08 މާޗް 2024 - 15:16
ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރި މިސްކިތް މިއަދު ހުޅުވައިފި އެވެ.
ނިރޮޅުމަގުގައި ހުންނަ އެ މިސްކިތް ހުޅުވައި ދެއްވީ މިއަދު ހުކުރު ނަމާދު ވަގުތަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިސްކިތް ހުޅުއްވައިދެއްވަމުން ޝަހީމް ވިދާޅުވީ މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާތަނަށް ހެދި އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތް ކަމަށެވެ.
ބޮޑު ހޭދައެއް ކޮށްގެން އެވަރުގެ މިސްކިތެއް ބިނާކޮށްދިނީތީ މުނި ހޯމް ކުންފުންޏަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
އޭނާ ވިދާޅުވީ ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު ރޯދަ މަހާ ދިމާކޮށް މިސްކިތް ހުޅުވުނީތީ، ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
"މި މިސްކިތަކީ ބަލައިލުމުން ވެސް އަގުބޮޑުކޮށް ބިނާކޮށްފައި މިސްކިތެއްކަން އެނގޭނެ. ދުއާއަކީ މިސްކިތް ބިނާ ކުރެއްވި ފަރާތުގެ މުދަލުގައި ބަރަކާތް ލެއްވުން." ޝަހީމް ވިދާޅުވި އެވެ.
"މަސްޖިދު ހަސަން އާދަމް" ގެ ނަމުގައި ހުޅުވި އެ މިސްކިތް ހުންނަނީ ހުޅުމާލެ 2 ގެ ނިރޮޅު މަގުގަ އެވެ.
ދެ ބުރިއަށް އިމާރާތް ކޮށްފައިވާ އެ މިސްކިތަކީ 1،500 މީހުންގެ ޖާގައިގެ ތަނެކެވެ. މިއަދު ހުކުރު ނަމާދަށް އެ މިސްކިތުގެ ދެ ފްލޯ އާއި ގޯތިތެރެ ވެސް އޮތީ ފުރިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސކިތަކީ ހުރިހާ މުސްލިމުންނަަށް އޮތް ތަނެއް
18 January 2025
އަނހެނުންގެ ބައި ކޮބާ؟ ގެތަކުގައި ޖާގަ މަދު، ގެއިން ބޭރުގައި ގިނަ އަދަދެއްދެއްގައި ވޒީފާ އަދާކުރާ ައުމެއްގައި މިސްކިތްތަކުން އަންހެނުންނަށް ނަމާދު ކުރުމުގެ ފުރުސަތު ދޭން ވާނެ. މިހެން ބުނީމަ ކުޑަ ކަބަޑެއް ވާވަރުނތަންފުކެއް ހަމަޖައްސާނީކީ ނޫން
ރޯޒީ
09 March 2024
މުދަލުގައި ބަރަކާތް ލައްވާށި، ވިޔަފާރި ފުޅާކޮށްދެއްވާށި، އަހުލުންނަށާއި ވަންހައަށް ކުރާ ހޭދަ އިތުރުކުރުމުގެ ވިސްނުން ދެއްވާށި
ާއައްލާބެ
09 March 2024
ކޮމެންޓްކުރާ ގިނަމީހުންނަށް ނޭންގޭކަމަކީ ކޮންސްޓްރަކްޝަންގެ ހުރިހާ މުދަލަކީ ޑިޔުޓީ ނުނަގާ އެއްޗެހިކަން
ޓިންކަރ ބެލް
09 March 2024
އެއީ ކިހިނެއްވާ ކަމެއް؟
އުތުއަލިބެ
08 March 2024
ވަރަށް ގިނަފަހަރަށް ވިޔަފާރި ކުރާމީހުން މިސްކިތްތައް އަޅާތަންފެނޭ. މިގޮތުން މިސްކިތްތައް އަޅާމުއްދަތު ދިގުވެގެން ދިޔަނަމަވެސް މިސްކިތްތައް އަޅަން ގެންނަތަކެތިން ޑިއުޓީ އިނާޔަތްތެރިވޭ....
ކަސްޓަމް މޯލްޑިވްސް
08 March 2024
ރަގަޅު ވާހަކައެއް. ބައެއް ވިޔަފާރިވެރިން ވަރަށް ބޮޑު އަދަދަކުން ޑިއުޓީ މާފުކުރޭ މިސްކިތް އެޅުމުގެ ނަމުގަ. ކޮންމެ މިސްކިތެއްވެސް އަޅާނިމުމުން އެ މިސްކިތް އެޅުމަށް ޑިއުޓީ ފްރީކޮށް އެތެރެކުރި މުދަލުގެ އަގު ކަސްޓަމްސްއިން ހާމަކުރަންޖެހޭ.