17 މާޗް 2024 - 23:19
ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ހުސައިން ސިރާޖު މިއަދު އިންތިހާބު ކޮށްފި އެވެ.
ބާ ކައުންސިލްގެ ރައީސްގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ވިޝާމް މިދިޔަ ޖެނުއަރީ މަހު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެންނެވެ.
އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓިން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވި ސިރާޖަށް ލިބިވަޑައިގަތީ 224 ވޯޓެވެ. އޭނާއާ ވާދަކުރެއްވި މުހައްމަދު ފައިސަލަށް ހޯއްދެވުނީ 172 ވޯޓެވެ.
ސިރާޖަކީ މަދަނީ ބޮޑެތި މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތު ކުރައްވާ މަޝްހޫރު ގާނޫނީ ވަކީލެކެވެ. އަދި ރާއްޖޭގެ ބައެއް ބޮޑެތި ކުންފުނިތަކުގެ ގާނޫނީ ވަކީލުކަން ވެސް އޭނާ ކުރައްވަ އެވެ.
The final results of the Executive Committee Member election is now published. Gazette link: https://t.co/xFzl4grMPf pic.twitter.com/5LfXktXcHS
— Bar Council of the Maldives (@MvBarCouncil) March 17, 2024
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލެއްވި އެކަނި އަހުމަދު ޝިފާއު 248 ވޯޓާ އެކު އެ މަގާމަށް އިންތިހާބުވި އެވެ. އޭނާ އެ މަގާމަށް ގެންނަން ނުފެންނަ ކަމަށް 88 މީހުން ވޯޓު ދިނެވެ.
މި އިންތިހާބުގައި ވޯޓުލުމަށް 991 ވަކީލުން ރަޖިސްޓަރީ ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންބެ2
18 March 2024
އުކުޅަހުގެ އަގުހުރި ދަރިޔަކު މި މަގާމަށް ހޮވުނީތީ އުފާކުރަން.
ރުތިބާ
18 March 2024
ސިރާޖަކީ އެންމެންނާ އެއްކޮށް މަސައްކަތް ކުރެވޭނެ ހިތްތިރި ބޭފުޅެއް. ވަރަށް ރަނގަޅު ނިންމުމެއް. ދާއިރާއަށް ކުރިއެރުން އެދެން.
އިންދިރާގާންދީ
18 March 2024
ބާ ކައުންސިލަކީ ހަގީގަތުގައި ގާނޫނީ ފަންނު މަރާލުމަށް އިބޫ ސަރުކާރުން ކުރި ކަމެއް. މިހާރު ބާ ކައުންސިލްގެ ކޮންޓްރޯލް އޮންނަނީ "ބިގް ފާމްސް" ކަމަށް ދައުވާކުރާ ދެތިން ލޯ ފާމްގެ އަތްމަތީ. އަލަށް ދާއިރާއަށް ކިޔަވައިގެން ނުކުންނަ ކުއްޖަކަށް ފުރުސަތު ލިބުމަކީ ނާދިރު ކަމެއް. ބާ ކައުންސިލް އުވާލައި، އެއަށްވުރެ ފަސޭހަގޮތެއް ވާންޖެހޭ. ބާ އެގްޒާމް އެކަނި ހަދައިގެން ފުރުސަތު ދޭންޖެހޭ. ޓްރެއިނިން ނުލިބިފަ އެތައް ސަތޭކަ ވަކީލުންނެއް މިހާރުވެސް އެބަތިބި.
ޏަނާ
18 March 2024
ތިޔަ ބިގް ފާރމްސް އިން ޓްރެއިންވާން ޖާގައެއް ލިބެނީވެސް އާއިލީ ނުވަތަ ރައްޓެހި ކަމުގެ ގުޅުން އޮންނަ ކުދިންނަށް އެކަނި! ތިޔަ ބަރ ކައުންސިލް ހަމައަކަށް އަޅުވަންޖެހޭ.
ރަޓު ކައްޕި
18 March 2024
ވިސްނަނީ ބޮލަކުންނެއްނޫން ދޯ؟ ތިން ލައްކައް މީހުންގެ ޢާބާދީއަކަށް އެތައް ސަތޭކަ ވަކީލުނެއް ބޭނުމެއްނުވޭ. ފެންވަރު ރަނގަޅު ވަކީލުން ތިބުމަކީ މުޅި ހުރިހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން އެންމެ އަލާކަން ބޮޑު ގޮތް! ގޮޅީގަ އޮވެގެން ގުޅާނީ ރަންގަޅު ވަކީލަކަށް ނޫންތަ؟ ބާކައުންސިލު ނެތި ދިވެހިން އިތުބާރު ނުކުރާ ކޮރަޕްޓު ކޯޓު ތަކުން ވަކީލުންގެ ހުއްދަ ދޫކުރަން އިޔާދަވުމަކީ ވަކީލުންގެ ދައުރުގެ މިނިވަންކަން ނިގުޅައިގަނެވޭ ކަމެއް.