މަޖީދީމަގުގައި ޕާކު ނުކުރެވޭނެކަން އަންގަން ކޯނު ބަހައްޓާފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
15 ޖޫން 2025 - 12:03
މަޖީދީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކު ކޮށްގެން 74 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ ބުރާސްފަތި ދުވަހެވެ.
ފުލުހުން ބުނީ އެ ދުވަހުން ފެށިގެން މިހާތަނަށް ދެ ފުރޮޅުލީ 69 އުޅަނދާއި ހަތަރު ފުރޮޅުލީ ހަތަރު އުޅަނދު ޓޯ ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޓޯ ކުރާ އުޅަނދު އަނބުރާ ލިބޭނީ 48 ގަޑިއިރު ފަހުންނެވެ.
ފިހާރަތައް ގިނަ މަޖީދީ މަގުގެ ދެ ފަރާތުގައި ޕާކުކުރުމުގެ މައްސަލަ ބޮޑުވެފައިވާ އިރު، ފުލުހުން އެދެނީ ޕާކިން ޒޯނުގައި ޕާކުކުރުމަށެވެ.
މަޖީދީމަގު މަރާމާތުކުރުމަށް ފަހު 2022 ގައި ވަނީ މަގުދެ ދެ ފަރާތުގައި ވެސް ޕާކްކުރުން މަނާކޮށްފަ އެވެ. ނަމަވެސް މަގުގެ ދެ ފަރާތުގައި ވެހިކަލް ޕާކުކުރުން ވަނީ އާއްމުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިނބޭ
15 June 2025
ގާނުނުއަސާސީ ބުނަނީ އެންމެން ގާނޫނުގެ ކުރިމަތީ ހަމަހަމަވާން ޖެހޭނެ ކަމަށް. މަޖީދީމަގުގެ ޑަބަލް ރޮނގުގަ ޕާކްކުރީމަ ޓޯކުރަނީ! އަމީނީމަގު ޑަބަލްރޮނގުމަތީ ޕާކުކުރުން އޯކޭ! ގުދަންތައް ކުރިމަތީ ލޯރިބާއްވަގެން މުދާ ބަރުކުރުންވެސް އޯކޭ! ސިލެކްޓިވް އެންފޯސްމަންޓަކީ އެންފޯސްކުރާ މީހުންނާ ދިމާޔަށް ކޮރަޕްސަންގެ އިނގިލި ދިއްކުރެވޭނެ ކަމެއް.
އުސްމާނުބެ
15 June 2025
ރަގަޅު ވާހަކައެއް ، އަދި އަމދުން ބޮޑެތި ވިޔަފާރި ކުރާފިހާރަތަކާ ކުންފުނިތައް ބޮޑެތިމީހުން ފިނިގޮޑީގައި އޮފީސްގައި ، ދެން ގެންގުޅޭ ބޭރު މީހުން މަސައްކަތުގައި މުޅި ތަން ހިފާލައިގެން އެމީހުން ކުރަން ޖެހޭކަންތައް ތައް ކުރީމަ ބަރާބަރު ،
ޭައަލްޓިކޯ
15 June 2025
މާލޭގެ ގެދޮރު ވެރިޔާ އަށް އޭނަގެ ވެހިކަލްތަށް އަމިއްލަ ގެދޮރުގަ ޕާރކް ކުރުން ލާޒިމް ކުރަންވީ ކޮބާ އިންސާފް މާލޭ ގެދޮރު ވެރިޔާގެ ވެހިކަލް މަގުމަތީ
ރާވެރިބެ
15 June 2025
ފުރަތަމަ އަދަބު ދޭންވީ ރާއްޖެއަށް ޚާއްސަކޮށް މާލެ އަށް ވެހިކަލް އެތެރެ ކުރާ ފަރާތްތަކަށް. ވޭޕް މަނާ ކުރިގޮތަށް ސައިކަލާ ކާރާ ވޭނާ ލޮރީ އާއި ޕިކަޕްތަކަށް ކްރޭންތަށް މާލެއަށް އެތެރެކުރުން އެއްކޮށް މަނާ ކުރަންވީ. އޭރުން ޕާކު ނުކުރެވިގެން އުޅޭކަށް ނުޖެހޭނެ. ތިލަފުއްޓަށް ބްރިޖް އެޅުނީމަ ހުރިހާ ވެއާރ ހައުސް ހުންނަން ޖެހޭނީ އެތަނުގަ. ޕިކަޕްތަކާ އެހެން އެއްޗިހި ތިލަފުށީގަ ތިބެފަ އައިސް ދަތުރު ނިންމާފަ އަބުޜާ ދާނީ ތިލަފުއްޓަށް. މާލޭގަ ޕާކު ނުކުރެވޭނެ
ބަރާބަރު
15 June 2025
ޓޯކުރަން ދާ ހަރަދުވެސް ނަގާގޮތަށް ހަމަޖައްސަބަލަ، އެހެންނޫނީ މައިތިރި ނުވާނެ
ތަބާވުން
15 June 2025
ގާނޫނާއި ގަވާއިދަކީ ތަބާވާންޖެހޭ އެއްޗެއްކަން ވިސްނޭނީ ފިޔަވަޅު ހަރުކޮށް އަޅައިގެން. ތަބާވަންދެން ފިޔަވަޅު އަޅާފައި ހަރުކޮށް ބަހައްޓާ.
މުނިއްޒު ބޭ
15 June 2025
ތޯ ނުކުރެވޭނެ ޕާކިން ނުދައްކައެއް. ޕާކިން ޒޯނެއް ނެ މުޅި މަޖީދީމަގުގަވރސް. އެއްފަޅީގަ ޕާކިން ޒޯން ހަދީމަ މައްސަލަ ހައްލުވީ. އޭރަށް ދެފަޅިގަ ޕާކެއް ނުކުރާނެ. ރައްޔިތތުން ގޮވާ އެރިވަެު މަދުވާނެ.
މާލޭމީހާ
15 June 2025
ޕާރކް ކުރާނޭތަން ނުދައްކާވެސް ޓޯ ކުރެވޭނެ. ޕާރކްކުރާނޭތަން ނެތިއްޔާ އުޅަނދު ނުގެނޭ. ޖާގަ ނެތްތާކު ޒޯންތަކެއް ނުވެސް ހެދޭނެ. މުނިއްޒު ބޭ އަށް އިނގޭނެ މާލޭގެ ހާލަތު.. ހިނގާލާފަ އުޅެން ނުވަތަ ބައިސްކަލުގައި އުޅެން އާދަކުރައްވާ.
މޮޔަސޮރު
15 June 2025
ބަލަ މާލޭމީހާ ތިޔަބުނާ ބައިސްކަލް އެއީ ޕާކުކުރަންޖެހޭ އެއްޗެއްނޫންދޯ؟
ވޯލް
15 June 2025
ބަރާބަރު. ދިވެހިން ކަންނެތް ކަމުން ފައިބާ ތަނުގައި ޕާކް ކުރަން ބޭނުންވަނީ. އަދި އެކަން ހުއްޓުވަން އޮތް އިދާރާތަކުންވެސް ފޮޔަވަޅު ނާލާތީ.