ހދ. ވައިކަރަދުއަށް އާ އިންޖީނެއް ގެންދިއުމަށް ދޯންޏަށް ބަރުކޮށްފައި.
22 މާޗް 2024 - 17:56
ހދ. ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް އާ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ވައިކަރަދުއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ރަށަށް ބޭނުންވާ 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން ބުނީ މާދަމާ އާ ޖެނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށެވެ.
ހދ. ވައިކަރަދުއަށް އާ އިންޖީނެއް ގެންދިއުމަށް ދޯންޏަށް ބަރުކޮށްފައި.
"މި ދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ،" އެ ކުންފުނިން ބުންޏެވެ.
ވައިކަރަދުއަށް ރަނގަޅަށް ކަރަންޓު ނުލިބޭތާ މިހާރު ފަސް ދުވަސް ވެއްޖެ އެވެ. އެ ރަށުގައި މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކަރަންޓު ކެނޑެން ފެށި ގޮތަށް އަދިވެސް އެ މައްސަލަ އަށް ހައްލެއް ނުލިބޭތީ، ރައްޔިތުން މިހާރު ވަނީ މަގުމައްޗަށް ނުކުމެ ނުރުހުން ފާޅުކުރަން ފަށައިފަ އެވެ.
އެ ރަށުން މިއަދު ވާހަކަ ދެއްކި މީހަކު ބުނީ މިހާރު ކަރަންޓު ދެމުން އަންނަނީ އަވަށްތަކަށް ބަހާލައިގެން ކަމަށެވެ. އަދި އެއިން ކޮންމެ ސަރަހައްދަކުން ވެސް ކޮންމެ ތިން ގަޑިއިރަކުން، ތިން ގަޑިއިރަކުން ކަރަންޓު ކަނޑާލާ ކަމަށް އޭނާ ބުންޏެވެ.
ރޯދަމަހުގެ މެންދުރު ފަހުގެ ވަގުތަކީ، ރޯދަ ވީއްލަން ކާތަކެތި ތައްޔާރުކުރަން ގިނަ މީހުން އުޅޭ ވަގުތެވެ. ނަމަވެސް، އެ ގަޑީގައި ވެސް ގޭގެއިން ކަރަންޓު ދާތީ ބޮޑު ތަކްލީފެއް އުފުލަން ޖެހިފައިވާ ކަމަށް، ވައިކަރަދޫ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިބޯނި ދިވާކާ
23 March 2024
އަދިވެސް ފެނެއް ނުލިބެ، މުޅިގައިގަ ސައިބޫނި، ބޯއަނބުރާ ހާސްވާނީ!
މިއައު
22 March 2024
ވަރަށް ހަޑި ސްޓަންޓު ޖައްސަނީ. ވައިކަރަދޫ ޕނސ ކެނޑިޑޭޓު މޑއ އާ ބައްދަލު ކުރީމަ ކަރަންޓު ރަނގަޅު ކުރަންވީ؟ މަޖުލިސް މެންބަރެއް ނެތަސް ތިއީ ކުރަން ޖެހޭ ކަމެއް. ދިވެހިން ދެން އަމިއްލައަށް ކާޓުނު ހެއްދެން ނޫޅެ މިކަހަލަ ނާތަހުޒީބު ޑްރާމާތަކުން އަރައި ގަންނަން ދަސްކުރަން ވެއްޖެ
ދިސްވޭއިން
22 March 2024
ކޮންމެހެން ނުފޯރާ ފޮތިން ފޫ ގަޅައިގެން ވައިކަރަދޫ އަށް ކަރަންޓް ދޭން ޖެހޭތޭ ދަރާ އޮތް ކުންފުންނެއް ކަމަށްވާ ފެނަކައިން ޖެނެރޭޓަރެއް ލިބެން ދެން ތިބީމާ ނިމުނީއޭ އެއީ އެކަން ކުރަން ޖެހޭނެ ގޮތަކީ..
އޮހޮ
22 March 2024
މަހީކުރީ ގެންގޮސްފަ ކަމަށް ޚަބަރު ފަތުރާނީ. އެރަށަށް ނުދާން ޖަނަރޭޓަރު ގަދަހަދަނިކޮށް ގެންދަނީތަ؟ އަންނަނީ ގެންދަނީ އަކީ ކަންކަން ނުވާއިރު އޮންނަ ހުސްތަން ފުރަން ނެރޭ ބަސްތަކެއް.