ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކެއް: އެ ގޯތިތައް ދޫކޮށްފައިވަނީ މަގުތަކަށް އަރާ ގޮތަށް
18 މާޗް 2024 - 21:36
ހުޅުމާލެ 2 އިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ބައެއް ގެތައް ހުރީ މަގުތަކަށް ވެސް އަރާ ގޮތަށް ކަމަށާއި އެހެންކަމުން އެ ގޯތިތައް ދޫކުރެވޭނީ އެ މަގުތަކާއި ގޯޅިތައް އަލުން ތަރުތީބުކޮށްގެން ކަމަށް އެޗްޑީސީ އިން މިއަދު ބުނެފި އެވެ.
ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ދެއަކާއި އަލަށް ހިއްކާ ހުޅުމާލެ ތިނެއް އަދި ގުޅިފަޅުންނާއި ގިރާވަރުފަޅުން ގޯތި ދޫކުރި އެވެ. އެ ތަންތަނުން 9،000 ގޯތި ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ.
އެޗްޑީސީ އިން މިއަދު އާންމުކުރި ވީޑިއޯއެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން އެސިސްޓެންޓް މެނޭޖަރު މުހައްމަދު ސިރާޖު ވިދާޅުވީ ގޯތި ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަަމަށާއި އަދި ބައެއް ގޯތިތަކުގެ އިން ފާރު ރޭނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
ނަމަވެސް، ސިރާޖު ވިދާޅުވި ގޮތުގައި ހުޅުމާލެ 2 އިން ދޫކޮށްފައިވާ ބައެއް ގޯތިތައް ހަވާލު ކުރުމަށް ހުރަސްތަކެއް އެބަ ހުއްޓެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ކަނޑައަޅާފައިވާ ބައެއް ގޯތިތައް ހުރީ މަގުތައް ހުރަސްކޮށްފައި ކަމަށާއި އެ މަގުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ވިޔުގަ ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރަހައްދުގެ ބައެއް ގޯތިތައް ދޫކޮށްފައި އެބަހުރި މަގުތަކަށް އަރާ ގޮތަށް. މިފަދަ ތަންތަން އެބަ ޖެހޭ އަލުން ރީލޮކޭޓް ކުރަން. މި ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ވަކި ހަމައަކުން ތަރުތީބު ކޮށްގެން ނޫނީ މި ސަރަހައްދުގެ ގޯތިތައް ކަނޑައަޅާ ގޯތިތައް ދޫކުރެވޭނެ ގޮތެއް ނޯންނާނެ،" ސިރާޖު ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކެއް: އެ ގޯތިތައް ދޫކޮށްފައިވަނީ ފެނާއި ނަރުދަމާގެ ސާވިސް ލައިންގެ މަތިން
ބައެއް ގޯތިތައް ދޫކޮށްފައި ހުރީ ސިރާޖު ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާގެ ސާވިސް ލައިން އަށް ވެސް އަރާ ގޮތަށެވެ. ފެނާއި ނަރުދަމާގެ ނެޓްވޯކް ތެރެއަށް އަރާ ގޮތަށް ވަރަށް ގިނަ ގޯތިތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެ ގޯތިތައް ދޫކުރުމުގެ ކުރިން އެ ނެޓްވޯކް ވެސް ރީލޮކޭޓް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސަރަަހައްދުގެ ވީޑިއޯއެއް ދެއްކިއިރު، ނެޓްވޯކްގެ މައްޗަށް އަރާ އެއް ގޯތީގައި އިން ފާރު މިހާރު ވެސް ރާނާފައިވާ މަންޒަރު ފެނެ އެވެ.
"ރީލޮކޭޓް ކުރުމުގެ މަސައްކަތް ސެޓެލްކޯ އާއި އެމްޑަބްލިއުއެސްސީއާ ވާހަކަ ދައްކައިގެން މި ދަނީ ކުރަމުން. މި ނެޓްވޯކްއާ ގުޅިފައިވާ އާންމު ހިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަށް ރޭވުންތެރިކަމާ އެކު ސާވިސް ލައިން ބަދަލުކޮށްގެން ނޫނީ މި ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ދޫކުރުމަކީ ވަރަށް ދަތި ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ ބައެއް ގޯތިތައް ދޫކޮށްފައި ހުރީ ބޮޑެތި ހިލަ އަދި ވެލި ފުނިތައް ޖަހާފައި އަދި ކޮންސްޓްރަކްޝަން ސާމާނު ޖަމާކޮށްފައި ހުރި ސަރަހައްދަކުން ކަމަށާއި އެ ތަންތަން ވެސް ސާފުކޮށްގެން ނޫނީ އެ ގޯތިތައް ނުދެވޭނެ ކަމަށެވެ.
"އިން ވަކިކޮށް ގޯތިތައް ދޫކުރަން ދިމާވާ ގޮންޖެހުންތައް ނައްތާލައި ހުރަސްތައް ހައްލުކޮށް ގޯތި އޭގެ ވެރިންނަށް ހަވާލު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ސިރާޖު ވިދާޅުވި އެވެ.
މީގެކުރިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވެސް އެކި ފަހަރު މަތިން މި ކަންކަން ފާހަގަކޮށް، ގޯތިތައް ދޫކޮށްފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށް ވިދާޅުވެ، ކުރީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް، އޭނާ ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް އެއްވެސް އިންޗިއެއް، އެއްވެސް ވެލި ފުކެއްހާ މިންވަރު ވެސް އުނި ނުކޮށް ހުރިހާ ގޯއްޗެއް އޭގެ ހައްގުވެރިންނަށް ދޫކުރާނެ ކަމަށެވެ.
