ޚަބަރު / މުހައްމަދު ޣައްސާން މައުމޫން (ޑިފެންސް މިނިސްޓަރު)

ރައީސް ހޯއްދެވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް: ޣައްސާން

ރާއްޖެ އަށް ތުރުކީ އިން ގެނައި އަސްކަރީ ތިން ޑްރޯންގެ ތެރެއިން އެއް ޑްރޯން ރައީސް މުއިއްޒު ބައްލަވާއިރު، އަރިހުގައި ޑިފެންސް މިނިސްޓަރު ޣައްސާނާއި ނައިބު ރައީސް ހުސައިން.---ފޮޓޯ: ރައީސް އޮފީސް

16 މާޗް 2024 - 13:48

83 comments

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތައް ބޭނުންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ނިންމަވައި، ރޭގައި އެ ކަން ފެށުމަކީ ރާއްޖޭގެ ހަތުރުންނާއި މިތުރުންނަށް ވެސް ހައިރާންކަން ލިބުނު ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ސަރުކާރުގެ އެހީތެރިކަމާ އެކު، މިހާތަނަށް އަސްކަރީ ތިން ޑްރޯން ރާއްޖެ އަށް ދީފައިވާތީ އެ ޑްރޯންތައް ބޭނުންކުރަން ފެށުމުގެ ތާރީހީ ރަސްމިއްޔާތު ބޭއްވި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. ރޭގެ ރަސްމިއްުޔާތުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ މުއިއްޒު ވިދާޅުވި ގޮތުގައި އޭގެ ގިނަ އާލާތްތައް ރާއްޖެ އަށް ތުރުކީ އިން ދިނީ ހިލެ އެވެ. އަދި އިތުރު ޑްރޯންތައް ވެސް މި އަހަރުގެ ތެރޭގައި ގެންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ރޭގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ޣައްސާން ވިދާޅުވީ، މިހާރު ދުނިޔޭގައި ކަން ހިނގަމުންދާ ގޮތަކީ އެކި ގައުމުތަކުގެ ސިޔާދަތާއި އިސްތިގުލާލަށް ނުފޫޒު ފޯރުވުމުގެ މައްޗަށް ކަމަށެވެ. އެކަމަކު، މިފަދަ ހިނދެއްގައި ރާއްޖޭގެ މިނިވަންކަމަށްޓަކައި "ދެ ވަނަ ތެދުވުމަކުން" ރައީސް މުއިއްޒު ތެދުވެވަޑައިގަތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ބޮޑުތިލަދުންމަތިން ތެދުވެވަޑައިގެން ދިވެހިރާއްޖޭގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އުޅުމުގެ ހައްގު އެބައޮތް ކަމަށް ވިދާޅުވެ، ހަށިފޮޅާލައި އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ދިވެހިންގެ ވެސް ހައްގެއް ކަމަށް ވަރަށް ފާޅުގައި ވިދާޅުވެ، ކެރިގެން ކުރައްވާ ބުރަ މަަސައްކަތުން ހަލުވިކަމާ އެކު ދިވެހި ލަޝްކަރު އަލުން އަތުރާލައްވައި ތި ހޯއްދެވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް،" ޣައްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ނިންމެވުމުގެ ސަބަބުން އެ މަނިކުފާނާ މެދު ރައްޔިތުންނަށް ލިބުނު ޔަގީންކަން ވަނީ ބޮޑުވެފަ އެވެ.

"ތުއްތު ކުދިންގެ ހިތްތަކުގައި ހުއްބުލްވަތަންގެ ދަންމަރު އަލުން ދިއްލާލި ކަމެއް. ކެރޭ ދިވެހި ސިފައިންގެ އަޒުމް އިތުރަށް ވަރުގަދަ ކުރުވި ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ ތާރީހީ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ޣައްސާން ވިދާޅުވީ، ދުނިޔޭގައި މިހާރު ހަނގުރާމަތައް ބޮޑަށް ބިނާވެފައި ވަނީ ޓެކްނޮލޮޖީގެ މައްޗަށް ކަމަށާއި އެއީ ލަޝްކަރީން ނުރައްކަލަށް ހުށަހެޅޭ ވަރު ކުޑަކުރަން ކަމަށެވެ.

