނަރުހުގެ މަގާމުގައި މި ފަހުން އައިޖީއެމްއެޗްގެ ކާޑިއޮލޮޖީ ޑިޕާޓްމަންޓުގައި މަސައްކަތް ފެއްޓެވި ސަނިއްޔާ ވިދާޅުވި އެވެ.

އޭނާ ވަނީ ގައުމީ ޔުނިވާސިޓީން 2017 ވަނަ އަހަރު ނާސިންގެ މާސްޓާސް ވެސް ނިންމައިފަ އެވެ. ނަމަވެސް، އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތްކުރައްވަނިކޮށް 2021 ގައި ލިބިވަޑައިގެންނެވި ފުރުސަތުގައި ތަފާތު ދާއިރާއަކުން ހާއްސަވާން ނިންމެވީ އެވެ.

ސަނިއްޔާ ވިދާޅުވި ގޮތުގައި ނާސިންގެ ޑިގްރީ އަދި މާސްޓާސް ހާސިލްކުރިއަސް، އެ ކޯސްތަކުގައި ކިޔަވައިދެނީ ޖެނެރަލް ކެއާ ކަމަށެވެ. އެކަމަކު، ހިތާއި ލޭހޮޅި އަދި ތޮރައިސިކްގެ ދާއިރާއިން ސްޕެޝަލައިޒްވުމުން، ހާޓް އެޓޭކުގައި އެހީ ބޭނުންވާ މީހުންނަށް ފަރުވާ ދޭން އެތައް ގޮތަކުން ފަސޭހަވާނެ އެވެ.

މިއީ، ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ އެ ކުއްޖަކު ކިޔަވަން ބޭނުން ދާއިރާއަކުން ކިޔަވާށޭ، ގޮންޖެހުންތައް ދިމާވާނެ. އެކަމަށް ބޭނުންވަނީ ހިތްވަރެއް." ސަނިއްޔާ ވިދާޅުވި އެވެ.

އެމްއެންޔޫން ވެސް އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގައި ނާސިން ސްޕެޝަލިސްޓް ބައެއް ޕްރޮގްރާމްތައް ހިންގަ އެވެ. އެކަމަކު، ނާސިން ސްޕެޝަލިސްޓަކަށް ވާނީ ހާއްސަ ދާއިރާއަކުން މާސްޓާސް ޑިގްރީއަށް ވުރެ މަތިން ތައުލީމް ހާސިލްކުރުމުންނެވެ.

13 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 5%
icon inlove icon inlove 76%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިމިނާ

09 March 2024

މަރުޙަބާ.

The name is already taken The name is available. Register?

‫ދެރަސޮރު

09 March 2024

‫މަރުހަބާ ކަނބުލޮ

The name is already taken The name is available. Register?

އަބްޑޫޅް +

09 March 2024

ރާއްޖޭގެ ފުރަތަމަ އަންހެންކުދީންގެ ސުކޫލަށް ވެސް ކީ ސަނިއްޔާ.

The name is already taken The name is available. Register?

ރީން

08 March 2024

މަރުހަބާ.އުފާވެއްޖެ. އެކަމު އަޑުއެހިން ގައިނީ ތިއޭޓަރުގައި މަސައްކަތްކުރަނިކޮށް ގައިނީ އާއިގުޅޭ ކޮންމެސް ކޯހެއްކަމަށް ލިބުނީ. ނިމުންއިރު ކާޑިއޯ ނަރުހަކަށްމިވީ…އެވީ ކިހިނެއް ؟؟؟؟

The name is already taken The name is available. Register?

އެއްކަލަ ސޮރު

09 March 2024

އައި ޖީ އެމް އެޗުންވެސް ބަލައިގަންނާނީ ދާންވީގޮތައް ކުރިއަށްގޮސް ނިންމާލީމަ! އެހެންވީމަ އެ ކާމިޔާބީ އައި ޖީ އެމް އެޗުންވެސް ފާހަގަ އެކުރީ އެހެންވެ! އައި ޖީ އެމް އެޗަށް ބޭނުން ނުވާ ދާއިރާއަކުން ކިޔަވައިގެން އައި ނަމަ އެތަނުން ބަލައެއް ނުގަންނާނެ ނޫންތޯ!؟ ރީން އަށް ކީފަ ތިއޮތީ ހަސަދައިގެ މަރުޙަބާ އެއް! ދެރަކަމެއް .

