ވެލްފެއާ ފޯ އައިލެންޑް ކެޓްސް އިން ސަލްމާން މިސްކިތް ކައިރީ ބުޅާތަކަށް އަޅައިދިން ގެތައް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
07 މާޗް 2024 - 18:38
މާލޭގައި ސަލްމާން މިސްކިތް ކައިރީގައި އުޅޭ ބުޅާތަކަށް ވެލްފެއާ ފޯ އައިލެންޑް ކެޓްސް (ޑަބްލިޔުއައިސީ) ހާއްސަ ގެތަކެއް ހަދައިދީފި އެވެ.
ބުޅާތަކުގެ ހައްގުގައި މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާ، ޑަބްލިޔުއައިސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ގެތައް ބަހައްޓާނެ ތަނަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ ޖަވާބަކަށް މަސް ދުވަސް ނެގި ކަމަށެވެ.
އެންމެ ފަހުން ނިންމީ އެ ޕާކިން ލޮޓުގައި އެ ގެތައް ބަހައްޓަން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ވެލްފެއާ ފޯ އައިލެންޑް ކެޓްސް އިން ސަލްމާން މިސްކިތް ކައިރީ ބުޅާތަކަށް އަޅައިދިން ގެ އެއްގައި ބުޅަލެއް އިށީންދެލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ވާރޭވެހި މާލެ މަގުތަކުގައި ފެންބޮޑުވާ ކޮންމެ ފަހަރަކު ބުޅާތައް މަރުވާކަން ފާހަގަކޮށް ޑަބްލިޔުއައިސީ އިން ބުނީ މިދިޔަ ހުކުރު ދުވަހު ވެހުނު ބޯ ވާރޭގައި ވެސް ދެ ބުޅާ މަރުވި ކަމަށެވެ.
އެހީވެވެން އޮތް ހާލަތެއްގައި، އެހީ ނުވުމުގެ ސަބަބުން އިތުރަށް އެފަދަ ހާދިސާއެއް ދިމާވާން ބޭނުން ނުވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އޭގެ ނަޖިހުން އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުގެ މަގާމު ފުރުއްވި ދުވަސްވަރު ވެސް ވަނީ ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް އޭރު އެ މަސައްކަތަށް ޝައުގުވެރިކަން ބަޔަކު ފާޅުނުކުރިޔަސް، ފަހުން އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކައުންސިލުން އޭރު ބުންޏެވެ.
ވެލްފެއާ ފޯ އައިލެންޑް ކެޓްސް އިން ސަލްމާން މިސްކިތް ކައިރީ ބުޅާތަކަށް އަޅައިދިން ގެ އެއްގައި ބުޅަލެއް ނިދާފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އާ މޭޔަރު އާދަމް އާޒިމް ހުވާ ކުރެއްވުމަށް ފަހު، މިދިޔަ މަހު ވަނީ ބުޅާ ފެސިލިޓީ އަޅަން އެގްރިކަލްޗާ މިނިސްޓްރީން ސިޓީ ކައުންސިލާ ހަވާލުކޮށްފަ އެވެ.
ޑަބްލިޔުއައިސީ އިން ބުނާ ގޮތުގައި މާލެ ސަރަހައްދުގެ މަގުތަކުގައި 3،000 އަށް ވުރެ ގިނަ ބުޅާ އުޅޭނެ އެވެ. ޑަބްލިޔުއައިސީ އިން އެސްޓިމޭޓްކުރަނީ މާލެ ސަރަހައްދުގައި އުޅޭ ސްޓްރޭ ކެޓްތަކުގެ އަދަދު 3،000 އިން 9،000 އަށް އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ އިތުރުވެދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސޯ
09 March 2024
އޮޅުވާލަން ހުސްގޮނޑި ދެއްކިގޮތަށް ބުޅާތަކަށްގެ އަޅައިދީފަ އެހެރީ. ކާރީގަ ކުޑަވަރެއްގެ ރެސްޓޯރެންޓެއްވެސް ހަދާލިނަމަ.
ލ.އަތޮޅު
09 March 2024
ހައްލަކީ ހުރިހާ ބުޅާތަށް ބޮޑު ފަޅުރަށަކަށް ގެންދިޔުން...
އަލީބެ
08 March 2024
މަގުމަތީ ގިނަވެފަތިބި ބަންގލަދޭޝް މީހުނަށްވެސް ފުލެޓު އަޅާދީ. ޢެމީހުންގެ ކަންތައްވެސް ބޮޑު. އެހެންތުބެ ފިށޭވަރިން.
ވަލީދުބެ
08 March 2024
ބުޅަލަށް ތިގޭގަ ސީލެވޭނެގޮތްވެސް ހެދީމަ ގެއަކަށްވާނީ. މުޅިން ދެއްކުންތެރިކަން.
ހަސަން ކުރުސީ
08 March 2024
މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އޭގެ ނަޖިހުން އާންމުންނަށް އުނދަގޫވާ އިރު ވެލްފެއާ ފޯ އައިލެންޑް ކެޓްސް (ޑަބްލިޔުއައިސީ) ކުރަނީ ކޮން ކަމެއްތޯ
ބަބޫ
08 March 2024
އިންސާނުން ބުޅަލައްވުރެ ނިކަމެތި ވެއްޖެ. ލިބުނު ފްލެޓްތައް ސަރުކާރުން ސިޔާސީ ބޭނުމަކަށް ބަހާލަނީ. ކޮބަ އިންސާފް
ބުޅާ މެޔަރު
08 March 2024
ރާއްޖޭގެ ހުރިހާ ބުޅާތަކަށް ފުލެޓު އަޅައިދޭނަން ވޯޓު ދެއްވާ. ކެންޑިޑޭޓު ނަންބަރި 3:
ދިވެއްސެއްމި
08 March 2024
ބުޅާތައް ނުވިހާގޮތްހަދާ
މުހަންމާކަލޯ
08 March 2024
ގެންދޭބުނަމޭ ބުޅާ އެތަން މިތަނުން ނަގާ ގެންދޭ ބުނަމޭ އޮތީ ލޯބިންނޭ ހައި އޮތީ ލޯބިން ކަމަށް ދެންވެސް ނުބަލާ ބުޅާ ގެންދޭ ބުނަމޭ
ކަޅިހާރު
11 March 2024
ބުޅަލައް ވީވަރުވެސް އަހަރެމެން އިންސާނުންނަށް ނުވި އަހަރެމެންނަށް ބޯހިޔާވަހިކަމެއް ނުލިބުނުތާ ގޯތިގަޱެއްވެސް ނުލިބުނު ބިއްޔާ....
އަހުމަދުއަލޯ
08 March 2024
ބުޅާތަކަށް ފްލެޓު އަޅަން ޖެހިފަ މިއޮތީ..