ރާއްޖޭގެ އަސްކަރިއްޔާ އަށް ވެސް ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ހޯދައި ދެއްވީ އެފަދަ ވަސީލަތެއްކަން ޑިފެންސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ދިވެހި ސިފައިން ރައްކާތެރިކަމާ އެކު ތިބެގެން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދެވޭނެ ނިޒާމެއް. މިއީ ދުނިޔޭގައި މިހާރު ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ސޮފިސްޓިކޭޓެޑް ޓެކްނޮލޮޖީ ޕްލެޓްފޯމެއް. ހަމަ އޭގެ އިތުރުން ސާވަޔަލަންސާއި ސާޗް އެންޑް ރެސްކިއު އަށް ފޯކަސްކުރާ އިރެއްގައި ވިޔަސް ދިމާވެދާނެ ހާލަތަކުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ޑިފެންސިވް މެނޫއަލްސް ނެގޭނެ، އަލިފާނުގެ ބާރު ނެގޭނެ ހަތިޔާރެއް [ޑްރޯންސްތަކުގައި ހުންނާނެ]" ޣައްސާން ވިދާޅުވި އެވެ.

ރޭގެ ތާރީހީ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ދިވެހި އަސްކަރިއްޔާގައި ވައިގެ ސިފައިންގެ ހިދުމަތް ފައްޓަވައި ދެއްވައި ވައިގެ ސިފައިން އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި "ހެލިކޮޕްޓަރު ސާވިސަސް" މި އަހަރު ނިމުމުގެ ކުރިން ފައްޓަވާނެކަން ވެސް އިއުލާން ކުރެއްވި އެވެ. ދެން ވިދާޅުވީ، މިހާރު ފަހަތަށް ސޮއްސާލާފައިވާ ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެ ގުނަ އިތުރު ކުރައްވާނެ ކަމުގެ ޔަގީންކަމެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކޯސްޓް ގާޑުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަންޖެހޭ ކަންކަން ތުރުކީ ފަދަ ގައުމުތަކުގެ އެހީތެރިކަމާ އެކު މިހާރު ވެސް ވަނީ ފަށައިފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯން އެވެ. އޭގެ އިތުރު ޑްރޯންތައް ގެންނަން ވަނީ ނިންމައިފަ އެވެ. އެ ތަކެތި ރާއްޖޭގައި އޮޕަރޭޓް ކުރުމަށްޓަކައި ދިވެހި ސިފައިންގެ ޓީމެއް ތުރުކީ އަށް ފޮނުވައިގެން ވަނީ ތަމްރީނުކޮށްފަ އެވެ. ފުރަތަމަ ބެޗު މާލެ އައިސް ހިދުމަތަށް ނުކުމެފައިވާއިރު، ދެ ވަނަ ބެޗު ވަރަށް އަވަހަށް އަންނާނެ ކަމަށް ރޭ ރައީސް ވިދާޅުވި އެވެ.

ހަމަ އޭގެ އިތުރުން ސާވަޔަލަންސާއި ސާޗް އެންޑް ރެސްކިއު އަށް ފޯކަސްކުރާ އިރެއްގައި ވިޔަސް ދިމާވެދާނެ ހާލަތަކުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ޑިފެންސިވް މެނޫއަލްސް ނެގޭނެ، އަލިފާނުގެ ބާރު ނެގޭނެ ހަތިޔާރެއް [ޑްރޯންސްތަކުގައި ހުންނާނެ] --- ޣައްސާން

އެމެރިކާއިން މިލިޓަރީ އާލަތްތައް ތުރުކީ އަށް ފޯރުކޮށްދިނުން ހުއްޓާލުމާ ގުޅިގެން، ތުރުކީގެ ޑްރޯން ކުންފުނި، ބައިކާރު އިން އުފެއްދި ޑްރޯންތަކުގެ ތެރޭގައި "ބައިރަކްތާރު ޓީބީ2" ޑްރޯންގެ އުދުހުންތައް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތަކާ އެކު އުފައްދާފައިވާ މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ.

ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.

ބައިކާރުން ދުނިޔޭގެ ބޭރުގެ ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފަ އެވެ. މިގޮތުން، މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯ އެވެ.

83 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެ ވެލާ

18 March 2024

އާ ކުކުޅަކަށް ގާބިހެއް އެޅުން، ޘަގާފީ މިނިސްޓަރު ލައްވަ ތަރުޖަމާ ކޮށްލަން ފެނޭ.

The name is already taken The name is available. Register?

ޖެއްސު

18 March 2024

މި ވަޒީރުންވެސް މިތިބެނީ ބިރުވެރިކަމެއްގަ ހާދަ ފިއްތާފައޭ. މުއިއްޒު ގަދަ.

The name is already taken The name is available. Register?

