މާލޭގެ މަގެއްގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް ވެހިކަލެއް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: ޕޮލިސް
14 މާޗް 2024 - 12:04
މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 40 ވެހިކަލް ފުލުހުން ރޭ ޓޯކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތައް ނެގުމަށް ކުރާ މަސައްކަތުގެ ތެރެއިން، އަމީނީމަގުން އެކަނި ވެސް ރޭ 15 ވެހިކަލް ޓޯކުރި ކަމަށެވެ. އަދި ރޭ އެކަނި ވެސް މާލޭގެ އެކި ތަންތަނުން 40 ވެހިކަލް ޓޯކުރި ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ މަގެއްގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް ވެހިކަލެއް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: ޕޮލިސް
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ޓްރެފިކް ބޮއްސުންލުމުގެ ސަބަބުން ނުގަވާއިދުން ޕާކްކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ ހަފުތާގަ އެވެ.
ވެހިކަލްތައް ޓޯކުރަން ފުލުހުން ފެށީ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާއި އިމަޖެންސީގައި ދުއްވާ އުޅަނދުތައް ދަތިވާ ގޮތަށް ނުގަވާއިދުން އުޅަނދު ޕާކްކުރާ އުޅަނދުތައް ޓޯކުރާނެ ކަމުގެ އިންޒާރު ވެސް ދިނުމަށް ފަހު އެވެ.
މާލޭގެ މަގެއްގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް ވެހިކަލެއް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: ޕޮލިސް
ގިނަ ދުވަސްތަކަކަށް ފަހު ފުލުހުން އުޅަނދުތައް ޓޯކުރަން ފެށީ މާލޭގައި ހަމައެއް ލަމައެއް ނެތި ޕާކުކުރުން އާންމުވުމުންނެވެ. ޕާކުކުރުން މަނާ މަގުތަކާއި ޕޭވްމަންޓުތައް މަތީގައި ވެސް މީހުންނަށް އުނދަގޫވާ ގޮތަށް ޕާކުކުރުން އާންމުވެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ.
އެކަމަކު ޕާކިން ޖާގަ ދައްކާފައި ނޫނީ ވެހިކަލްތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އެހެންވެ، ގަވާއިދާ ހިލާފަށް ޕާކުކުރިޔަސް ސްޓިކާ ނުޖަހަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަހަހަބަ
17 March 2024
މާލެއަށް ގަވައިދާ ޚިލާފަށް ވެހިކަލް އެތެރެކުރުން ނަމަނަމަ ހުއްޓާނުލާތި.. ޕާކު ކުރާނެ ތަންކޮޅެއް ނެތަސް ނަމަނަމަ ގަވައިދާ ޚިލާފަށް ތި އެތެރެކުރަން ޖެހޭނެ.
ނަސޫ
14 March 2024
ދިވެހިންގެ އަޚްލާޤީ ފެންވަރު ހުންން ގޮތުން ތިކަންތައް ކުރަން ޖެހުނީ. ރަނގަޅު ކަމެއްތީ ކުރަން
ހޯހޯހޯ
15 March 2024
މުޅިއަކުން އަހުލާޤީ ފެންވަރު ހުންނަ ގޮތުންނެއްނޫން. މާލެ ސަރަހައްދުނޫން އެހެން ސަރަހައްދެއް ރާއްޖޭގައި ނެތްކަމަށް ދެކިގެން ހުރިހާ އެއްޗެއް މާލެއަށް ޖަމާކުރީމައި ވާނެގޮތް މިފެންނަނީ.
އަލީ
14 March 2024
މާބޮޑަށް ލަސްވެއްޖެ. . ދެން ހުއްޓާނުލާތި ... ވަރަށްބޮޑަށް ޝުކުރިއްޔާ....
ބޮޑުރިޔާ
14 March 2024
ޕާކުކުރާނެ ތަން މިހާރު ތިޔަ ދައްކަނީ ޓޯޔާޑުން އުތަ
ކީކޭ
14 March 2024
އެކަމަކު އަމީމަގު އެވިޑުކޮލެޖު ކާރީ ހުންނަ 'ގުދަނަށް ލޯރި ވައްދަގެން މުދާ އަރުވާ ބާލާ ހުއްދަ" ދީފަ ކަމަށް ބުނާ ގުދަނުގެ ކުރިމަތީ ބޮޑު ލޯރި އޮންނާނެ އަބަދު ބާއްވާފަ. ނުގެންދޭ. ޓޯވެސް ނުކުރޭ!!!!!!
ހިނގާކުދިން
14 March 2024
ރަނގަޅުވޭ އެބަ. ގެންގޮސް ގާދޫކޮލަށް އެޅޭ ގާނޫނެއް ފާސްކުރަންވެސް ވެއްޖެ. ބޮޑު މުސީބާތެއް ހަމަ.
ހާލިދު ގަނީ
14 March 2024
ބޮޑުތަކުރުފާނު މަގުވެސް ހުސްކޮއްދީ ބަލަ، ބްލޫ ހީރޯރސް. ވ.ވ.ބޮޑައް ސުކްރިއްޔާ ތިފެއްޓެވި ހިދްމަތްއް.
ހޯހޯހޯ
15 March 2024
ބްލޫ ހީރޯ އޯ ޒީރޯ ފުރަތަމަ ތިޔަ މާލެ ހުސްކޮށްލަ ދީބަލަ. ތިޔަ މާލެއަކާއި ހެދިގެން ރާއްޖޭގެ އެހެން ސަރަހައްދެއް ސަރުކާރުތަކަކުން ތަރައްޤީކުރާކަށް ބޭނުމެއްނުވެއޭ.
ތިއޮތީ ފޭހުނު އޮލޮށިގަނޑު އަމިއްލަ ލޮލަށް ހެރިފައި
14 March 2024
މިސަރުކާރުން ފޭހުނު އިލޮށިގަނޑު ތިއޮތީ ސަރުކާރުގެ ލޮލަށް ހެރިފައެވެ. ތިއީ ސަޕޯރޓް ހޯދަންވެގެން ސްޓިކަރ ޖެހުން ހުއްޓާލީމަ ވީގޮތެވެ. ގޮތެއްފޮތެއް ނެތް ދިވެހިން ހަށީގަ ހޭނި ޖެހުނުތާކު ޕާރކް ކުރަން ފެށީއެވެ. މުޖުތަމަޢުގެ ވަބާ އަކަށް އެކަން ބަދަލުވީ އެވެ.
ފާނަކޮށި
14 March 2024
މިހާރުވެސް ހެންވޭރު ފެމިލީ ކޯރޓް ބިއްދޮއް ފަރާތުގައި އޮތް މަގުގައި ވީރާނާ ވަމުން އަންނަކާރެއް އެތައް އަހަރެއް ވެއްޖެ އެތަނުން ނުނަގާތާ.....
ހުޅުމާލެ
14 March 2024
ހުޅުމާލޭގެ މަގުމަތީގައި ހިރަފުސްއަރައި ފުރިފައިހުރި ބާ ވެހިކަލް ނަގާނީ ކޮންއިރަކުންބާ!