އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝިރަން ބޮންބޭގައި.
13 މާޗް 2024 - 07:54
އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝިރަން އޭނާގެ އޭޝިއާ އަދި ޔޫރަޕް ޓުއާގެ ތެރެއިން ޝޯއެއް ދިނުމަށް އިންޑިއާގެ ބޮންބޭ އަށް ހިނގައްޖެ އެވެ.
މިއީ ޝިރަން ޝޯއެއް ދިނުމަށް ބޮންބޭ އަށް ދިޔަ ދެވަނަ ފަހަރެވެ. މިފަހަރުގެ ޝޯ ބާއްވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
ޝިރަން ބޮންބޭ އަށް ދިޔަކަން ފޭނުންނަށް އެންގީ އިއްޔެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއަކުންނެވެ. އެ ވީޑިއޯއިން ފެންނަނީ ބޮންބޭގެ ސްކޫލެއްގައި ދަރިވަރުންނާ އެކު އޭނާ ލަވަކިޔާ މަންޒަރެވެ.
"ހަމަ މި އާދެވުނީ އިންޑިއާގެ ބޮންބޭ އަށް. އަހަރެމެން މިއަދު ބައެއް ސްކޫލްތަކަށް ޒިޔާރަތްކޮށް، ބައެއް ލަވަތައް ކިޔާނަން. ސްކޫލް ކުދިން ވެސް އަހަރެމެންނަށް ލަވަ ކިޔައިދޭނެ ކަމަށްވޭ،" އެ ވީޑިއޯގައި ޝިރަން ބުންޏެވެ.
އެ ވީޑިއޯގައި ދެން ފެންނަނީ ޕްރައިމަރީ ސްކޫލެއްގެ ކްލާސްރޫމެއްގައި ތިބި ކުދިންނާ އެކު އޭނާ ގޭމް ކުޅެ، ވާހަކަދައްކާ އަދި އެތަނުގެ ތެރޭގައި ލަވަކިޔާ މަންޒަރެވެ.
ޝިރަންގެ ޝޯއެއް އެންމެ ފުރަތަމަ ބޮންބޭގައި ބޭއްވި 2017 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ދިން ޝޯއަށް އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު އިލްހާމް
13 March 2024
ތިބާއަށް ﷲ ހިދާޔަތުގެ މަގު ދައްކަވައި އިޙްލާޞްތެރި ތަޢުބާއަކުން ތަޢުބާވުމުގެ ނިޢުމަތް މިންވަރު ކުރައްވާށި
ސޮބީހު
13 March 2024
އެރަށަށް މިހާރު ބޮންބޭ ނުކިޔާތާ ތިރީހަކަށް އަހަރު ވެދާނެ. މިހާރު ކިޔަނީ މުމްބާއީ. ވީޑިއޯގައި އެޑް ވެސް ބުނީ މުމްބާއީއަށް އައި ވާހަކަ. ބޮންބޭއެކޭ ނޫން. އެދުވަސްވަރު މެޑްރާސްގެ ނަން ޗެންނާއީއަށް ބަދަލުކޮށް ޓްރެވެންޑްރަމްގެ ނަން ތިރިވިނަންތަޕޫރަމް އަށް ބަދަލުކުރި.