ކޮރޮކަލި

17 March 2024

ބްރޯ. ތީ ހަމަ ގޭސް. ތިހެން ދެތިން ޑްރޯން ގެނެސް ތިކަމެއް ނުވާނެ. ތިީ ތިއަށްވުރެ ވިސްނުން އިސްކޮށްގެން ކުރެވެން އޮތް ކަމެއް. ހަތިޔާރެއް އެއްޗެއް ބޭނުންކޮށްގެން އެންމެ ކުޑަމިނުން މަސްބޯޓެއްވިއަސް އަތުލި ބައެއް ނެތް. އެ ތަޖްރިބާ އެއް ނެތް. ދެން ހަމަ ތިހެން ފޮޓޯ ނަގަން އަދި ވީޑިއޯ ނަގަން އެއްޗެއް ގެނަޔަސް ދިފާޢީ ކެޕޭސިޓީ ހުރީކީ އެއް ނުން. ބައްލަވާ 7 ފެބް. ދެތިން ގަޑި އިރުތެރޭ މެލްޓް ވީ ތަނެއް. ހަމަ އެ ތަންދޯ ތީ. ބޮޓުންގެ ހާދަ ކޮމެންޓް ގިނައޭ.

The name is already taken The name is available. Register?

ޗިނޑޭ

17 March 2024

ތިމާ ވިސްނާ ގޮތް ނޫން އެހެން ވިސްނުމަކަށް ދަނީ ބޮޓެއް ދޯ، ކޮރޮކަލި ކަލޯ؟

The name is already taken The name is available. Register?

ރަނގަޅު ކުރުސީ

17 March 2024

އެކޮއި 7 ފެބް ގަ ކހިނެތްތަވީ. ދިފާއީ ބާރުވެސް ވެރިކަމުގެ ބާރުގެ ދުއްޕާން ބޮޑުވެގެން ވެރިކަން ފުރޮޅާލީ. ފުރޮޅުނީ ދިފާއީ ބާރުގެ އެ ވަރުގެ ޖޯރު ހުރީމަ. ކަލޭމެންގެ ނަޝީދުއަށް އުޅެން ނޭގުނީމަ. ބޮވޭނެ، ބޮވިއްޖެނުއް

The name is already taken The name is available. Register?

ޕްރޯ މުއިއްޒު

17 March 2024

ދެން ރަޝިޔާ އައުޓް ގޮވަމުން މިސައިލް ސިސްޓަމެއް ގެނޭ، ހުންނާނީ ހަތަރެސްކަން ހަމަވެފަ. ކަމެއް ކުރާތި ހަސަދަ ވަނީކީ ނޫން، ވަކި ބަޔަކާ ޖައްސާލައިގެން އުޅޭ ވައްތަރަށް އުޅޭ ތީ ގޯސްވަނީ، އަހަރެމެން ކުޑަޔަކަސް އަހަރެމެންގެ ވަރުން ތަރައްގީ ކުރެވޭނެ. އެއީ ބޮޑެތި ބާރުތަކާ ހަނގުރާމަ އިއުލާނު ކުރާ ސްޓައިލަކަށް ނޫން.

The name is already taken The name is available. Register?

ސުސްތި

17 March 2024

ހައިސޮއްޔަތު އޮޅިފަ!

The name is already taken The name is available. Register?

ކުރުސީނު

18 March 2024

ޕުޓިން ބުނީ މޮޔައެއްގެ އަތައް މިސައިލެއްދޭން ހެޔޮނުވާނެޔޯ.

The name is already taken The name is available. Register?

ހަސަން ބުޝްރީ

17 March 2024

ހުދު އިންޑިޔާވެސް އޮތީ ކޮސްވެފަ. އެމީހުން ހީނުކުރޭ ދުވަހަކުވެސް މިހާ މިގައުމު ކުރިއަރާފާނެޔޭ.

The name is already taken The name is available. Register?

އަފްރާސިޔާބު

17 March 2024

މިސާލު ބަހަކަށް ހިތާދޫ މީހުންނަށް ހުދު ފޮށައެއް ލިބިފައޭ ތިއޮތީ. ދިވެހީންނަށް މިލިޓަރީ ޑްރޯން އެއްފެނިގެން ހޭބަލިވީއޭ ބުނުމަކީވެސް މިސާލު ބަހަކަށް ވާނީ. ތިއެއްޗަކީ ދުނިޔޭގައި ވަރަށް ކުރިއްސުރެ ބޭނުން ކިރާ އެއްޗެއް. އޭޝިޔާއަށް ތައާރަފްވީ އެމެރިކާއިން އަފްގާނިސްތާނުގައި ބޭނުން ކުރަން ފެށުމުން. އާންމުވީ އީރާނުގެ ޑްރޯން ހޫތީން ބޭނުން ކުރަން ފެށިހިސާބުން. މިޝްހޫރުވީ އިރާނުގެ މިލިޓަރީ ޑްރޯން ރަޝިޔާއިން ބޭނުން ކުރަން ފެށީމާ.

The name is already taken The name is available. Register?