The name is already taken The name is available. Register?

علي وحيد

08 March 2024

ألحمد الله ގަދައަޅާ މަސައްކަތް ކޮށްފި މީހާ ކާމިޔާބު ކޮށްފިއެވެ ސަނިއްޔާ ތިކުރެއްވިބުރަ މަސައްތުން ހޯއްދެވި ކާބީއަށް ﷲ އަށް حمد ކުރާހާލު ސަނިއްޔާއަށް ފަށްފަށުން ތަހުނިޔާ އަރިސްކުރަމެވެ ﷲގެ ރަޙުމަތާއެކު އަދިވެސް ކުރިޔަށް ދިޔުމުގެ ތައުފީޤު މިންވަރު ކުރަށްވާށި آمين

The name is already taken The name is available. Register?

ކައުސަރު

08 March 2024

ސަނިއްޔާ އަވަހަށް އޭޑީކޭ އަށް ޖޮއިން ކުރޭ. ކާޑިއޯތޮރެސިކް ޕްރޮސީޖަރ ރާއްޖޭގަ ހަދާ ހަމައެކަނި ތަނަކީ އޭޑީކޭ.

The name is already taken The name is available. Register?

ޙަމަތެދެއް

08 March 2024

ޢައިޖީއެމްއެޗު މީއަޅެކީއްކުރާތަނެއްތަ.

The name is already taken The name is available. Register?

ނަރު

08 March 2024

މިހާރުވެސް އޭޑީކޭއަށް އާދޭ. ބައެއް ސަރޖަރީތަކަށް އެސިސްޓްކޮށްދޭން.އައިޖީއެމްއެޗްގަ ހުރެގެން ޓަޗް ގެއްލޭތީ

The name is already taken The name is available. Register?

ސްޕެޝަލް

08 March 2024

ދެން މާރސްޓރސް ހެދުނީމާ ބޭނުންވާނީ ހިދުމަތެއް ނުކޮށް ކޮއްމެވެސް އިންޗާރޖް އަކަށް ވާން ބޮޑޭ ހެދިފަ

The name is already taken The name is available. Register?

މީމީމީ

08 March 2024

ދެން ސަނިއްޔާގެ މައްޗަށް ބަސް ކިޔަން ގްރޭޑް ދިހައެއްވެސް ނުނިންމާ، ކޯޓުގާ ވެސް މައްސަލައޮތް މީހެއްލާ 3 ގުނަ މުސާރަ ބޮޑުކޮށް. އޭރުން މިކަން ވާނީ

The name is already taken The name is available. Register?

މުބީނު

08 March 2024

އެހެން ވަނީ ރައްޔިތުންގެ އިތުބާރު ނުހޯދޭތީ. ލޯތްބަކީ ކާމިޔާބު ކުރަންޖެހޭ އެއްޗެއް.

The name is already taken The name is available. Register?

ޝާފީ ރ

08 March 2024

މުބީނު ތިޔަ އޮތީ ވަރަށް ބޮޑު ތެދެއް ލިޔެފަ. ގިނަ ފަހަރަށް ޑޮކްޓަރުން ވިދާޅުވާ އެއްޗެއް ބަލިމީހާ ކައިރީގަ ރަނގަޅަށް ބުނެލަ ވެސް ނުދޭ ބައެއް ނަރުހުން. ޑިގްރީ އެއް އޮތުމަކީ މާތް ﷲ ޙަލުރަތުގަ ތަޤްވާވެރި އަކަށް-ވާ ކަމެއް ނޫން. ތަޤްވާވެރި ވެގެން ހިތްހެޔޮ ވެވޭނީ. ޑިގްރީ އެއް އޮވެގެނެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454