ކުޅިވަރު / ސްވިމިން އެސޯސިއޭޝަން

ސްވިމިންގެ ގިނަ ރެކޯޑްތަކެއް، މީ ކުރިން ވާސިލު ނުވެއޮތް ރާސްތާއެއް

21 މާޗް 2024 - 10:48

1 comments

މިދިޔަ މަހު ގައުމީ ޓީމުގެ ފެތުންތެރިން 20 ރެކޯޑެއް މުގުރާލި އެވެ. އޭގެ ކުރިން ޖެނުއަރީ މަހު ލަންކާގައި ބޭއްވި މުބާރާތުން ދިވެހި އެތުލީޓުން ގިނަ މެޑަލްތަކެއް ހޯދި އެވެ.

ރާއްޖޭގެ އުންމީދީ ފެތުންތެރިޔާ މެރާލް އާއިން ލަތީފު ވަނީ ލަންކާގެ މުބާރާތުން ރަން މެޑަލް ވެސް ހޯދައިފަ އެވެ. ދިވެހި ޓީމުން ވަނީ ޖުމުލަ 15 މެޑަލް ހޯދައިފަ އެވެ. އެއީ ހަ ރިހި މެޑައްޔާއި އަށް ބްރޯންޒް މެޑަލް އެވެ.

އަހަރުގެ ފުރަތަމަ ދެ މަހު، ފެތުންތެރިން މި ހޯދި ކުރިއެރުންތަކަކީ ރާއްޖޭގެ ސްވިމިންގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މީގެ ކުރިން ހާސިލު ނުވެ އޮތް ކަމެކެވެ.

ސްވިމިން އެސޯސިއޭޝަންގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ މީގެ ކުރިން މިއަށް ވުރެ ގިނަ މުބާރާތްތަކުގައި ވެސް ފެތުންތެރިން ވާދަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މުބާރާތްތަކުން މިހާ ގިނަ ރެކޯޑްތަކެއް ހެދިފައި ނެތް ކަމަށް ވިދާޅުވި އެވެ. ވިހި ރެކޯޑް ހެދި ތިން މުބާރާތުންނެވެ.

މެރާލް: އޭނާ ވަނީ ލަންކާގެ މުބާރާތުން ރަން މެޑަލް ހޯދާފަ

މުގުރާނުލެވި ގިނަ އަހަރުތަކެއް ވީ ރެކޯޑްތަކެއް ވެސް ފެތުންތެރިން ވަނީ މުގުރާލައިފަ އެވެ. އުމުރުން ހަގު އެތުލީޓުން ވެސް ދޫ ނުދީ ބޮޑެތި ކުރިއެރުންތަކެއް ހޯދި އެވެ.

ސްވިމިން - އަހަރުގެ ފުރަތަމަ ދެ މަހުގެ ސްޓޭޓަސް

- ފެބްރުއަރީ މަހު 20 ރެކޯޑް

- ޖެނުއަރީ މަހު 1 ރަން މެޑަލް

- ޖެނުއަރީ މަހު ހަ ރިހި މެޑައްޔާއި އަށް ބްރޯންޒް މެޑަލް

- ޖެނުއަރީ މަހު ޖުމުލަ 15 މެޑަލް

އެސޯސިއޭޝަނުގެ ތަޖުރިބާކާރު އޮފިޝަލް ވިދާޅުވި ގޮތުގައި، އެތުލީޓުންގެ މި ކުރިއެރުން ފާހަގަ ކުރެވޭ މައިލް ސްޓޯންއަކާ ހަމައަށް ދިއުމުގެ އެންމެ ބޮޑު ސަބަބަކީ އިންޑޯ ސްވިމިން ޕޫލްގައި ޕްރެކްޓިސް ކުރަން ފުރުސަތު ލިބުމެވެ.

