22 މާޗް 2024 - 13:13
ހދ. ވައިކަރަދު އަށް ރަނގަޅަށް ކަރަންޓު ނުލިބޭތާ ފަސް ދުވަސް ވަނީ އެވެ. އެ ރަށުގައި މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކަރަންޓު ކެނޑެން ފެށި ގޮތަށް އަދިވެސް އެ މައްސަލަ އަށް ހައްލެއް ނުލިބޭތީ، ރައްޔިތުން މިހާރު ވަނީ މަގުމައްޗަށް ނުކުންނަން ފަށައިފަ އެވެ.
ސޯޝަލް މީޑިއާގައި ރޭ ދައުރުވި ވީޑިއޯއިން ފެންނަނީ، ފިރިހެނަކު، ގައިގައި ސައިބޯނި ލައިގެން، ތުވާލި އަނދެގެން މަގުމައްޗަށް ނުކުމެ އުޅޭ ތަނެވެ. އޭނާ ބުނެފައި ވަނީ، ފެން ވަރަން ހުރެފައި ބޭރަށް ނުކުންނަން ޖެހުނީ ކަރަންޓު ކެނޑިގެންނެވެ. ފެން ނެގޭނެ ގޮތެއް ނެތް ކަމަށާއި ވަޅު ހުރީ އަޑީގައި ކަމަށް ވާތީ އިތުރަށް ހެދޭނެ ގޮތަކާ މެދު އޭނާ ސުވާލު އުފެއްދި އެވެ.
މިކަމާ ގުޅޭގޮތުން ވައިކަރަދޫ ކައުންސިލް އަދި ފެނަކައިގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް، އެ ކުންފުނިން މިދިޔަ ބުދަ ދުވަހު ކުރި ޕޯސްޓެއްގައި ބުނީ ވައިކަރަދު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ހޯދަން 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ޖެނަރޭޓަރު ބަހައްޓައި ހިދުމަތް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުދަ ދުވަހުގެ ޕޯސްޓުގައި ވެ އެވެ.
"މި ދަނޑިވަޅުގައި ރަށުގެ އެކި ހިސާބުތަކުން ޝެޑިއުލްކޮށް، ކަރަންޓު ކަނޑަން ޖެހިފައިވާތީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،" އެ ޕޯސްޓުގައިވެ އެވެ.
ވައިކަރަދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ މިހާރު ކަރަންޓު ދެމުން އަންނަނީ އަވަށްތަކަށް ބަހާލައިގެން ކަމަށެވެ. އެ އިން ކޮންމެ ސަރަހައްދަކުން ވެސް ކޮންމެ ތިން ގަޑިއިރަކުން، ތިން ގަޑިއިރަކުން ކަރަންޓު ކަނޑާލާ ކަމަށް އޭނާ ބުންޏެވެ.
"ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް، އެއްކޮށް ނުނިމޭތީ ގޭގޭގައި ހުންނަ ވަޅުން ފެން ނަގަނީ. އެހެންވެ. ކުރީގައި ހުންނަ ހެން ވަޅަށް މޯޓަރު ލައިގެން ފެން ނެގޭ ގޮތަށް ހުންނާނީ. އެކަމަކު، ކަރަންޓު ނުލިބެންޏާ މޯޓަރުން ވެސް ފެނެއް ނުލިބޭނެ. ބައެއް ގޭގޭގައި އަޑިއަށް ވަޅުލާފައި ހުންނާތީ ފެން ނެގޭނެ އިތުރު ގޮތެއް ނޯވޭ،" ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ރޯދަމަހުގެ މެންދުރު ފަހުގެ ވަގުތަކީ، ރޯދަ ވީއްލަން ކާތަކެތި ތައްޔާރުކުރަން ގިނަ މީހުން އުޅޭ ވަގުތެވެ. ނަމަވެސް، އެ ގަޑީގައި ވެސް ގޭގެއިން ކަރަންޓު ދާތީ ބޮޑު ތަކްލީފެއް އުފުލަން ޖެހިފައިވާ ކަމަށް، ވައިކަރަދޫ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަނޭނގެނީތަ
23 March 2024
އިރުކޮޅަކާ ކަރަންޓު ދާކަން އެނގޭއިރު ކަރަންޓު ގޮސްދާނެކަމަށް ފެން ނަގާފަ ބަހައްޓަންވެސް ހަމަ ނޭނގެނީބާ. މާލޭގަ ހުރޭ ބައެއް ދުވަސްދުވަހުގެ ބައެއް ގަޑި ގަޑީގަ ފެން ނުލިބޭ އުސް އިމާރާތްތައް. ފެން ނުލިބޭ ގަޑިއަށް އެމީހުން ބަހައްޓަނީ ފެން ނަގާފަ.
ސަައިބޯނި ދިވާކާ
23 March 2024
އަދިވެސް ފެނެއް ނުލިބެ؟ ސައިބޯނި ލޮލަށް އެޅި ހާސްވަނީ!
ބޭޓާ
23 March 2024
ތިކަމުން ދައްކުވައިދެނީ ދެކަމެއް. އެއްކަމަކީ މީހާ ދުނިޔެއަށް މޮޔަވެފާހުރުން. އެހެންނޫނީ މީހާގެ ހަޔާތްކުޑަކަން.