އަލިފުޅު3

17 March 2024

ޑުރޯން ފޮޓޯގަވެސް ޑިފެންސު މިނިސްޓަރު ފޮޓޯ ގަވެސް ޕީއެންސީ ކުލަ ގަނޑު ހާދަ ގަދައޭ! 5 އަހަރު ވުމުގެ ކުރިން ދިދައިގެ ކުލަތަކަށް ޕީއެންސީ ކުލަ އިތުރުކުރުން ވަރަށް އައުލާކަން ބޮޑު!

The name is already taken The name is available. Register?

އުލްފާާ

17 March 2024

މިއަދު ދިވެއްސެއްގެ ހައިސިއްޔަތުން ވަރަށް ފަހުރުވެރިވޭ. މި އުފެދިގެންއައި އެއާ ފޯސްއާއިއެކު މި ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓިގެންދާނެކަމީ ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއް.

The name is already taken The name is available. Register?

އަފްރާސިޔާބު

17 March 2024

ކިހިނެތް ބަލަހައްޓާ ވާހަތިބުނީ. 24 ގަޑިއިރު ޑްރޯން އުދުއްސައިގެންތަ. ތީ މުސްތަޙީލު ކަމެއް. މާނައަކީ ނުވާނެ ކަމެކޭ. 24 ގަޑިއިރު ޑްރޯން އުދުއްސައިގެން އެމެރިކާއަށް ވެސް އެމީހުންގެ ސަރަހައްދު ނުބެލެހެއްޓޭ. ރާއްޖޭގައި ރާޑަރާއި ކަނޑުގެ އުޅަދު ފަހަރު 100 ބާއްވާވައިގެންވެސް ކިރިޔާ ބެހެލޭއްޓޭނީ. ރާޑަރ ނެތި ތިކަމެއް ނުވާނެ. ޑްރޯން ބޭކާރު އެއްޗަކަށްވާނީ ރާޑަރ ނެތި. އޭގައި ހުންނަ ކެމެރާއަކުން ރާއްޖޭ މުޅި ސަރަހައްދު 24 ގަޑިރު ސާޗްނުކުރެވޭނެ.

The name is already taken The name is available. Register?

އަންސާމްް

17 March 2024

ގައުމުގެ މިނިވަންކަން ރައީސް މުއިއްޒު ކަށަވަރުކުރާނެ.

The name is already taken The name is available. Register?

އޮޑިބަތްތަކުރު

17 March 2024

ރައީސް މުއިއްޒު އެކުރަނީ މިނިވަނެއްނޫން، ރާއްޖެ ހަގުރާމައެއްކަށް ބެރުޖަހަނީ. ތި ޑްރޯންތަކަކީވެސް ޖީބަށް ބައިވަރުގަޑެއް ކަހާލަން ކުރާކަމެއް.

The name is already taken The name is available. Register?

ނިމްޝާާ

17 March 2024

މުޅި ދުނިޔެ ސިއްސުވާލީ ރާއްޖެ ފަދަ ކުޑަ ގައުމަކުން މިލިޓަރީ ޑްރޯން ގަނެ އަމިއްލަފައިމައްޗަށް ތެދުވުމުން. ރާއްޖޭގެ ރައީސުލްޖުމޫހުރިއްޔާއަށް ހަމަ ސާބަސް

The name is already taken The name is available. Register?

1218

18 March 2024

އާނނ، ދުނިޔޭގެ ބޮޑެތި ބާރުތަކުން އެތިބެނީ ބިރުން ފިއްކަނޑައިގެން ގޮއްސަ.

The name is already taken The name is available. Register?

ލަޠީފުހާދީ

17 March 2024

އަސްލު ވަރަށް ސަޅި ކަމެއް. ރާއްޖެއޭމެދު ދުނިޔޭގެ ގައުމުތަކުން ކުޑައިމީސްކޮށްދެކޭ ދެކުމަށް ލޮޅުން އަރައިފި. މި ޑްރޯންތަކުގެ ހަބަރު ދުނިޔޭގެ ބޮޑެތި މީޑިއާގެ ފަލަ ސުރުހީއިން ޖާގަ ހޯދައިފި. ދެން ކުރަން ޖެހޭ ކަމަކީ މިހާރު ފައްޓަވަން ތައްޔާރުވާ ވެސްލް ޓެރެކިން ހަރުދަނާކުރުން. ރާއްޖޭގައި މަހަށްފުރާކޮންމެ ދޯންޏެއްގައި ޓްރެކް ހުރުން ލާޒިމްކޮށް މަދުވެގެން 500 ވޯޓުގެ ބެކްއަޕް ބެޓެރިއެއް މަޖުބޫރު ކުރުން. އޭރުން އެއިން ޓްރެކް ޑިވައިސް 40 ދުވަހު ހިފަހައްޓާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454