މިހާރު ކުރިއަށްދާ ގައުމީ މުބާރާތުގެ ތެރެއިން؛ ސްވިމިން އެސޯސިއޭޝަނުން ވަނީ އޮޓަމޭޓެޑް ޓައިމިން ސިސްޓަމް އަދި ޕުޝްޕެޑް ބޭނުން ކޮށްގެން ފެތުންތެރިންގެ ނަތީޖާ ރެކޯޑް ކުރަން ފަށާފައި.-- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ އިންޑޯ ޕޫލަކީ އިންޓަނޭޝަލް ސްޓޭންޑަޑަށް ފެތޭ ތަނެއް ނޫނެވެ. އެ ދިގުމިނާއި ފުޅާމިން އަދި އެ ފުންމިނެއް ވެސް އެ ޕޫލުގައި ނެތެވެ. އެކަމަކު އަހަރުތަކެއް ވަންދެން މޫދުގައި ޕްރެކްޓިސް ކުރަން ޖެހުން ނިމުމަކަށް އައީ އެ ޕޫލެވެ.

ގައުމީ ޓީމުގެ ޓްރޭނިންތަކަށް އެ ޕޫލް ބޭނުން ކުރާތާ މި ވީ އަދި ފަސް ވަރަކަށް އަަހަރެވެ. ބޮޑު ދިޔަވަރާއި ޕްލެޓްފޯމަށް ގުޑުން އަރުވާލާ ރާޅުތަކުގެ ތެރޭގައި ޕްރެކްޓިސް ކުރުމަށް ފަހު ޕޫލަކަށް ފީނާލަން އޭރު ފެތުންތެރިންނަށް ފުރުސަތު ލިބެނީ އިންޓަނޭޝަނަލް މުބާރާތެއްގަ އެވެ. ނުވަތަ މުބާރާތެއް ކައިރި ވުމުން ކައިރިވުމުން ތަމްރީނުކޮށްލުމަށެވެ. އެކަން ކުރަން ވެސް އޭރު ދާން ޖެހުނީ ބޭރު ގައުމަކަށެވެ.

ބީއެމްއެލް ސްވިމިން ފެސްޓިވަލްގައި ބައިވެރިވި ބައެއް ފެތުންތެރިންމެޑެލްއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން -- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"މިހާ ބޮޑު ކުރިއެރުމެއް މި ފާހަގަ ކުރެވުނީ ހަގީގަތުގައި ޕޫލް. ދާއިމީކޮށް ޕޫލުގައި ޕްރެކްޓިސް ކުރެވެން ފެށި އެވްރެޖްކޮށް ކުރު މުއްދަތެއްގެ ތެރޭގައި މި ތަފާތު ފެނިގެން މިދިޔައީ،" ސްވިމިން އެސޯސިއޭޝަންގެ އޮފިޝަލް ބުންޏެވެ.

ދެން ފެތުންތެރިންނަށް އޮތް ހުވަފެނަކީ އަމިއްލަ ގައުމުގައި ތިބެ އިންޓަނޭޝަނަލް ސްޓޭންޑަޑަށް ފެތޭ ޕޫލެއްގައި އެ ދިގުމިނާއި އެ ފުޅާމިން އަދި އެ ފުންމިން ލިބޭ ޕޫލެއްގައި ޕްރެކްޓިސްކޮށްލުމެވެ. ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްއާ ޖެހިގެން ދެކުނަށް އޮތް ބިން ވަނީ އެ ޕޫލް އެޅުމަށް ސްވިމިން އެސޯސިއޭޝަނާ ހަވާލު ކޮށްފަ އެވެ.

އެކަމަކު އަދި ވެސް މަސައްކަތް ނުފަށަ އެވެ. މުޅި ތަން ވަށައިގެން ޓިނު ޖަހައި ބައްދާލުން ފިޔަވައި މަސައްކަތާ ގުޅޭ އިތުރު އެއް ވެސް ކަމެއް ކޮށްފައެއް ނެތެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިން

21 March 2024

ފޮނިނުކަޑާ ބުނެބަލަ ކިތައް ގައުމުތޯ ބައިވެރިވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454