އަހައްމަދޫ
23 March 2024
އަމައްޔާއި ދެން ނަސީބެއްނު ތިތުވާލި ގަނޑު އަންނަން ވެސް ހަނދާންވިކަން.
އަބްޑޫޅް +
23 March 2024
ތިޔަ ރަށު މިސްކިތު ވަޅުން، ދާނި ބޭނުން ކޮށްގެން ފެން ނަގަގަ. ކަލޭމެންގެ މައިންބަފައިންވެސް އުޅުނީ އެހެންނޭ.
މުއްލާބެ
22 March 2024
ތީ ހިތުން މަސްވެރިން ޖެއްސި ކަހަލަ މުޒާހިރާއެއް ޖައްސަނީ. ފަހަތުގައި ތިބީ ޔެލޯ މީހުން. ތިތާ ސައިބޯނިލައިގެން ތިހިރަ ސޮރު އެއީ ސިކުނޑީގެ އުނިކަމެއް ހުރި ސޮރެއް. ނޫސްތަކަށް ފޮޓޯއެރީމާ އެސޮރަށް ފެންވެރިދާނެ.
އެހާރާމިހާރު
22 March 2024
90ގެ ފަހުކޮޅު ވައިކަރަދޫގައި ދިރިއުޅޭ އާބާދީއަކީ ގައިގަނޑަކަށް 2000. އޭރު އިންޖީނުގޭގަ 2 މީހުންލައިގެން ފައިދާގަ ވައިކަރަދޫރައްޔިތުން އިންޖީނުގެ ހިންގި. މިހާރު 17 މުއަޒަފުންލައިގެން އުޅެނީ، ރަށުގަ ދިރިއުޅޭ އާބާދީ 5 ސަތޭކަށްވެސް ނާރާ، ދައުލަތުން ހިންގަނީ ގެއްލުމުގެ. އެނގޭ މިހާރު ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާނެކަން އޭރާ މިހާރާ. އެހެނަސް ހިންގުމުގެ ތަފާތުންކަން ވިސްނާލާ
ކުރަގި ދެލޯ
24 March 2024
90 ގެ ފަހުކޮޅު ވައިކަރުދޫގައި ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 2000 އޭރު އިންޖީނުގޭގައި 2 މީހުން ހިނގިއިރު މިހާރު ( 500 ) ފަސްސަތޭކަމީހުން ވައިކަރަދޫގައި ދިރިއުޅޭ އިރު 17 މުވައްޒަފުން ލައިގެން އިންޖީނުގެ ހިނގަމުންދަނީ މިބުނަށް އުޅޭ ވާހަކަޔަކީ 90 ގެފަހުކޮޅު 2000މީހުން 2024 ގެކުރީކޮޅު 500 މިހާރުގއ ވައިކަރަދޫގެ އާބާދީ ކުއްލިއަކަށް އެހާބޮޑުތަނުން ދައްވީ 1500މީހުންގެއްލުނީދޯ އެހާރާމިހާރަށް ބުނެލަންއޮތީ ބުއްދިޤަބޫލުކުރާވާހަކަ ދައްކަބަލަ
ގަމާރުކުރަނގި
24 March 2024
ކުރަގި ދެލޯ " ލޯ އެބަހުރިތޯ. 1500 މީހުން ހަވަޔަށް އެރިވަހާކައެއްނެތެންނު. "ދިރިއުޅޭ އާބާދީ"އޭ އޮތީ. 1500 ހިޖުރަކުރީ މާލެއަށް. މީހަމަ އެކަނި ވައިކަރަދޫގެ ހާލަތެއްނޫން މުޅިދިވެހިރާއްޖެކަހަލަ ގޮތަކަށް ދިޔައީ މާލެއަށް ހިޖުރަކުރަމުން. ބުއްދި ނެއްމީހަކަށް ކިހިނެއް ވިސްނާދެވޭނީ.
ކަކުނިބޯ
22 March 2024
ބޮނީ މިނިރަލްވޯޓަރ ނިކަން ކައިރީ ހުރި ފިހާރައިން 5 ލީޓަަރ ފެންފުޅިއެއްގަނެ އަޅާލަބަލަ އާރުން ތިސާބޯނިތައް ފިލާފާނެ
އައްބެ
22 March 2024
ތިޔައީ ރަތްލާޖެހި އެމްޑީޕީ މީހުން އުޅޭރަށެއް. އެހެން ބަޔަކު ވެރިކަމުގައި ތިބިއްޔާ އަބަދު ކޮންމެވެސް ސިޔާސީ ޑްރާމާއެއް ކުޅޭނެ. އިބޫއާއި އަންނިގެ ވެރިކަމުގައި ނުކުރާނެ އެއްވެސް ހަޅުތާލެއް.
މިސްރާބުން ކަހާލާފަ
23 March 2024
އެމް.ޑީ.ޕީ އަށް ނޫނެކޭ ބުނަންޖެހޭ ސަބަބުތަކުތެރެއިން 1ސަބަބު
ޕުއްޕު
22 March 2024
ރަށު ހުރިހާ މީހުން ފެންވަރަން ތިބެފައި ސައިބޯނި ލައިގެން މަގުމައްޗަށް ނިކުމެގެން ފޮަޓޯ ނޫހުގައި ޖަހައިގެން މެނުވީ ކަރަންޓެއް ނުލިބޭނެ