މާލޭގެ ބޯހިޔާވަހި ކަމަށް ހައްލު ހޯދައި ދިނުމަށް ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކޮށް 8،394 މީހުންނަށް ގޯތީގެ ރަޖިސްޓްރީ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނިކްބޭބެ
20 March 2024
ނިމުނު ވެރިކަމުގައި ކަންކަން ކޮއްފައިހުރީ އަންބޮޑިބާރައް ބަދެވޭތޯއެވެ. ނުވިތާކައް ހަޒާނާ ލޫޓްވައިލަގެން ނަމަވެސް ޕާޓީކުދިންނަށް ބޮޑުބައިއަޅަގެންނެވެ. ކަންކަމުގައި ހަމައެއްލަމައެއްނެތެވެ. ތިޖޫރީގައިހުރި ލާރިކޮޅުވަނީ އަމިއްލަ އެކައުންޓަށެވެ ވެރިކަންކުރީ އަމާބުނީތީ ބޮލިހިލާ މިންގަޑުންނެވެ. ކާނެވަރަކަށްކައި ހަރާމެއް ޙަލާލެއް ބެލުމެއްނެތިއެވެ.
އަލިމަނިކުފާނު
19 March 2024
ވޯޓަށް ދަހިވެތިވެ އެއްވެސް ވަރަކަށް ބެލުމެއްނެތި ހިތުހުރި ގޮތަކަށް ގޯތި ދޫކުރީ. ތާހިރުވެއްޖެނު.
ލަދެއްހަމަނެތް
19 March 2024
މިވަރު ވީމަވެސް އިބޫ ސަރުކާރު މީހުންނަށް ހަމަ ލަދުގަންނާކަށް ނޭނގޭނެ. މީހުން ދިރިއުޅޭ ގޭގޭގެ ނިދާ ކޮޓަރިތަކާ ފާޚާނާތަކުގެ އެއްބައި އަރާ ގޮތަށް އަލަށް ގޯތިތައް ނުދިންކަން އެއީ ކުރެވުނު ވަރަށް މޮޅުކަމެއް.
ދީމުގުރާތުސް
19 March 2024
މިކަމުގައި ބޮޑަކަށް އުޅުނު އަކުރަމް އެއުޅެނީ މަޖިލީހަށް ލައިގެން. ދެން ދެއިރު ދެދަޅަޔަށް ޓްވީޓުކުރޭ މި ސަރުކާރުން އެވެނިކަމެކޭ ކިޔައިގެން. ލަދް ކޮބާ އަކްރަމް އަދި އަސްލަމް.
ފެންނަގޮތް
19 March 2024
އެހެންވާނީ އެއްވެސް ޕްލޭނެއް ނެތި، 5 އަހަރު ދުވަހު އެތަކެއް ބިލިޔަން ލޯނުނަގައި، އެތައް ބިލިޔަން ރުފިޔާ ޗާޕްކޮށްފަ، މާބޮޑު ކަމެއް ނުކުރެވުނީމަ، ވޯޓްހޯދަން ބިން ނެތް ފަޅުތަކުން ގޯތި ބެހީމަ... އަނެއްހެން ބުނާނަމަ ވޯޓު ގަންނަން ކުރިކަމެއް..
ސައްތާރު އަލީ
19 March 2024
އެއްމެ ފަހުން ކުރީ ސަރުކާރުން ހޭވި ދަޑިވެސް މި ސާފްކުރަން ޖެހުނީ ރައީސް މުއިއްޒްއަށް.
އިބާދާ މުހައްމަދު
19 March 2024
ސުބުހާނަﷲ. ސޯލިހޫ. މިހާ ހަމަ ގަމާރު ހެއްޔެވެ؟
ސިޔާދު ގާސިމް
19 March 2024
ހަބަރު ގެ ހެޑްލައިން ކިޔާލީމަ ހީކުރީ ފޭކް ހަބަރެއް ކަމަށް. ނަމަވެސް ފޮޓޯތައް ބަލާލީމަ އެގިއްޖެ ހަގީގަތެއް ކަން. މިހެން ނުވާނެ ދޯ ހަދަން.
މަކަރުވެރިން
19 March 2024
މާވާހަކަ ގިނަވުން އެއީ ބަނީ އިސްރާއިލުންގެ ސްޓައިލެއް. ކޮށްދޭން ބޭނުމެއް ނެތޭ ކިޔާފަ ހުއްޓާލާ.
ކިހިނެއް
19 March 2024
މިއުޅުނީ ކޮއްނުދެވި ގެނެއް ނޫން މިއުޅެނީ ބަޔަކު ހާވާފަދިޔަ ހަޑިން ސަލާމަތް ނުވެވިގެން. އެހެން މީހުނާ ދިމާލައް އެއްޗެހިކިޔަނީ 5 އަހަރު ހުރިހާ ބާރަކާ އެއްކޮއް އެއްކަމެއް ވެސް ރަނގަޅައް ކުރެވިފަކާނެތް. ބްރިޖެއް ވެސް ނޭޅުނު ރައްރަށުގަ ހިންގި ޕޮރޮޖެކްޓްތައް ވެސް ވަނީ ނުނިމިފަ
މުސްތަފާ ކަރީމް
19 March 2024
ހިތައް އަރާ ދެން މިހާ ގަމާރުވާން މި ގޯތި ދޫކުރި ބަޔަކު ވާންޖެހޭ ހޭ؟ މިހާ ޑެސްޕަރޭޓް ވާންޖެހޭ ސަބަބަކީ ކޮބާހޭ؟
ޖެއްސު
19 March 2024
އިންތިހާބައް ނުފޫޒު ފޯރުވުން ނޫންކަމެއް ނެތް އެހެން މީހުނާ ދިމާލައް އަދިވެސް ގޮވަނީ