12 މާޗް 2024 - 12:19
ލަންޑަން (މާޗް 12) - އޭނާ އަކީ ފުޓްބޯޅަ އަށް ލޯބި ކުރާ މީހެއް ނޫން ކަމަށް ޗެލްސީގެ އާ ސީއީއޯ ކްރިސް ޖުރަސެކް މުވައްޒަފުންގެ ގާތު ބުނެފި އެވެ.
ޗެލްސީގެ އެގްޒެކެޓިވްގެ އެންމެ އިސް މަގާމަށް އޭނާ އައްޔަން ކުރީ މިދިޔަ އަހަރުގެގެ މައި މަހު އެވެ. އޭނާ ވަނީ ކުރިން ބައެއް ވިޔަފާރި ކުންފުނިތަކުގެ ސީއީއޯގެ މަގާމު އަދާކޮށްފަ އެވެ. އޭގެ ތެރޭގައި ޗެލްސީގެ ވެރިޔާ ޓޮޑް ބޮއެލީގެ ކްލިއާލޭކް ކެޕިޓަލް ވެސް ވެސް ހިމެނެ އެވެ.
އޭނާގެ އާ މުވައްޒަފުންނާ އެކު މިފަހުން ބޭއްވި ބައްދަލުވުމެއްގައި މުވައްޒަފަކު ވަނީ ޖުރަސެކް އަކީ ޗެލްސީގެ ސަޕޯޓަރެއް ތޯ ސުވާލު ކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި އޭނާ ބުނެފައިވާ ކަމަށް މުވައްޒަފުންނާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ބުނީ، އޭނާ އަކީ ފުޓްބޯޅަ ސަޕޯޓަރެއް ނޫން ކަމަށެވެ.
"ހަގީގަތުގައި އަހަންނަކީ ފުޓްބޯޅަ ސަޕޯޓަރެއް ނޫން،" މުވައްޒަފުންގެ ގާތު ޖުރަސެކް ބުނެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
ޗެލްސީ އަކީ ވަިޔާފާރި ޕްރޮޑެކްޓެއް ކަމަށާއި ސަޕޯޓަރުންނަކީ ކަސްޓަމަރުން ކަމަށް އޭނާ ދެކޭ ކަމަށް މިޑިއާތަކުން ބުންޏެވެ.
ޗެލްސީގެ މިހާރުގެ މެނޭޖުމެންޓަށް، ކްލަބްގެ އާންމު ސަޕޯޓަރުންގެ ތާއީދެއް އަދި ވެސް ނުހޯދެ އެވެ.
ބޮއެލީ ހަވާލުވެގެން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ސްކޮޑަށް ކުރި އިރު ވެސް ކާމިޔާބެއް ނުހޯދޭ މައްސަލާގައި ޗެލްސީގެ ސަޕޯޓަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އޭނާގެ މެނޭޖުމެންޓަށް އަމާޒު ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy