ކުޅިވަރު / ސްޕޯޓްސް ކޮމިޝަނަރު

އިންތިހާބުގެ ކުރިން ހިންގާގަވާއިދު އިސްލާހް ކުރަން ބީއޭއެމަށް އަންގައިފި

19 މާޗް 2024 - 11:44

1 comments

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގެ ކުރިން ހިންގާގަވާއިދު އިސްލާހު ކުރަން، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް، އެ އެސޯސިއޭޝަނަށް އިއްޔެ އަންގައިފި އެވެ.

ތޮލާލް، އިއްޔެ ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިިސް ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ. އޭނާ ވިދާޅުވީ އިންތިހާބު ޖަލްސާގެ ކުރިން ހިންގާގަވާއިދު ބަދަލުތައް ގެނެސް ދިނުމަށް އެދިފައިވާނެ ކަމަށެވެ.

"އަދި މިކަމުގައި (ބެޑްމިންޓަންގެ) އިންޓަނޭޝަނަލް ފެޑެރޭޝަންގެ ރައުޔު ހޯދުމުގައި އެމްއޯސީ [އޮލިމްޕިކް ކޮމިޓީ] ގެ އެހީތެރިކަމަށް ވެސް އެދޭ ގޮތަށް މިއަދު [އިއްޔެ] މީޓިންގައި ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވިފައި ވާނެ،" ތޮލާލް ވިދާޅުވި އެވެ.

މިއީ، ބީއޭއެމްގެ ހިންގާގާވާއިދާ ގުލޭ ގޮތުން އެ އެސޯސިއޭޝިއާނާ އެކު ތޮލާލް ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. އެކަމަކު މިއީ އެކަން އެ އެސޯސިއޭޝަނަށް އެންގެވި ތިންވަނަ ފަހަރެވެ. އިންތިހާބަށް އިއުލާން ކުރުމުގެ ކުރިން ވެސް އޭނާ ވނީ ހުރި ކަންބޮޑުވުންތައް ހައްލުކޮށްފައި މެނުވީ އިންތިހާބު ނުބޭއްވުމަށް އެދިފަ އެވެ. އެކަމަކު އެ ސިޓީ އަށް އިޖާބަ ނުދީ އިންތިހާބު، މި މަހު 22 ގައި ބޭއްވުމަށް އިއުލާން ކުރި އެވެ. އިންތިހާބު އިއުލާން ކުރި ފަހުން ވެސް އޭނާ ވަނީ އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށް އަންގައިފަ އެވެ.

ހިންގާގަވާއިދަށް ގެންނަ އެންމެ ބޮޑު ބަދަލަކީ ބީޑީސީގެ ވޯޓް ދޭ ގޮތް

ބެޑްމިންޓަނުން، އިންތިހާބަށް އިއުލާން ކުރުމަށް ފަހު، މިދިޔަ އާދިއްތަ ދުވަހު ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން އިއުލާން ކޮށްފަ އެވެ. އެ ލިސްޓްގައިވާ ގޮތުން އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިވާ ބެޑްމިންޓަން ޑިވެލޮޕްމެންޓް ސެންޓަރު (ބީޑީސީ) ތަކުން 100 އަށް ވުރެ ގިނަ ވޯޓް ދެ އެވެ. ބީޑީސީގައި ކިތަންމެ ގިނަ މެންބަރުންނެއް ތިބި ނަމަވެސް އެ މެންބަރުންގެ ނަމުގައި މަންދޫބަކު އައިސް އެ އަދަދަށް ވޯޓް ދެ އެވެ.

ހިންގާ ގަވާއިދަށް ގެންނަން، ކޮމިޝަނާ ފާހަގަކޮށްދެއްވާފައި ވާ އެންމެ ބޮޑު ބަދަލަކީ އެ އުސޫލަށް ބަދަލު ގެނައުމަށެވެ. ބީޑީސީ ތަކަކީ ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގައި ރަޖިސްޓަރީކޮށްަފައިވާ ކޮމިޓީތަކެއް ނޫނެވެ.

"ކޮންމެ ފަރާތަކުން އާންމު ޖަލްސާގައި ލާން ޖެހޭނީ އެއް ވޯޓް ކަމަށާއި އަދި އިންޑަވިޖުއަލް މެންބަރުން ފިޔަވައި އެއްވެސް އެންޓިޓީ އަކުން އާންމު ޖަލްސާހައި ވޯޓް ލާނަމަ އެ އެންޓިޓީ އަކީ ސްޕޯޓްސް ކޮމިޝަނާގައި ރަޖިސްޓަރީ ވެގެން ހިންގާ އެންޓިޓީ އަކަށް ވާން ޖެހޭނެ ކަމަށް މިއަދުގެ މީޓިންގައި ވަނީ އެދިފަ،" ހިންގާ ގަވާއިދަށް ގެންނަން ލަފާ ދީފައިވާ ބަދަލުތަކާ ބެހޭގޮތުން ތޮލާލް ވިދާޅުވި އެވެ.

"ރަޖިސްޓަރީ ވުމަށް ފަހު ވެސް އެ އެންޓިޓީ އަކުން ދެވޭނީ އެއް ވޯޓް ކަމަށް ވެސް ވާހަކަ ދެކެވުނު."

މިހާރު ކަނޑައަޅާފައިވާ ތާރީހުގެ ކުރިން އިންތިހާބު ނުބޭއްވޭނަމަ ބީއޭއެމްގެ މިހާރުގެ އެކްސްކޯ މުއްދަތު ހަމަވެދާނެތީ އެކަމުގައި ދެން އަމަލު ކުރާނެ ގޮތުގެ ގާނޫނީ ލަފައެއް ހޯދުމަށް ވެސް ވާހަކަ ދެކެވުނު ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި އެކަމުގައި ވެސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ދެކޭ ގޮތް ހޯދުމަށް ވެސް ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނާގެ ހުރި ކަންބޮޑުވުންތައް ބީއޭއެމާ ލިޔުމުން ހިއްސާ ކުރުމަށް އެ އެސޯސިއޭޝަނުން އެދިފައި ވާ ކަމަށެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދ

20 March 2024

ސްޕޯޓްސް ކޮމިޝަނާ އިންތިހާބު އިއުލާން ކުރަންދެން ނިދަނީތޯ؟ އެސޯސިއޭޝަން ތަކުގެ ހިންގާގަވާދު ފާސްކުރާ ހިސާބުން ކޮމިޝަނަށް ފުނުވާފަ އޮވޭ އަދި އޭޖީއެމް ގައި އެއްވެސް އިސްލާހެއް ހުށައެޅިނަމަ އެކަން ނިމުނުގޮތް ކޮމިޝަނަށް ލިޔުމުން އަންގާ އަދި އޭޖީއެމްގައި ބައިވެރިވުމަށް އިންވިޓޭޝަން ފޮނުވައެވެ. ތިސަކުވާ ކުރާބަޔަކުވެސް އޭޖީއެމް އަށް ތިބުނާ އިސްލާހެއް ހުށައަޅައިގެން ތިކަން ކުރަން އުޅުންތޯ ބަލަން ޖެހެއެވެ. އިސްލާހު ކުރަން މިބޭނުންވަނީ 4 އަހަރުން 1 އަހަރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454