ހުޅުމާލެ 1ގައި މީހުން އަލަށް ދިރިއުޅެންފެށި ފްލެތްތައް ކައިރީ ޕާކު ކޮށްފައި ހުރި ސައިކަލުތަކެއް ފުލުހުން ޓޯ ކުރަނީ.-- ފޮޓޯ: މިހާރު
29 ސެޕްޓެމްބަރ 2025 - 19:21
ހުޅުމާލެ 1 ގައި އެންމެ ފުރަތަމަ އިމާރާތްކުރި ފްލެޓުތަކުގެ ދެމެދުގައި ހިނގަން ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މިއަދު ހަވީރުން ފެށިގެން ފުލުހުން ވަނީ އެ ފްލެޓުތަކުގެ ދޮރުމަތީގަ އާއި ސިޑިތަކުގެ ދަށުގައި ބަހައްޓާފައި ހުރި އެތައް ސައިކަލެއް ޓޯކޮށްފަ އެވެ.
ހުޅުމާލޭގެ ފްލެޓުތައް ކައިރީގައި ސައިކަލްތައް ޕާކުކުރާނެ ސަރަހައްދުތައް ކަނޑައަޅައި، ފްލެޓް އިމާރާތްތަކުގެ ދެމެދުން ހިނގަން ހާއްސަކޮށްފައި އޮންނަ ސަރަހައްދަށް ވެހިކަލް ވަނުން މަނާކޮށް އެކަން އަންގައިދޭ ބޯޑު ވެސް ހުންނަނީ ޖަހައިފަ އެވެ. އެކަމަކު އެ މަގުތަކުގައި ޕާކުކުރުމާއި ބާރަށް ސައިކަލް ދުއްވުން އާންމުވެ ޝަކުވާ އޮންނަނީ ބޮޑުވެފަ އެވެ.
ހުޅުމާލޭގައި ބައެއް ފްލެޓްތަކުގެ ކައިރިން އޮންނަ ހުސް ޖާގަތަކުގައި ކާރާއި ޕިކަޕް ފަދަ ތަކެތި ވެސް ޕާކުކޮށްފައި ހުރެ އެވެ.
އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުން މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން މަސައްކަތް ފުލުހުން މި ފަހުން ފެށީ މީގެ ހައެއް މަސް ކުރިންނެވެ.
ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމަށް ފަހު އަނބުރާ ދެނީ 48 ގަޑިއިރު ފަހުންނެވެ. އަދި ޓްރެފިކް ގާނޫނާއި ގަވައިދާ ހިލާފްވާ އެއް ވެހިކަލް ދޫކުރަނީ ޓޯކުރާތާ 15 ދުވަސް ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖިދާސް
30 September 2025
ރޭވިގެން. ސެލަރީ ޖަމާވާ އިރަށް
މުހައްމަދު.
30 September 2025
މިހާރު ހިނގޭ ކަށްވެސް ނެތް. ދުއްވޭކަށް ވެސް ނެތް. ހުރިހާ އުޅަނދެއް މަގުމަތީ ޕާކު ކޮއްފައި ގޭގައި ތިބެންވީ.
ކޮން
30 September 2025
ސީދާ ޕޭމަންޓް މަތީގަވެސް ހުރޭ ކާރާއި ސައިކަލުވެސް ޕާކުކޮށްފަ.
ވާނުވާހޭ
30 September 2025
ފޭސް 2 ގަ ޕާކް ކުރާނެ ޖާގަ އިއްވާ ވެސް ޕާކް ކުރަނީ ހަމަ މަގުމަތީގަ،. މިފަދަ ވެހިކަލް ތައް ޓޯ ކޮށްފަ ނައްތާ ލަންވީ
ސަލިން
30 September 2025
ވަރަށް ރަނގަޅު ކަމެއް.. ދެރައީ ފޯވަހި ފޯވައްސަށް މިކަން ކުރާތީ.. ނުބައި ކޮށް ޕާކު ކުރއިރަށް ނަގާ ގެންގޮސް ނައްތާލެވޭނެ ގޮތެއް ރާވަންވީ...
ފެއިލްޑްސޮސައިޓީ
30 September 2025
މަހަކު އެއްފަހަރު ވާނެ ތިކަން ކުރަން. ނޫނީ މިތިބަ އަމިއްލައެދުން ބޮޑުވެފަ ތިބިމީހުން ގެ އެދުމެއް ނުކެނޑޭނެ. އަނެއްމީހާއަށް ނުބެލުން. ހަމައެކަނި ތިމާމީހާގެ ކަންކަން ވީމަ ނިމުނީ. މީ މިތާނގަ އޮތް މައްސަލައެއް ބޮޑުކޮށް.
އައްމަޓީ
30 September 2025
މާލެ އަދި ހުޅުމާލެ މަގުތަކުގެ ދުވާރުމަތީގައި ޕާކުކޮށްފަ ހުންނަ ސައިކަލްތައްވެސް އަދި ދުވާރުމަތީގައި ހުންނަ ގޮނޑިމޭޒުވެސް އަވަހަށް ނަގައިދީ، ހިނގާމީހުންނަށް ވަރަށްއުނދަގޫވޭ
ކޮރަލް
30 September 2025
ވ ރަނގަޅު ކަމެކެވެ. ދެން ހައިވޭ ތަކުގަ ހުރި ވެހިކަލް ތައް ނަގާ ދީ ބަލާށެވެ. ސައިކަލަކަށް ދުއްވޭ ވަރެއް ނޫނެވެ.
ޕިކްސް
30 September 2025
ޒަމާނީ ފެންވަރަށް ހަދަމުން އައިރަށް މިހާރު މިވަނީ މާލެއަށްވުރެވެސް ގޯސްވެފަ.
އޮނަރަބްލް ކަތީބު މުދިންބެ
30 September 2025
މަހުގެ ފަހުކޮޅު ސިޔާސީ މަގާމުތަކުގައި ތިބިފަރާތްތަކުގެ މުސާރަ ހަމަކުރަނީ